ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯހިތުގެ ފަހަތުން އުޅުނު މީހުން، ރާޖޫއަށް ފުށިދިއްގަރު ފަޅުން 80 ހެކްޓަރު ބިން ދީފި: ސޯލިހު

ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިކަމުގައި އުތުރުތިލަފަޅުގައި އިންޑިއާގެ ރޯހިތު ނަމަކަށް ކިޔާ މީހެއް ހުރިކަމުގެ ތުހުމަތު ކުރި ސަރުކާރުގައި ފުށިދިއްގަރު ފަޅުން ރާޖޫއަކަށް 80 ހެކްޓަރުގެ ބިން ދޫކޮށްފައިވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގައި ހުޅުމާލޭގެ ދާއިރާތަކަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ރައީސް ސޯލިހު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް އައީ ރައްޔިތުންނަށް އޮޅުވާލައި ދޮގު ވިއްކައިގެންކަމަށާއި، އެމަނިކުފާނު ދިވެހި ރައްޔިތުންނަކީ ކަމެއް ނުދަންނަ ގަމާރު ބައެއްކަމަށް ހީކުރެއްވި ނަމަވެސް އެއީ އަދި ހަގީގަތެއް ނޫން ކަމަށެވެ.

އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި ސަރުކާރަށް ފާޑުކިއުމުގެ ގޮތުން ބޭނުން ކުރި ހަތިޔާރަކީ އިންޑިއާގެ ސިފައިން މި ގައުމުގައި ތިބުމުގެ ސަބަބުން މިނިވަންކަމަށް ބުރޫއަރާފައިވާކަމަށް ބުނުންކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން އޭރު ތަކުރާރުކޮށް ބުނަމުން ދިޔައީ ހާހުން، ދެހާހުން އިންޑިއާގެ ސިފައިން އެބަތިބިކަމަށާއި ބަލާކި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ބޭރުގެ އަސްކަރީ މީހުންކަމަށް އިދިކޮޅުގައި އޮވެ ޕީޕީއެމް/ޕީއެންސީ ބުނަމުން ދިޔަކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް އައުމަށް ހެއްދެވި އެންމެ ބޮޑު ދޮގަކީ ރާއްޖޭގައި ހަތިޔާރު އެޅި ސިފައިން އެބަތިބިކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދުވަސް ވަރު ހުއްޓުމެއް ނެތި ދައްކަމުން ދިޔަ ވާހަކައީ އެއީކަމަށް ވިދާޅުވި އެވެ.

ދޮގުތަކުގެ ތެރޭގައި އެއްކަމަކަށް، ދެކެވުނު ވާހަކައަކީ މުޅި ރާއްޖޭގައި ބޭރުގެ ހަތިޔާރު އެޅި ސިފައިން ބައިވަރު އުޅޭ ވާހަކަ.. ހާހުން ދެ ހާހުން އުޅޭ ވާހަކަ.. ރިޔާސީ އިންތިހާބުގެ ތެރޭގައި އަޅުގަނޑުމެންނަށް އަޑުއިވުނު ބައެއް ކެންޑިޑޭޓުން، ވިދާޅުވި ހިނގައި ނުގަނެވިގެންނޭ މި އުޅެނީ ބައެއް ރަށްރަށުގައި.. އިންޑިއާގެ ސިފައިންނާ ހެދި.. އަޅައިގަނެފަ ވެއްޓެނީ. އެހާ ބައިވަރު އިންޑިއާގެ ސިފައިން..

ވެރިކަމަށް އައުމާއި އެކު ހާލަތު ބަދަލުވެއްޖެ ކަމަށާއި، މިއަދު އިންޑިއާގެ ސިފައިންގެ ވާހަކައެއް ނެތްކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެ ދުވަހު އެ ނަން ބޭނުންކޮށް ހެދީ ބޮޑެތި ދޮގުތައްކަން ރައްޔިތުންނަށް ސާބިތުވަމުން ދާކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ސަރުކާރަށް އަމާޒުކޮށް ދެއްކެވި ރޯހިތުގެ ވާހަކަތަކަށް ވެސް ރައްދު ދެއްވާފަ އެވެ. އެގޮތުން އުތުރުތިލަފަޅުގައި ހުރިހާކަމެއް ބަލަހައްޓަނީ އިންޑިއާކަމަށް ބުނެ ކެމެރާތައް ހިފައިގެން އެ ދުވަހު ރަށަށް އަރަން ދިއުމުން ވެސް ސިފައިންގެ އެއްވެސް އަސަރެއް ނުފެނުުނުކަމަށް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ ވާހަކަތައް މިހާރަކު ނެތް.. ދިމާލަށް ބޮޑު ބުހުތާނު ދޮގެއް ހެދިކަން މިއަދު ދިވެހި ރައްޔިތުންނަށް އެބަ އެނގޭ.. އަދި މި އޮތް އުތުރުތިލަފަޅުގައި ހަތިޔާރު އެޅި އިންޑިއާގެ ސިފައިން ތިބިކަމަށް.. ބުނެ އެ ރޯހިތު ހޯދަން.. ލޯންޗުގަ ކެމެރާއާއި.. ސްޓީލް ކެމެރާ ހިފައިގެން ދިޔައީ.. އެކަމަކު ދިޔައިރު ރޯހިތު ފިލައިފިކަމަށް ވަނީ.. ރޯހިތެއް ނެތް އެތާކު.. ރޯހިތެއް ނެތް.. އެތާ ހުރީ ސިފައިންގެ ބޭކަލެއް.. ދެން އެހެން އުޅެނިކޮށް ފެނުނީ، ރާޖޫ ކިޔާ މީހެއް.. ދެން ރައީސް މުއިއްޒު ވިދާޅުވީ ތިމަންނަ ވީ ވައުދެއް އެބައޮތޭ.. މިކަން ކޮންމެހެން އެބަ ޖެހޭކޮށްދޭން.. މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ވައުދުވީމޭ.. އެހެންވީމަ މިތަނަށް ފަސްކޮޅެއް އަޅާ ދޭށޭ.. މިކަމަށްޓަކައި މި ރާޖޫއަށް ހުޅުމާލޭންނާ، ފުށިދިއްގަރުން 80 ހެކްޓަރަށް ވުރެ ބޮޑު ބިން ރާޖޫއަށް ދީފި..

ރައީސް ސޯލިހު ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ ބަދަލެއްގެ ގޮތުން މި ސަރުކާރުން ބޭރު މީހަކަށް 80 ހެކްޓަރުގެ ބިން ދީފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: