ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ރައްޔިތުން ކުލައިމެޓް ޗޭންޖު ރެފިއުޖީންނަށް ވާކަށް ބޭނުމެއް ނޫން: އަސްލަމް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ރައްޔިތުން ކުލައިމެޓް ޗޭންޖު ރެފިއުޖީންނަށް ވާން ބޭނުން ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިންޓަ ޕާލިމެންޓްރީ ޔޫނިއަންގެ 148 ވަނަ އެސެމްބްލީގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މޫސުމީ ބަދަލުތަކަކީ މިހާރުން މިހާރަށް ހައްލުކުރަންޖެހިފައިވާ މައްސަލައެއްކަމަށެވެ. މޫސުމީ ބަދަލުތަކުގެ ޝިކާރައަކަށް ދިވެހިން ވާން ނޭދޭކަމަށް އަސްލަމް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކަށް މަގުފަހިވާ ނޭދެވޭ އަމަލުތަކުގައި ރާއްޖޭން ހިއްސާކުރާ މިންވަރު ކުޑަ ނަމަވެސް، މޫސުމީ ބަދަލުތަކުގެ ނުރައްކާ ރާއްޖެއަށްވެސް ކުރިމަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަންކަމުގެ އަގު ރާއްޖެއަށް އަދާ ކުރަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ގެދޮރު ގެއްލިދާކަށް ބޭނުމެއް ނޫން، ކްލައިމެޓް ރެފިއުޖީންނަކަށް ވާކަށް ދިވެހިން ބޭނުމެއް ނޫން.

އަސްލަމް ވިދާޅުވިއެވެ.

ދިވެހިންނަށް އަމަން އަމާންކަން ލިބޭނީ މޫސުމީ ބަދަލުތަކުން ސަލާމަތްވެވިގެންކަމަށާއި، މި ނުރައްކާތަކުގެ ސަބަބުން ދިވެހިންގެ ވެށި ދޫކޮށްލުމަށް ބޭނުން ނުވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: