ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދައަށް ފަހު އުނގޫފާރުގައި އެމް.އާރް.އައިގެ ހިދުމަތް ފެށޭނެ: ހަލީލް

ހެލްތު މިނިސްޓަރ އަބްދުﷲ ހަލީލް... ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް ލިބޭ، އެމްއާރުއައިގެ ހިދުމަތް ރ. އުނގޫފާރުގައި ފެށިގެންދާނެކަމަށް ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނަށް ރަށްތަކުގެ ކައުންސިލާއި އާންމު ރައްޔިތުންގެ ފަރާތުން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ވެސް ރަނގަޅު ސިއްހީ ނިޒާމެއް ނެތުމެވެ. ބޭސްފަރުވާއަށް ރަށުން ބޭރަށް ފުރައިގެން ދާން ޖެހޭއިރު، އެންމެ އާދައިގެ ހިދުމަތް ވެސް ލިބެން ނެތުމަކީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމެނޭ މި ދާއިރާއަށް ގެނެސް ދެއްވާނެ ހައްލުތައް ފާހަގަކުރައްވައި، އުނގޫފާރު ޖަލްސާގައި ހަލީލު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިއްހީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ. ޚަލީލު ވިދާޅުވީ ރައީސްގެ ވިސްނުން ތަފާތުކަމަށާއި އެމަނިކުފާނު ބޭނުންފުޅު ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޓާޝިއަރީ ހޮސްޕިޓަލްތައް ގާއިމްކުރަން ކަމަށެވެ. އަދި ހަމައެކަނި މާލެއަށް ބާރޯސާ ވުމުގެ ބަދަލުގައި ރައީސް ބޭނުން ވަނީ ރާއްޖޭގެ ސަރަހައްދުތަކުގައި ހޮސްޕިޓަލްތައް ބިނާކޮށް ވަރުގަދަ ތަނަކަށް މިތަން ބަދަލުކުރަންކަމަށް ޚަލީލު ވިދާޅުވި އެވެ.

އުނގޫފާރަށް ޑޮކްޓަރަށް ދެއްކުމަށްޓަކައި މީހުން އަންނަނީ ހަމައެކަނި ރ. އަތޮޅުން ނޫން ކަމަށާއި އެހެން އަތޮޅުތަކުން ވެސް މީހުން އަންނަ ކަމަށް ހަލީލް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެ ރަށުގައި އެޑިކަލް އޮފިސަރުންގެ ގޮތުގައި ތިބީ 10 ޑޮކްޓަރުން ކަމަށާއި އެހެންކަމުން އެކަށީގެންވާ ފެންވަރުގައި ސިއްހީ ހިދުމަތް ދެވޭނެ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އެހެންކަމުން ރަށުގެ ހިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ހިއުމަން ރިސޯސް އިތުރު ކުރެވޭނެ ގޮތްތައް ބައްލަވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އުނގޫފާރުގެ ހޮސްޕިޓަލުން ލިބިގެން ދާނީ ޓާޝިއަރީ ހޮސްޕިޓަލަކުން ލިބޭނެ ހިދުމަތްތައްކަމަށް ހަލީލް ވިދާޅުވިއެވެ. އެމް.އާރް.އައި ގެ ހިދުމަތް ރާއްޖޭގެ އެކު ސަރަހައްދުތަކުގައި ފެށުމުން މާލޭއަށް ބަރޯސާވެފައިވާ މިންވަރު ކުޑަވެގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

އެއީ މިހާރުވެސް މާލެއަށް ބަލާކަމުގައިވާނަމަ އެމް.އާރް.އައި ކިއުއެބަދޭ މަހެއް ދެމަހެއް ވަންދެން. އެހެންވީމާ މި ހިދުމަތްތައް ގާއިމްކުރުމަކީ ރާއްޖޭގެ ރައްޔިތުން ބޭނުންވެފައިވާ ހިދުމަތްތަކަށް ބަލާއިރުގައި ހަމަ ލާޒިމްކަމެއް. އެހެންކަމުން އެއީވެސް ރައީސް ގެ ސަރުކާރުގައި ލިބިގެންދާނެ ވަރަށް ވަރުގަދަ މައިލް ސްޓޯނަކަށް ވެގެންދާނެ ކަމެއް

މީގެއިތުރުން ތެލެސީމިއާ އަކީ ރާއްޖޭގައި ޒަމާނުއްސުރެ ތަހައްމަލުކުރަމުން އަންނަ ކަމެއް ކަމަށް ހަލީލް ފާހަގަކުރެއްވިއެވެ. މަގާމާއި ހަވާލުވުމަށްފަހު ރައީސްއާއި ބައްދުލުވާ ވަރަށް ގިނަފަހަރު ތެލަސީމިއާ ކުދިންގެ ކަންކަން ކުރިއަށްދާ މިންވަރު އައްސަވާކަމަށް ހަލީލް ވިދާޅުވިއެވެ. މި ސަރުކާރަށް ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ފަސް ކުއްޖަކުވަނީ ބޯންމެރޯ ހެދުމަށްޓަކައި ރާއްޖެއިން ފޮނުވާފައިކަމަށް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ބޯންމެރޯ ހަދަން ފޮނުވި ކުދިން މިހާރުތިބީ އެކި މަރުހަލާތަކުގައި ކަމަށާއި ހުރިހާ ކުދިންގެވެސް ހާލަތު ރަނގަޅުކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ އަހަރަކު 10 ކުދިން ބޯން މެރޯ ހައްދަން ފޮނުވާނެ ކަަމަށް ހަލީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: