ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރު ފަޅުގެ އެއްވެސް ޕްލޭނެއް ނެތް، އެއީ ކަރުދާހެއްގައި ދަމާލާފައި އޮތް ހުސް ރޮނގެއް: ނާޒިމް

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގިރާވަރު ފަޅު މަޝްރޫއު ކަރުދާހެއްގައި ދަމާފައި ހުރި ރޮނގުތަކާ އެއްވެސް ތަފާތެއް ނެތްކަމަށާއި އެއީ ވޯޓު ހޯދަން ސަރުކާރުން އިއުލާނު ކުރި ޕްރޮޖެކްޓެއްކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓިފައިވާކަމަށް ވާހަކަތައް ދެކެވެމުން ދާތީ އެކަމަށް ސުވާލު ކުރުމުން ނާތިމް ވިދާޅުވީ އުސޫލެއްގެ ގޮތުން ބަލާއިރު އެ މަސައްކަތް އޮތީ މަޑުޖެހިފައިކަމަށް ބުނެވެން ނެތްކަމަށާއި ޕްރޮޖެކްޓު ދަނީ ކުރިޔަށް ކަމަށެވެ. އެކަމަކު ވެރިކަމާ ހަވާލުވެ މުޅި ޕްރޮޖެކްޓު ރޭވިފައި އޮތް ގޮތަށް ބެލިއިރު އެއީ ގިނަ އަދަދެއްގެ ރައްޔިތުން އާބާދު ކުރެވޭ ގޮތަށް އޮތް މަޝްރޫއުއެއްގެ ގޮތުގައި ގަބޫލު ނުކުރެވުނުކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އާދަޔާ ހިލާފަށް އެތަނަކުން ގޯތި ދީ، ތަން ވަރަށް ބޮޑަށް ތޮއްޖެހި ދިރިއުޅެން އުނދަގޫވާ ގޮތަށް އެއްވެސް ޕްލޭނެއް ނެތި ދޫކޮށްފައި އޮތްކަން ފާހަގަކުރެވުނުކަމަށް ނާޒިމް ވިދާޅުވި އެވެ.

ދެ ހާހެއް ހާ ގޯތި ދިނުމުގެ ގޮތުން، 120 ހެކްޓަރު ހިއްކުމަށް ނިންމާފައި އޮތް އިރު ސަަބެބެއް ނޭނގި އިތުރު ފަސް ހާސް ގޯއްޗާއި އެކު 49 ހެކްޓަރު އިތުރުކޮށްފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެން ނަމަވެސް ތަނޔގެ ސައިޒަށް ބަލައި ކޭޓަރ ކުރެވެން އޮތް އަދަދެއް ނޫންކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ގޯތި ގެދޮރުގެ އެތައް ތަކުލީފުތަކެއް އުފުލުމަށް ފަހު، އިތުރު އެހެން ހިޔާވަހިކަމަކަށް ބަދަލުވާ ރައްޔިތުންނަށް ދަތިތަކެއް ދިމާވެގެން ނުވާނެކަމަށެވެ. އެހެން ކަމުން އެއަށް ބަލައި ބައެއް ގޯތިތައް ބަދަލު ކުރުމަށް މަޖުބޫރުވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށް ކަމާއި ބެހޭ ފަރާތްތަކާއި އެކު ކުރެވުނު މަޝްވަރާތަކުން ހިޔާލު ލިބުނީ ބައެއް ގޯތި ގުޅިފަޅަށް ބަދަލު ކުރުމަށްކަމުގައި ނާޒިމް ވިދަޅުވި އެވެ.

ދެން އަޅުގަނޑުމެން މިހާރު އެއިނީ ގާތްގަނޑަކަށް ފަސް ހާސް ގޯތިން.. އެއިނީ ގާތްގަނޑަކަށް ދެހާސް އެއްސަތޭކަ ގޯއްޗަށް ކުޑަކުރެވިފައި.. އެއީ ކުރީ ސަރުކާރުގައި، ދެން އަޅުގަނޑު މާ ބޮޑަށް ކިޔާކަށް ވެސް ބޭނުމެއް ނޫން.. އެހެން ނަމަވެސް މިވަގުތު ކަން ދިމާވި ގޮތުން.. މެންޝަން ކުރަން ޖެހުނީމަ މިހެން މި ދަންނަވަނީ.. އެބޭފުޅުން އެތަން ޑިޒައިންކޮށްފައި އޮތީ މިސާލަކަށް ފާސް ހާސް ގޯތި އެތަނުން ދީފިކަމަށް ވަނީނަމަ އެއީ ސާޅިސް ހާހަކަށް މީހުން.. ސާޅިސް ހާހަކަށް މީހުންނަށް ކޭޓަރ ކުރެވޭ ގޮތަށް ކަންކަމެއް ނެތް އެތަނުގައި

ނާޒިމް ވިދާޅުވީ މަޝްރޫއުގެ ތެރޭގައި ރައްޔިތުންނަށް އަސާސީ ހިދުމަތް ދޭޏެ ގޮތުގެ ވެސް އެއްވެސް ޕްލޭނެއް ނެތްކަމަށެވެ. އެގޮތުން ސްކޫލުގެ ހިދުމަތްތަކާއި، ކޮމާޝަލް ހިދުމަތްތައް ލިބޭނެ ގޮތް ނެތްކަމަށް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މަޝްވަރާތައް ކުރުމަށް ފަހު ލޭންޑް ޔޫސް ޕްލޭން އެކުލަވާލެވުނުކަމަށް ނާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ ގޯތި ލިބުނު ރައްޔިތުންނަށް ބޯހިޔާވަހިމަމެއް ނުލިބި ނުދާނެކަމަށާއި، ގޯތި ބަދަލު ކުރަން ޖެހުނަސް އެކަން ކުރާނީ ޖެހިގެން އޮތް ގުޅިފަޅަށް ކަމަށެވެ. އަދި ލަސްތަކެއް އައީ ކުރީ ސަރުކާރުގެ އިހުމާލުގެ ސަބަބުންކަމަށް ވަނީ ވިދާޅުވެފަ އެވެ.

ގިރާވަރު ފަޅު އޮތީ ހަމަ ތެދަށް ދަންނަވާނަމަ، އޮތީ ގަނޑެއްގައި ފަތިގަނޑެއް އަޅައިގެން ރޮނގުތަކެއް ދަމާފައި.. އިތުރު އެއްވެސް ކަމެއް ނެތް ކުރެވިފައި.. ލޭންޑް ޔޫސް ޕްލޭނެއް.. ގަވައިދެއް ނެތް.. ހަމަ އަނގަ ބަހުން ބުނާ ވަހަކައެއް.. ގޯތިއަށް ރައްޔިތުން އެދުނީނަމަ އަނެއްކާވެސް އިތުރު ބައެއް ހިއްކީ

ނާޒިމް ވިދާޅުވީ ފަންޑު ހޯދުމުގެ އެއްވެސް ގޮތެއް މިދިޔަ ސަރުކާރުން ހޯދާފައި ނެތްކަމަށެވެ. އަދި މިއީ ހަމައެކަނި ކަރުދާހެއްގައި ކުރަހާފައި ހުރި ކުރެހުންތަކެއްކަމަށާއި އިތުރު އެއްވެސް ބަދަލެއް ފެންނަން ނެތްކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މަސައްކަތުގެ ތާރީހަށް ވެސް ބަލާއިރު މިއީ ރިޔާސީ އިންތިހާބާއި ގުޅުވައި ވޯޓު ހޯދަން ކުރިމަމެއްގެ ގޮތުގައި ނާޒިމް ވިދާޅުވި އެވެ.

މި މަޝްރޫއުގެ އެއްވެސް މައުލޫމާތެއް ދޭން ޖެހޭ ގޮތަށް ރައްޔިތުންނަށް ދީފައި ވެސް ނެތްކަމަށް ނާޒިމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: