ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރޮޖެކްޓުތައް ހުއްޓިފައިހުރީ ގިނަ މަޝްރޫޢުތައް އެއްފަހަރާ ފަށާފައި ހުރުމުން: ހެލްތު މިނިސްޓަރ

ހެލްތް މިނިސްޓަރ ޑރ އަބްދުﷲ ހަލީލް މަޖިލީހުގެ ތަޅުމުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ސިއްހީ ދާއިރާގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވަނީ ގިނަ އަދަދެއްގެ މަޝްރޫޢުތައް އެއްފަހަރާ ހަވާލުކޮށްފައިހުރުމުން ކަމަށް ބެލެވޭކަމަށް ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ކެންސަރު ބަލީގެ މައްސަލަ އިތުރުވެގެންދިއުން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން މިނިސްޓަރ ހަލީލްވަނީ އެކަމާއި ގުޅޭ ތަފްސީލުތައް ދެއްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވި އިރު ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތައް އަޅަން ފަށާފައިހުރިކަމަށެވެ. އެހެންނަމަވެސް އެތަންތަނުގެ މަސައްކަތްތައް ހުރީ ހުއްޓިފައިކަމަށްވެސް ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، ތަފާތު އެކި ސަބަބުތައް މެދުވެރިވިކަމަށެވެ. އެހެންނަމަވެސް ބައެއް ތަންތަނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރުންނާއި ނެގޯޝިއޭޓުކުރެވި މިހާރު މަސައްކަތްތައް ފެށިފައިވާކަން ހާމަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ޕްރޮޖެކްޓުތަކެއް އެއްފަހަރާއި ހަވާލުކޮށްފައި ހުރި ހުރުންވެސް ފާހަގަކުރެވިފައިވާކަމަށާއި 2023 ވަނަ އަހަރުގެ ތެރޭގައި ދެ ބިލިއަނަށްވުރެ އިތުރު އަދަދެއް ޖުމުލަ ހުރިހާ ޕްރޮޖެކްޓަށް ހޭދަވާކަންވެސް ހިއްސާކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ހެލްތު މިނިސްޓްރީއަށް ޕީއެސްއައިޕީ މަސައްކަތްތައް ހިންގުމަށް ލިބިފައިވަނީ 380 މިލިއަނާއި ގާތްކުރާ އަދަދެއްކަމަށެވެ. އެހެންކަމުން އެ ބަޖެޓަކީ ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކާއި ބަލައި ވަރަށް ކުޑަ ބަޖެޓެއްކަމަށް އަލިއެޅުއްވިއެވެ. އަދި 380 މިލިއަންއަކީ މިދިޔަ އަހަރުގެ ތެރޭގައި ހެލްތުން ޕީއެސްއައިޕީ މަސައްކަތްތައް ކުރުމަށް ކަނޑައެޅިގެންދިޔަ ބަޖެޓަށްވުރެ ބޮޑު އަދަދެއްކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ޙަލީލް ވިދާޅުވީ، ޕްރޮޖެކްޓުތައް ހުއްޓެން ދިމާވެފައިވަނީ ގިނަ އަދަދެއްގެ ޕްރޮޖެކްޓުތައް އެއް ފަހަރާ ފަށާފައިވުމުގެ ސަބަބުންކަމަށް ބެލެވޭކަމަށާއި ޕްރޮޖެކްޓުތައް ކުރިއަށް ގެންދެވޭނީ ފައިނޭންސް ހުރި ގޮތަކަށް އެ ފައިނޭންސްތައް މެނޭޖުކުރެވޭނެ ގޮތެއްގެ މަތިންކަމަށްވެސް ވިދާޅުވިއެވެ.

ކެންސަރު ފަދަ މައްސަލަތައް އިތުރުވެގެންދިއުން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މިނިސްޓަރ މައުލޫމާުތު ހިއްސާކުރެއްވިޮއެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާގައި އުފުލާ އެންމެ ބޮޑު އެއް ބުރައަކީ ގައިން ގަޔަށް ނާރާ ބަލިތަކުގެ މައްސަލަ ކަމަށެވެ. އަދި މިނިސްޓްރީއިންދަނީ ބޭރުގެ ކަމާއި ބެހޭ ފަރާތްތަކާއިއެކު އެ މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތްކުރަމުންކަމަށާއި ޑަބްލިއުއެޗްއޯ ފަދަ ޖަމިއްޔާތަކާއިއެކު މައްސަލަ އިތުރުވެފައިވާ ސަބަބު ދެނެގަތުމަށް މަސައްކަތްކުރަމުންދާކަންވެސް ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: