ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރޯންއަށް ކުރި ހަރަދުގެ ތަފްސީލުތައް ޣައްސާން ހާމައެއް ނުކުރެއްވި

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ މަސައްކަތް 24 ގަޑިއިރު ކުރިޔަށް ގެންދިއުމުގެ ގޮތުން ގެނައި ޑްރޯންއަށް ކުރި ހަރަދުތައް ހާމަކުރެވެން ނެތްކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން ގެނައި ޑްރޯންތަކާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާއިރު، މިހާތަނަށް އެ ވަސީލަތް ގާއިމު ކުރުމަށް ކުރި އެއްވެސް ހަރަދެއްގެ ތަފްސީލެއް ސަރުކާރުން ހާމަ ނުކުރެ އެވެ. ޑްރޯންއަށް ކުރި ހަރަދުކަމަށް ބުނެ، އެކި އަދަދުތައް ދައުރުވަމުން ދާއިރު ގިނަ ބަޔަކު ދަނީ އެއީ އެންމެ އެކަށީގެންވާ އަދަދު ތޯ ސުވާލު އުފައްދަމުންނެވެ.

ދިވެހި މަސް ދޯނިތަކަށް އިންޑިއާގެ ސިފައިން އެރި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު މިނިސްޓަރ ޣައްސާން ވަނީ ހާޒިރުކޮށްފަ އެވެ. ސުވާލުގެ ޖާވަބަށް ފަހު މެމްބަރުންނަށް އިތުރުކަމެއް އޮޅުންފިލުވުމަށް އޮތް ނަމަ ހުޅުވާލި ފުރުސަތުގައި ހަސަން ލަތީފް ސުވާލު ކުރީ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށްކަމަށް ބުނެ ގެނައި ޑްރޯންއަށް ހިނގި ހަރަދުތަކާ ގުޅޭގޮތުންނެވެ.

ހަސަން އެދުނީ ދައުލަތުގެ ބަޖެޓުން ޑްރޯންއަށް ކުރި ހޭދަ ސާފުކޮށްދިނުމަށާއި، ވަކިވަކީން ކޮންމެ ޑްރޯންއަކަށް ކިހާ ފައިސާއެއް ދައްކަން ޖެހުނުތޯ އެވެ.

ޖަވާބުގައި ޣައްސާން ވިދާޅުވީ ރާއްޖެއަށް ޔޫއޭވީ ގެނެސްފައި ވަނީ އޮންނަ އުސޫލާއި ގާނޫނާއި ގަވައިދުގެ ތެރެއިންކަމަށާއި އެކަމުގެ ހުރިހާ ތަފްސީލެއް ލިޔެކިއުމުން ފެންނަން ހުންނާނެ ކަމަށެވެ. އަސްކަރީ ގޮތުން ކުރާ އެއްވެސް ހަރަދެއްގެ މައުލޫމާތުތައް ހާމަކުރުމަކީ އަމަލު ކުރެވޭނެ އުސޫލެއް ނޫންކަމަށާއި އެގޮތަށް ގައުމުތަކުން މައުލޫމާތުތައް އބޮޑެތި ފޯރަމްތަކުގައި އާންމު ނުކުރާނެކަމަށް ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ އެކަމުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ހިއްސާ ކުރެވިދާނެ ކަމަށެވެ.

މި މަޖިލީހަށް އަޅުގަނޑު ކަށަވަރުކޮށް ދޭނީ ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް.. އެންމެ ފަހުން ހޯދި ޔޫއޭވީތައް ހޯދާފައި އެހެރީ.. ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުން އަދި، ގަވައިދުތަކުން ދެ ފުށްފެންނަކަން ކަށަވަރު ކުރުމަށް ކަނޑައަޅާފައިވާ ހުރިހާ އުސޫލެއްގެ ތެރެއިން.. މިކަމުގެ ލިޔެކިއުންތައް ހުންނާނެ.. ބައްލަވަން ބޭނުންފުޅުވާ ނަމަ އިދާރާތަކުގައި ހުންނާނެ.. އެކަން ކުރެވިފައި ވަނީ އުސޫލުތަކުގެ ތެރެއިން.. އެހެން ނަމަވެސް މިކަހަލަ ފޯރަމެއްގައި، އެއްވެސް ގައުމަކުން ދިފާއީ ގޮތުން ކުރާ ހަރަދުތަކުގެ ތަފްސީލު ޙާމަކުރުމަކީ ކުރާކަމެއް ނޫން.. އެހެންކަމުން އެ މައުލޫމާތު ހާމަކުރުމަށް އަޅުގަނޑު އުޒުރުވެރިވަން.. އެހެންކަމުން ސިއްރު މަޖިލީހެއްގައި، 241 ކޮމިޓީގައި ހިއްސާ ކުރެވިދާނެ..

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ތުރުކީއަށް ކުރެއްވި ދަތުފުޅުގައި ކުރެވުނު މަޝްވަރާތަކާއި އެއްބަސްވުންތަކުގެ ދަށުން ގެނައި ތިން ޑްރޯން ވެސް ބޭނުން ކުރަން ފަށާފައި ވަނީ ތުރުކީން ތަމްރީނު ވެގެން އައި ދިވެހި ސިފައިންނާ އެކު އެވެ. އެ ރޭގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޑްރޯން އޮޕަރޭޓު ކުރާނީ ދިވެހިންކަމަށާއި، އެކަމުގައި އަމަލީ ގޮތުން ބޭރުގެ އެއްވެސް ބައެއްގެ ބައިވެރިވުން ނޯންނާނެ ކަމަށެވެ. އަދި ދިވެހި ސިފައިންގެ ބެޗުތައް ޑްރޯން އޮޕަރޭޓު ކުރުމުގެ ތަމްރީނުތައް ފުރިހަމަ ކުރަމުން ގެންދާނީ ތުރުކީގައިކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: