ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތޮލްހަތު!

ތޮލްހަތު ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތޮލްހަތު ހަސަން އައްޔަނު ކުރުމަށް ފާސްކޮށްފި އެވެ.

ސިފައިންގޭގެ ކުރީގެ އިސް އޮފިސަރެއްކަމަށް ވާ ތޮލްހަތު ސާޖެންޓް އެޓްސް އާމްކަމަށް އައްޔަނު ކުރުމަށް ފެންނަކަމަށް ފާސްވީ މަޖިލީހުގައި ނެގި ވޯޓުގައި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

ތޮލްހަތު ރިޓަޔާރ ކުރެއްވި އިރު ހުންނެވީ އެމްއެންޑީއެފްގެ މޭޖަރ ޖެނެރަލްގެ ރޭންކުގަ އެވެ. އަދި ތޮލްހަތު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސްޓެލްކޯގެ ބޯޑުގައި ވެސް މަސަައްކަތް ކުރައްވާފަ އެވެ.

މި މަގާމާއި އެކު ތޮލްހަތު ވެގެން ދާނީ، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުއަށް ފަހު ދެވަނައަށް އެންމެ އިސް ވެރިޔާއަށެވެ.

ސާޖެންޓް އެޓް އާމްސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހަލީމް މަގާމުން ވަކި ކުރީ ރައްޔިތުންގެ މަޖިލިސްގެ ރައީސާއި ނައިބު ރައީސްގެ އޮފީސް ކޮޓަރީގައި ދައްކާ ވާހަކަތައް އަޑުއަހަން ބަގް ކުރިކަމުގެ ތުހުމަތުގައި ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: