ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ރެޖިސްޓްރީގައި ސޮއި ކުރަން ކެންޑިޑޭޓުންނަށް ހުޅުވާލަނީ!

9 ސެޕްޓެމްބަރު 2023: ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތެރެެއިން/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރެޖިސްޓްރީގައި ކެންޑިޑޭޓުން ސޮއި ކުރަން އަންނަ ހޮނިހިރު ދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އޭޕްރިލް މަހުގެ 21 ގައި މަޖިލިސް އިންތިހާބު ބާއްވާއިރު، އިލެކްޝަންސް ކޮމިޝަނުން ވާން ޖެހޭ ގިނަ ތައްޔާރީތައް ވަނީ ނިމިފަ އެވެ. މިވަގުތު ކުރަމުން ދާ ބައެއް މަސައްކަތްތަކުގެ މައުލޫމާތުތައް އާންމުކޮށް އީސީން ބުނީ މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރެޖިސްޓްރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މީހެއް ސޮއި ކުރަން އަންނަ މި ފެށޭ ހަފްތާގައި ހުޅުވާލާނެ ކަމަށެވެ.

ކޮމިޝަނުން ބުނެފައި ވަނީ ރެޖިސްޓްރީގައި ސޮއި ކުރުން ކުރިޔަށް ދާނީ ހޮނިހިރު، އާދީއްތަ ދެ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު ފަހު 03:00 އަށް އަދި ރޭގަނޑު 21:00 އިން 00:00 ގެ ނިޔަލަށް ކަމަށެވެ. ކެންޑިޑޭޓުން ރެޖިސްޓްރީގައި ސޮއި ކުރުމަށް ހަމަޖެހިފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބާ ބެހޭ މަރުކަޒު ހުންނަ ދަރުބާރުގޭގަ އެވެ.

އީސީން މިއަދު ބުނީ ކެންޑިޑޭޓުންގެ ބަދަލުގައި އެހެން މީހަކު ސޮއި ކުރާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ސޮއި ކުރާ މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކަޑު ނަމްބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީ އާއި އައިޑީކާޑުގެ ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށެވެ. އަދި ރެޖިސްޓްރީގައި ސޮއި ކުރުމަށް އަންނަ މީހާ އޭނާގެ އައިޑީކާޑުގެ އަސްލު ގެނަން ޖެހޭނެކަމަށް ވަނީ ބުނެފަ އެވެ.

މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކުން 386 ކެންޑޭޓުން ވާދަކުރާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: