ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން އެދެނީ ފުލުހުންގެ މައްޗަށް ކުރާ ހަރަދާ އެއްވަރަށް އޭގެ ލާބައާއި މަންފާ ލިބުން: އިހުސާން

ހޯމް މިނިސްޓަރ އަލީ އިހުސާން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ކޮންމެ ރައްޔިތަކުމެ އެދެނީ ދިވެހި ފުލުހުންގެ މައްޗަށް ދިވެހި ސަރުކާރުން ކުރަމުންދާ ހަރަދާ އެއްވަރަށް އޭގެ ލާބަޔާއި މަންފާ ލިބުން ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއޒު ދިވެހި ފުލުހުންގެ ހިދުމަތާ ބައްދަލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ދިވެހި ފުލުހުންގެ މުވައްސަސާ ހަރުދަނާ ކުރުަމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. ރައީސް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއް ނަމަވެސް، މި ޖަލްސާގެ މަންޒަރުތައް ހިއްސާކޮށްފައި ނުވެ އެވެ.

ފުލުހުން ހިއްސާ ކުރި މައުލޫމާތުތަކުގައި ބުނީ، އިހުސާން ދެއްކެވި ވާހަފުޅުގައި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުންގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިންނާއި ގޭންގު ކުށްތަކުން ރާއްޖޭގެ ސަލަމާތާ ރައްކާތެރިކަން ނަގަމުންދާ ނެގުން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ބިދޭސީން ގާނޫނާ ގަވާއިދާ ހިލާފަށް އުޅޭ އުޅުންމުން ދާހިލީ ސަލާމަތާ ރައްކާތެރިކަމަށް ލިބޭގެއްލުމުން ސަލާމަތް ކުރުމަކީ އެންމެ އިސް އަމާޒުކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކުމެ އެދެނީ ދިވެހި ފުލުހުންގެ މައްޗަށް ދިވެހި ސަރުކާރުން ކުރަމުންދާ ހަރަދާ އެއްވަރަށް އޭގެ ލާބަޔާއި މަންފާ ލިބުން ކަމަށެވެ. އަދި އެ ލާބަޔާއި މަންފާ ލިބުމަކީ ދިވެހި ކޮންމެ ފަރުދަކަށް ވަކި އުމުރުފުރައެއް ނެތި މަގުމައްޗަށް ނިކުންނަ ކޮންމެ މީހަކަަށް އެ މީހަކު ދާންބޭނުންވާ މަންޒިލަށް އެއްވެސް ޖެހިލުމެއް ބިރުވެރިކަމެއް ނެތި ރައްކާތެރިކަމާއެކު ދެވުންކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި 24 ގަޑިއިރު މެދުކެނޑުމެއް ނެތި ދެމުން ގެންދާނެ ހިދުމަތެއްކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭނެކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ މުވައްސަސާއެއްގެ ކުރިއެރުން ރައްޔިތުން ވަޒަން ކުރާނީ އެ މުވައްސަސާއަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރުންކަމާއި ދިވެހި ފުލުހުންގެ ހިދުމަތް ދެވިގެން ދާނީ އުސޫލުތަކެއްގެ މައްޗަށް ރޭވިގެން އެކުލަވާލެވޭ ސްޓްރެޓެޖިކް ޕްލޭންތަކެއްގެ މައްޗަށް ބިނާވެގެންކަމަށް ވިދާޅުވިއެވެެ. އެގޮތުން ފުލުހުންގެ 91 ވަނަ އަހަރީ ދުވަހު އިފްތިތާހު ކުރެވިދެންދާ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ގައުމަށް ނުރައްކާވާ މިންވަރަށް ބޮޑުވެފައި ހުރި މައްސަލަތަކަށް އެ ޕްލޭންގެ ދަށުން އެކަށޭނެ ހައްލުތަކެއް އަންނާނެކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: