ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދާއިރާގެ ރައްޔިތުންގެ ވޯޓުން މަޖިލިސް މެންބަރުން ވަކި ކުރެވޭ ގޮތަށް އިސްލާހެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް މެމްބަރުން އެ ދާއިރާގެ ރައްޔިތުންގެ ވޯޓުން މަގާމުން ވަކި ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅައިފި އެވެ.

ރައްޔިތުންގެ ވޯޓަކުން ހޮވޭ މަގާމަކަށް އަންނަ ސިޔާސީ ޕާޓީ ބަދަލުކޮށް، އެހެން ފިކުރަކާ ގުޅޭނަމަ ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލާ އެކު މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރީ އެމްޕީ ރީކޯލް އެއްވެސް ބޭނުންވާ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ދެބައިވި ނަމަވެސް، މަޖިލިސް ތެރެއިން މިވަގުތު އެކުގައި މަސައްކަތް ކުރަމުން ދާ ޑިމޮކްރެޓްސް ވަނީ މި ބިލުތައް މަޖިލީހަސް ހުށަހެޅުމަށް ތައްޔާރުވަމުން ދާކަމަށް މީޑިއާތަކާ ބައްދަލު ކުރުމަށް ފަހު ބުނެފަ އެވެ. އެންޓި ޑިފެކްޝަން ބިލު ދިމާވަނީ، އިދިކޮޅު އެމްޑީޕީގެ 13 މެމްބަރެއް އެ ޕާޓީ ދޫކޮށް ސަރުކާރާ ގުޅުނު ވަގުތާ އެވެ. އެ ދެ ޕާޓީ ތުހުމަތު ކުރީ 20 ވަނަ މަޖިލީހުގައި ވެސް ފައިސާ ހުށަހަޅައި މެމްބަރުން ގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

އެންޓި ޑިފެކްޝަން ބިލު އިއްޔެ މަޖިލީހަށް ބަލައިގެންފައި ވަނިކޮށް، މެމްބަރުން ދާއިރާގެ ރައްޔިތުންގެ ވޯޓަކުން ބަދަލު ކުރެވޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު ހަސަން ލަތީފެވެ.

ހަސަން ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރެއް އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެމްބަރުކަމުން ވަކިވާނެ އެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވާ މެމްބަރަކު ވިޔަސް ސިޔާސީ، ޕާޓީއެއްގެ މެމްބަރަކަށްވުމުން މެމްބަރުކަމުން ވަކިވާނެކަމަށް އިސްލާހުގައި ވެއެވެ.

އިސްލާހުގައި ވަނީ މެމްބަރަކު މަގާމުން ވަކިކުރުމަށް، އެ މެމްބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ދިރާސާކޮށް އެ މެމްބަރަކު މަގާމުން ވަކިކުރުމަށް އެ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި އެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެމްބަރަކު މަގާމުން ވަކި ކުރުމަށް ނިންމިދާނެ ކަމަށެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 19%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: