ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދުވީ ގެޒެޓު ލިސްޓަށް ފްލެޓު ދޫކުރަން، އެއްވެސް މީހެއްގެ ނަން އުނިވާން ބޭނުމެއް ނޫން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭނުންވަނީ ގެޒެޓުގެ ލިސްޓާއި އެއްގޮތަށް ފްލެޓުތައް ދޫކުރަންކަމަށާއި، އެއްވެސް ބައެއްގެ ނަން އުނިވެގެން ދިއުމަކީ ބޭނުންވާ ގޮތް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓްރާނިޝަނަލް މުއްދަތުގައި އާންމު ކުރި ފްލެޓު ލިސްޓަށް ގިނަ ބަޔަކު ދެކޮޅު ހަދައި ހައުސިން މިނިސްޓްރީގައި މުޒާހަރާ ކުރި އެވެ. އޭރު އެންމެ ބޮޑަށް ސުވާލު އުފެދުނީ ފްލެޓަށް ޕޮއިންޓު ދީފައިވާ އުސޫލާ މެދު އެވެ.

ގިނަ ބައެއްގެ ކަންބޮޑުވުން ހުރި މި މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަދެ ހިންގި ތަހުގީގަށް ފަހު ބުނެފައި ވަނީ ލިސްޓުގައި ނަން ހިމެނޭ ގިނަ މީހުންނަކީ އޮންނަ އުސޫލުން ފްލެޓު ލިބުނު މީހުން ނޫން ކަމަށެވެ. އޭގެ ފަހުން އެ ކޮމިޝަނުން ހައުސިންއަށް އެއްވެސް މައްސަލައެއް ނެތްކަމަށް ބުނާ ލިސްޓެއް ފޮނުވި މައްސަލަ ވެސް ވަނީ ގޯސްވެފަ އެވެ.

ފްލެޓުގައި ވާނުވާ ނޭނގި، ރަނގަޅު މައުލޫމާތުތައް ނުލިބޭތީ އެކަމާ ގުޅޭގޮތުން ކެމްޕެއިނުގައި ގިނަ ބަޔަކު ރައީސަށް ސުވާލު ކުރެ އެވެ. އެކަން ފާހަގަކޮށް މިރޭ އޮތް މަޖިލިސް ކެމްޕެއިން ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަކީ ގައުމުގެ މުސްތަގުބަލް ކަނޑައެޅުމަށް ރައްޔިތުން ނިކުންނަން ޖެހޭ ވަރަށް މުހިންމު ވޯޓެއް ކަމަށެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބު ދީގެން ގޯއްޗާއި ފްލެޓު ދޭނެކަމަށް އިދިކޮޅު އެމްޑީޕީން ދައްކަމުން ގެންދާ ވާހަކައިގެ ރައްދުގައި ރައީސް ވިދާޅުވީ މިހާރު ވެސް އެ އަޣުލަބިއްޔަތު އޮތީ އެމްޑީޕީގެ އަތުގައިކަމަށާއި އެހެންކަމުން މިހާރު ވެސް އެ މަސައްކަތެއް ކުރަން ވީ ނޫންތޯ ސުވާލު ކުރައްވާފަ އެވެ.

ކިރިޔާ ވެސް އިހުލާސްތެރިކަމެއް ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގައި އޮތް ނަމަ، ރައީސް ވިދާޅުވީ އެމްޑީޕީން މިއަދު އެ ވާހަކަ ދައްކަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި މިދިޔަ ހަތަރު މަސް ދުވަހު އެމްޑީޕީން ކުރިހާ ވެސް ކަމަކީ، ސަރުކާރަށް އުނދަގޫކޮށް ޖެއްސުން ކުރުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވެރިކަމަށް އައުމަށް ގިނަ މުހިންމު ވައުދުތައްވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އެންމެ ބޮޑު ސަމާލުކަމެއް ދިނީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކަމަށެވެ. އެހެންކަމުން އެ ވައުދާއި އެއްގޮތަށް، ހުރިހާ ކަމެއް ފުރިހަމަ ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދަކީ ގޯއްޗާއި، ފްލެޓު އިންސާފުވެރިކަމާއި އެކު ދިނުންކަމަށާއި އެމަނިކުފާނު މިއަދު ވެސް ތަކުރާރު ކުރަން އޮތް ވާހަކައަކީ ވެސް އެއީކަމަށެވެ. އަދި ގޯތީގެ ރެޖިސްޓްރީއާއި، ފްލެޓާ ގުޅުން ހުރި މަސައްކަތް ސަރުކާރުން ކުރަމުން ގެންދާކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދު ވެސް އެ ވާހަކައިގެ މަތީ މި ހުރީ، އިރާދަކުރެއްވިއްޔާ އެ ގޯތިތައް ލިބޭނެ.. ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް ހިނގާނެ.. ގިރާވަރު ފަޅުގެ މަސައްކަތް ހިނގާނެ.. ފްލެޓަށް ވެގެން އުޅޭގޮތް އަޅުގަނޑުމެން ވަރަށް ސާފުކޮށް އެބަ ދަންނަވަން.. އަޅުގަނޑު މި ދަންނަވަމުން ދަނީ ގެޒެޓުގައި އޮތް އެންމެނަށް ފްލެޓު ދޭން.. އަޅުގަނޑު އޮންނާނީ ހައުސިންގަ އެ ވާހަކަ ދަންނަވާފަ، މިކަންކަން ބައްލަވާށޭ.. އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް މީހެއްގެ ނަމެއް އުނިވާކަށް

ރައީސް ވިދާޅުވީ ގޯތީގެ ރެޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ކުރާއިރު އެމަނިކުފާނުގެ ސަރުކާރުން ފެށި ރަސްމާލެ ޕްރޮޖެކްޓާއި ވެރިކަމާއި ހަވާލުވި އިރު ވެސް ފެށިފައި އޮތް ގިރާވަރުފަޅު ހިއްކުން ކުރިޔަށް ދާނެކަމަށެވެ. މިވަގުތު ކިރިޔާވެސް ސުވާލެއް އުފެދިފައި ވަނީ، ފްލެޓަށްކަމަށްވާއިރު އެކަމަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ ވައުދުވީ ގެޒެޓުގައި އޮތް ގޮތުގެ މަތީން ފްލެޓު ދޭން ކަމަށެވެ.

މިނިވަން މުވައްސަސާއަކުން ފްލެޓުގެ މައްސަލަތަކެއް ބަލަމުން ދާއިރު، އެކަން ހިނގަމުން ދާ ގޮތް ބެއްލެވުމަށް ހައުސިން މިނިސްޓްރީއަށް ހުށަހެޅުއްވާފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.

މިރޭ ވެސް ރައީސް ވިދާޅުވީ، ފްލެޓުތަކުގައި މައްސަލަތައް ޖެހި އޭގެ ވާނުވާއެއްގެ ތެރޭގައި ރައްޔިތުން ތިބެން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 89%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. މާ ލަސްވަނީ ދެން ތިކަން ނިންމަން ވެއްޖެ ނޫންތަ؟ ތިހާ ދެއުޅި ދެންމީމަ މީހުން ވާނީ ފޫހި އެއްވެސް މީހަކު ތިކަން ވެގެން އުޅޭގޮތެއް ހަގީގަތެއް ބަލާކައް ނޫޅޭނެ އަބަދުވެސް އުޅޭނީ ނުލިބިގެން ލަސްވެގެން ލިބޭ މީހުން ލިބޭލެއް ލަސްވެގެން ނުލިބޭ މީހުން އެހެން މީހަކައް ލިބުނަ ނުދޭންވެގެން މާގިނަ ހާސަރުނުދަމާ ދެން އަވަހައް ދީބަލަ

  2. ހިޔާ ފުލެޓް ލިބޭނެކަމަށް ލިޔުން ލިބުނު މީހުންނަށް ކިހާ ހިސާބަކުން ފުލެޓާ ހަވާލު ވެވޭވަރު ވާނެ. އެ ބައެއްގެ ވޯޓް ބޭނުން ނުވަނީތަ؟

  3. އަދިވެސް ތިޔަ ވިދާޅުވާ ވާހަކަ އެހާ ސާފެއްނޫން. ކުރުކޮށް ވިދާޅުވެ ދެއްވާ އަޅުގަނޑު ގެޒެޓް ލިސްޓަށް ފްލެޓްދޭން ނިންފައިން ކަމަށް. އަދި މިކަން ވާނީ ހައުސިންގ މިނިސްޓަރ އަށްވެސް އަންގާފަކަމަށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: