ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލަން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ބަދު ބަސް ވިދާޅުވެ، މި ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން ޓުވީޓު ކުރެއްވި މައްސަލައިގައި އިންޑިއާގެ އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލަން އެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާއެއް ކަމަށްވާ އިންޑިއަން ޗެމްބާ އޮފް ކޮމާސް އިން މިއަދު ގޮވާލައިފިއެވެ.

އިންޑިއަން ޗެމްބާ އޮފް ކޮމާސް (އައިސީސީ) ގެ އޭވިއޭޝަން އެންޑް ޓޫރިޒަމް ކޮމިޓީ ޗެއާމަން ޑރ. ސުބާޝް ގޮޔާލް ސޮއިކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ އެ ގައުމުގެ އެއާލައިންތަކާއި ޓުއަ އެޖެންޓުން އަދި އޮޕަރޭޓަރުން ރާއްޖެ ޕްރޮމޯޓު ކުރުން ހުއްޓާލަން ގޮވާލައިފައެވެ.

ރާއްޖެ ޕްރޮމޯޓް ކުރުން ހުއްޓާލަން އެދުނީ އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސްއާއި، ޓްރެވަލް އޭޖެންޓްސް އެސޯސިއޭޝަން އޮފް އިންޑިއާ އާއި، ޓްރެވަލް އޭޖެންޓްސް ފެޑެރޭޝަން އޮފް އިންޑިއާ އާއި، އެޑްވެންޗާ ޓުއާ އޮޕަރޭޓާސް އެސޯސިއޭޝަން އޮފް އިންޑިއާ، އެސޯސިއޭޝަން އޮފް ޑޮމެސްޓިކް ޓުއާ އޮޕަރޭޓާސް އަދި މައިސް އޭޖެންޓްސް އިންނެވެ.

އައިސީސީގެ ބަޔާނުގައި ބުނީ އިންޑިއާގައި ސަރަހައްދީ އެއާޕޯޓުތައް ތަރައްގީކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފައްޓަވާފައިވާ ‘އުޑާން ސްކީމު’ގެ ދަށުން ލަކްޝަދީޕަށް ކުރާ ވައިގެ ދަތުރުތައް އިތުރުކޮށް، ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލަން ޖެހޭ ކަމަށެވެ.

ރާއްޖެ ޕްރޮމޯޓު ކުރަން ކުރާ މަސައްކަތްތައް ލަކްޝަދީޕާއި އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސް ޕްރޮމޯޓު ކުރަން ކުރާ މަސައްކަތްތަކަށް ބަދަލު ކުރަން ވަނީ ބަޔާނުގައި ބުނެފައެވެ. މަންޒިލުތަކަކީ ރާއްޖެއަށް ވުރެ މާ ރަނގަޅު މަންޒިލުތައް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ރާއްޖެ އަށް އެންމެ ގިނަ އޮޕަރޭޓް ކުރާ އެއާލައިންތަކަކީ އިންޑިއާގެ އެއާލައިންތަކެވެ. އެގޮތުން އިންޑިގޯ އާއި އެއާ އިންޑިއާގެ ދަތުރުތައް ކޮންމެ ދުވަހަކު ހެން ރާއްޖެ އަށް ބާއްވައެވެ. އަދި ވަރަށް ގިނަ ދިވެހިން ކޮންމެ ދުވަހަކު ހެން ބޭހަށާއި ޗުއްޓީ ހޭދަކޮށްލުމަށް ވެސް އިންޑިއާއަށް ދަތުރު ކުރެއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 33%ވަރަށް ދެރަ 28%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: