ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް، މިއީ ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާގެ ފެށުން: ފައްޔާޒް

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއިލް..... ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން އެންގީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، އާރުޑީސީގެ އެތެރޭގައި ހިޔާނާތްތަކެއް ހިނގި އިރު އެކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒްގެ ބައިވެރިވުމެއް ނުވަތަ ގުޅުމެއްވާކަމަށް ތުހުމަތުކޮށް ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.

އެމްޑީޕީގެ ސަރުކާރުގެ އިގްތިސާދީ ވަޒީރުކަމުގައި ވެސް ހުންނެވި ފައްޔާޒަށް ފުލުހުން ޗިޓު ފޮނުވުމުން އެކަން ޕޯސްޓު ކުރެއްވީ އޭނާ އެވެ. އަދި ވިދާޅުވީ އާރުޑީސީގައި ހިޔާނާތް ހިނގިކަމަށް ބުނެ ބަލާ މައްސަލައެއްގައި އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިވާކަމަށާއި، މިއީ އެއްވެސް އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކެއް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ފުލުހުން ބުނާ އާރުޑީސީ ހިޔާނާތުގައި ވެސް ހަގީގަތެއް ނެތްކަމަށާއި، އޭނާއަށް އެއްވެސް ކަމެއްގައި ތުހުމަތެއް ކުރަން ޖެހޭ ވަރުގެ ކަމެއް ހިނގާފައި ނުވާނެކަމަށެވެ. ފައްޔާޒް ވިދާޅުވީ އޭނާ ހުންނާނީ ސާބިތުވެކަމަށާއި، ސިޔާސީ ސަބަބުތަކަށް ހިންގާ ތަހުގީގުތަކަށް ވިޔަސް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ފައްޔާޒް ފުލުހަށް ހާޒިރުވާން އެންގި މައްސަލައިގައި އޭރު އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މޫސާ އަލި މަނިކު ވިދާޅުވީ ކުންފުނީގެ ހިޔާނާތެއްގެ ވާހަކަތައް ދައްކާތާ އެތައް ދުވަހެއްވެފައިވާކަމަށާއި، ވެރިކަމަށް ހަތަރު މަސް ވިއިރު ކުރި އެއްވެސް ސުވާލެއް ނެތް ކަމަށެވެ.

މަޖިލިސް އިންތިހާބު ގާތްވެފައިވާ އިރު ފައްޔާޒަކީ މިވަގުތު ޕާޓީގެ ތެރެއިން އެންމެ އެކްޓިވްކޮށް ހަރަކާތްތަކުގައި ބައިވެރިވެ ސަރުކާރަށް ފާޑުކިއުން އަމާޒު ކުރާ އެކަކެވެ. އެގޮތުން އެންމެ ފަހުން ވެސް ފައްޔާޒް ވަނީ ސިޔާސީ ބޭނުމަށް މަޖިލިސް އިންތިހާބުގެ ވޯޓު ހޯދުމަށް ކުރާ މަސައްކަތްތައް ހުއްޓާލަން ސަރުކާރަށް ގޮވާލާފަ އެވެ.

އާރުޑީސީގެ ތިން މުވައްޒަފެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ވަދެފައިވާ މައްސަލައިގައި މިދިޔަ ވެރިކަމުގައި އެ މައުލޫމާތުތައް އޭރު ފުލުހުން އާންމު ކުރި އެވެ. އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ކުންފުނީގެ އެއް މުވައްޒަފެއްގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށެވެ.

މި މައްސަލައިގައި އާރުޑީސީގެ އޮފީހާއި، މައްސަލައިގައި ގުޅުން ހުރި ބައެއް ތަންތަން ބަލާ ފާސްކޮށް ސުވާލު ވެސް ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: