ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެންބަރުން ބޭނުންވާނަމަ ވަޒީރުންނަށް ރުހުން ދޭން ދައުރުން ބޭރު ޖަލްސާއެއް ބާއްވާނެ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މެންބަރުން ބޭނުންވާނަމަ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް ހާއްސަކޮށް ދައުރުން ބޭރު ޖަލްސާއެއް ބާއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޖަލްސާ ފައްޓަވާ ރިޔާސަތުން އަންގާ އެންގުމުގެ ގޮތުގައި އަސްލަމް ވިދާޅުވީ މަޖިލީސް ޗުއްޓީއަށް ދިޔަ ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ރިޕޯޓު ފޮނުވައި، މެންބަރުން އެދިވަޑައިގެންފިނަމަ ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަސައްކަތް ކުރައްވާނެކަމަށެވެ.

މިއަދު ބޭއްވީ ދައުރުގެ ފަހު ޖަލްސާކަމަށް އަސްލަމް އިއުލާން ކުރެއްވިއެވެ.

ނީ ވަޒީރުންނަކީ ދައުލަތް ހިންގުމުގެ އާންމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން އަދި ގާނޫނުއަސާސީއާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ބައެއްކަމަށްވާއިރު، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަޒީރުންނަށް ރުހުން ނުދީ ވާތީ ސިޔާސީ ޕާޓީތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މައްސަލައިގައި ކޮމިޓީން ރިޕޯޓު ފާސްކުރީ ގަވައިދާއި އެއްގޮތަށް ނޫންކަމަށް ނިންމައި އެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލިފަހުން ކޮމިޓީގެ ކޯރަމް ވެސް ހަމައެއް ނުވެއެވެ.އެގޮތަށް ނިންމާފައި ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމަށް ސަރުކާރުން ހުށަހަޅާފައި ނުވާކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ނިޒާމީ ނުކުތާއަށް އެހެން މެމްބަރުން ވެސް ތާއީދުކުރުމުންނެވެ.

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ވިސްނުން ހުރީ، ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށްކަމަށް ވެސް ވާހަކަދެކެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: