ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދިވެސް ބާރު އޮތީ އެމްޑީޕީގެ، ކޮރަޕްޝަން މައްސަލަތައް ނުބާލާނަމަ އޭސީސީ މެމްބަރުން ވެސް ވަކި ކުރެވޭނެ: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބުތަކާއި ދިމާކޮށް ވަޒީފާ ދޭން ނުޖެހޭ އެތައް ބަޔަކަށް ވަޒީފާ ދިނުން އެއީ އޭރަކު އޮންނަ ކޮންމެ ސަރުކާރަކުން ވެސް ހިންގާ ވަރަށް ގޯސް އަމަލެއްކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މީހާގެ ގާބިލުކަން ވަޒަން ކުރުމެއް ނެތި މުވައްޒަފުން ނަގަމުން ގެންދިއުމާއި، ސިޔާސީ ސަބަބުތަކާ ހުރެ ބައެއް މީހުން ވަޒީފާއިން ވަކި ކުރާކަމަށް ބުނެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ. ޔޫނުސް ހުށަހެޅުއްވި މައްސަލައިގައި ވަނީ، ސަރުކާރުން ބޭނުންވާ ގޮތަކަށް ވަޒީފާތައް ދެމުން ގެންދާއިރު މުވައްފުންނާ މެދު އަމަލުތައް ބަހައްޓަނީ އެ މީހަކު ތާއީދު ކުރާ ކެންޑިޑޭޓަށް ބެލުމަށް ފަހު ކަމަށެވެ.

މުވައްޒަފުންގެ ވަޒީފާތަކަށް ނުފޫޒު ފޯރުވައި ބިރު ދައްކަމުން ގެންދާއިރު މިފަދަ މައްސަލަތައް ބަލަން އޮތް މިނިވަން މުވައްސާސާތަށް ތިބީ ހަނުކަމަށާއި ކޮމިޝަނުތަކުގެ މެމްބަރުން ވެސް ތިބީ އެކަމަށް ޖާގަ ދީގެންކަމަށް މައްސަލައިގައި ވެއެވެ.

ކުއްލި މައްސަލަ ބަލައިގަނެ ބަހުސަށް ހުޅުވާލުމުން އިބްރާހިމް ރަޝީދު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކަކީ ރައްޔިތުންގެ ކުންފުނިތައް ކަމަށެވެ. ވަޒީފާތައް ބޭނުންވާ ގޮތަށް ބެހުމަކީ، މިދިޔަ ސަރުކާރުން ވެސް އަމަލު ކުރި ގޮތްކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ކުންފުނިތައް.. ރައްޔިތުންގެ ކުންފުނިތައް.. ރައްޔިތުންގެ ކުންފުނިތަކުން ވަޒީފާ ދޭން ނުޖެހޭ ބަޔަކަށް.. ވަޒީފާ ދޭ މައްސަލަ އޭރު އެ އޮންނަ ސަރުކާރަކުން.. ނިމިދިޔަ ސަރުކާރުން ވެސް… މިކަން މިގޮތަށް ހަމަ ކުރިޔަށް ގެންދިޔައީ… އިންތިހާބުގެ ތެރޭގައި. ދެން މި ސަރުކާރުން ކަން ކުރަމުން ގެންދާ ގޮތުގެ މައްސަލަ އެމްޑީޕީ މެމްބަރަކު މިވަނީ މަޖިލީހަށް ހުށަހަޅާފައި.. މި ހުށަހެޅި މައްސަލައިގައި ފާހަގައެއް ނުކުރެވޭ، ވަކި ކުންފުންޏެއްގެ ނަމެއް ފާހަގައެއް ނުކުރެވޭ.. އެހެން ނަމަވެސް ނުސީދާކޮށް އަޅުގަނޑު ސުވާލުކޮށްފިން މި މެމްބަރާ.. ކޮން ކުންފުންޏެއްތޯ އޭ.. މެމްބަރު ބުނެފި ފެނަކައޭ.. ފެނަކައިން 500 ވަޒީފާ ދީފިއޭ..

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ސަބްސިޑީ އުސޫލުން ހިންގާ ކުންފުނިތަކަށްވާއިރު، މިފަދަ ގޮތަކަށް ވަޒީފާތައް ދިނުމުން ކުންފުންޏަށް ގެއްލުންވާކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. އަދި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ހުރި މި ކުންފުނިތަކުން ގިނަ ފަހަރަށް މުސާރަ ހަމަޖެއްސުމަށް ހިދުމަތުގެ އަގު ވެސް ބޮޑު ކުރާކަމުގެ ތުހުމަތު މެމްބަރު ކުރެއްވި އެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ކުންފުނިތަކުން މިހެން ދޭ ވަޒީފާތަކުގެ މައްސަލަތައް މެމްބަރުން ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީ (އެސްއޯއީ) އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. މެމްބަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ އެމްޑީޕީއަށްކަމަށާއި އެހެންކަމުން މަސައްކަތް ކުރަންވީ އިހުލާސްތެރިކަމާއި އެކު ސީރިއަސް ސިފައެއްގައި ކަމަށެވެ.

ރިޕޯޓުތައް އެކުލަވާލައި އެ މައްސަލަތައް މަޖިލީހަށް ގެނައުމަށް ގޮވާލައި، އިބްރާހިމް ރަޝީދު ވަނީ އެގޮތަށް އެމްޑީޕީން އަމަލު ނުކުރަނީ ކީއްވެގެން ތޯ ސުވާލު ކުރައްވާފަ އެވެ.

ކީއްވެގެން ތޯ އެމްޑީޕީން އެކަން ނުކުރަނީ.. އެމްޑީޕީގެ މިހާރު ވެސް މެޖޯރިޓީ އޮތީ.. އެމްޑީޕީގެ އޮތީ.. ހަމަ ހުށަހަޅާއިރަށް އަޅުގަނޑުމެން ވަކިކޮށްދޭނަމޭ.. ކީއްވެގެން ތޯ އޭ ނުކުރަނީ.. ތިމަންނާމެންނަށް މަޖިލީހުގެ މެޖޯރިޓީ އޮވެ.. އޭސީސީގެ މިހާރު ވެސް… ވަކި ކުރެވޭނެ އެމްޑީޕީ ބޭނުމިއްޔާ މެމްބަރުން..

އިބްރާހިމް ރަޝީދު ގޮވާލީ މިއީ އެމްޑީޕީ ވެސް ހަމައެކަނި އިންތިހާބަށް ދައްކާ ވަހަކައަކަށް ނަހަދައި އަމަލީ ގޮތުން ސީރިއަސްކޮށް މަސައްކަތް ކުރުމަށެވެ. އިބްރާހިމް ރަޝީދު ވިދާޅުވީ އަދިވެސް އެމްޑީޕީގެ ލީޑާޝިޕްގައި އަދިވެސް ހުންނެވީ އިބްރާހިމް މުހައްމަދު ސޯލިހުކަމަށާއި އިންޑިއާގެ ފައިސާ ނަގައިގެން އަބްދުﷲ ޝާހިދު ޕާޓީގެ ރައީސްކަމުގައި ހުރުން އެއީ މުޅިން އެހެން މައުޟޫއުއެއް ކަމަށެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: