ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯލިހު ދެއްކެވީ ސިޔާސީ ވާހަކަތަކެއް، މަޝްރޫއުތައް ދާގޮތް އެނގޭހެން ހީއެއް ނުވޭ: ފަޒުލް

ރަައީސް ޑރ. މުހައްމަދު މުއިއްޒު އާއި އާބަންކޯގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ ޕްރޮޖެކްޓާއި ގުޅުވައި އެއްވެސް ހަގީގަތެއް ނެތް ވާހަތަކެއް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވީ ސިޔާސީ ނިޔަތެއްގައިކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ފަޒުލް ވިދާޅުވެ ދެއްވީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކާއި، ރަސްމާޅެ ޕްރޮޖެކްޓުގެ ތަފާތެވެ. އެގޮތުން ބިންވެރިޔާ ސްކީމަށް ފަޒުލް ވިދާޅުވި ގޮތުން ހުޅުމޭލޭގެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ސީއެމްސީއަށް ހަވާލު ކުރީ 96 ހެކްޓަރު ހިއްކަދޭ ގޮތަށް ކަމަށެވެ. މީގެ ތެރޭގައި ދިޔަނެރުގެ 26 ހެކްޓަރާއި، ތިލަފުށިގެ 9.6 ހެކްޓަރު އަދި ހުޅުމާލޭގެ 62 ހެކްޓަރު ހިމެނޭކަމަށް ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ އެތަނުން 96 ހެކްޓަރު ޖުމްލަ، ހުޅުމާލޭގެ ފޭސް ތިނަކުން ހިއްކާތަނުން 10 ހެކްޓަރުގެ ބިން ދޭކަމަށެވެ. އަދި ތިލަފުށީގެ 9.6 ހެކްޓަރު ބިން މި ބިން ހިއްކައިދޭ މަތިން ދޭކަމަށެވެ. އެހެންކަމުން އޭގެ މާނައަކީ ފަޒުލް ވިދާޅުވި ގޮތުގައި 20 ވަރަކަށް ހެކްޓަރު އެ މަސައްކަތް ކުރުމަށްޓަކައި ދޭކަމަށެވެ. އަދި މީގެ އިތުރުން 20 މިލިއަން ޑޮލަރު ދޭންޖެހޭކަމަށް ފަޒުލް ފާހަގަކުރެއްވި އެވެ.

ފަޒުލް ވިދާޅުވީ ވެރިކަމާ ހަވާލުވުމާ ހަމައަށް ކުންފުންޏަށް ދީފައި ހުރީ ކިހާ އަދަދެއްގެ ފައިސާތޯ ބަލާލުން ވެސް މުހިންމުކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓަކީ ފައިސާ ދޭގޮތަށް ހިނގާ ޕްރޮޖެކްޓެއްކަމަށާއި، 20 މިލިއަން ޑޮލަރު ލިބުނުކަމަށް ވީ ނަމަވެސް ހިއްކާ ބިމުގެ ތެރެއިން އެ ފަރާތްތަކަށް ލިބޭ 19 ހެކްޓަރުން އެޗްޑީސީއަށް ބިން ގަތުމުގެ ފުރުސަތު އޮތްތޯ އެގްރިމަންޓަށް ބަލާއިރު ނެތްކމަށް ފަޒުލް ވިދާޅުވި އެވެ.

ބައި ބެކް ފުރުސަތެއް ނެތޭ ވާހަކައަކީ، ހުޅުމަލޭން ވެސް ގާތްގަނޑަކަށް 10.6 ހެކްޓަރު.. ތިލަފުށީގެ 9.6 ހެކްޓަރު.. ގަންނާކަށް.. 10 ހެކްޓަރު ހުޅުމާލެއިން ގަންނާކަށް ނެތޭ އެ ފުރުސަތެއް.. ދެން ރަސްމާލެއާއި އަޅާބަލާލާއިރު އަޅުގަނޑުމެން ރަސްމާލޭގެ 60 ހެކްޓަރު ރަނގަޅު… އެބޭފުޅުން ހިއްކީމަ ދޭން މިޖެހެނީ.. ހިއްކީމަ މި ދޭން ޖެހެނީ.. އޭގެ އިތުރުން އަޅުގަނޑުމެން މި ދެނީ 10 ހެކްޓަރުގެ ބިން، އެންމެ ފުރަތަމަ ފޭސްގަ. ރަސްމާލޭގެ ފުރަތަމަ ފޭސް އެއީ މިހާރު އެންމެ ފުރަތަމަ އިނީޓިއޭޓުކޮށްފައި އޮތް ފޭސްއެއް.. އެ ފޭސްގެ ފަސް ހެކްޓަރު އަދި އޭގެ އިތުރުން، އަނެއް ފަސް ހެކްޓަރު އަޅުގަނޑުމެން ދޭން މިޖެހެނީ..

ފަޒުލް ވިދާޅުވީ މީގެ ތެރޭގައި ބައި ބެކްއެއް ފުރުސަތެއް އެބައޮތްކަމަށެވެ. އެއީ 300 ރުފިޔާއަށް އަކަފޫޓަކަށް އެއްވެސް މަގެއް ނުހެދޭނަމަ އެބޭފުޅުންނާ ވާހަކަ ދައްކައިގެން ބޮޑު ނުވާނެ ގޮތުގެ މަތީން ގަތުމުގެ ފުރުސަތެއްކަން ފަޒުލް ފާޙަގަކުރެއްވި އެވެ. އަދި ދާއިމީ ފެނާއި ނަރުދަމާ ނުހިމެނޭނަމަ އެ އަގުގައި ލިބެން އެބައޮތްކަމަށާއި، އެކަންކުރި ނަމަވެސް އަކަފޫޓަކަށް 2000 ރުފިޔާގެ ރޭޓުން އަދިވެސް ގަނެވެން އެބައޮތްކަން ފަޒުލް ފާހަގަކުރެއްވި އެވެ.

ފަޒުލް ވިދާޅުވީ ހުޅުމަލެ ބިމުގެ އަގަކީ އަކަފޫޓަކަށް ފަސް ހާހަށް ވުރެ ވެސް ބޮޑު އަގެއްކަމަށާއި، އެހެން ނަމަވެސް އެގްރިމެންޓުގެ ދަށުން ބިން ގަނެވެން އެބައޮތް ކަމަށެވެ.

ރަސްމާލެ ޕްރޮޖެކްޓާ ގުޅުވައި ރައީސް ސޯލިހު ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ފަޒުލް ވިދާޅުވީ “ރާޖޫ” ނިސްބަތް ކުރަނީ ސީއެމްސީއަށްކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެމްޑީޕީ ސަރުކާރާއި، މި ސަރުކާރުގެ ތަފާތަކީ ބިންތައް ގަތުމުގެ ފުރުސަތު އެގްރިމަންޓު ލިބިފައި އޮތުންކަމަށް ފަޒުލް ވަނީ ފާހަގަކުރައްވާފަ އެވެ.

ފަޒުލް ވިދަޅުވީ މިއީ މަސައްކަތް ކުރަން އެނގުމާ، ނޭނގުމުގެ ތަފާތުކަމަށެވެ. އަދި ވިދަޅުވީ މަޝްރޫއު އޮތް ގޮތް ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާހެން ހީ ނުވާކަމަށެވެ. ފަޒުލް ވިދާޅުވީ ރައީސް ސޯލިހު އެ ވާހަކަތައް ދެއްކެވީ ސިޔާސީ ބޭނުމެއްގައިކަމަށާއި، ނިޔަތަކީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެއްދުން ކަމަށެވެ.

އެޗްޑީސީން ކުރަމުން ގެންދާ މަސައްކަތް ނޫސްވެރިންނަށް ވެސް ދައްކާލައި، އެކަން ތަފްސީލުކޮށް ދިންކަމަށް ފަޒުލް ވިދާޅުވި އެވެ. އަދި މަޖިލިިސް އިންތިހާބުގެ ބޭނުމަށް ރައްޔިތުންނަށް އޮޅުވާނުުމަށް ފަޒުލް ގޮވާލެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: