ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީގެ މެމްބަރުކަމަށް ޒަކަރިއްޔާ އައްޔަންކުރަން މަޖިލިސް ކޮމިޓީން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ އެސްޖީގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެމްބަރުކަމަށް އެ ކޮމިޝަނުގެ ސެކޭޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަނު ކުރުމަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

އީސީއަށް ޒަކަރިއްޔާ އައްޔަނު ކުރުމަށް މަޖިލީހަށް ފޮނުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ކޮމިޝަނުގެ މަގާމަށް ހުސްވެފައި ވަނީ، އެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބްގެ ދައުރު ހަމަވުމުންނެވެ. ދެ ދައުރު ފުރިހަމަކޮށް، އީސީގައި ހޭދަ ކުރި ގިނަ އަހަރުތަކަށް ފަހު ހަބީބް ވަނީ ރިޓަޔަރ ވެސް ކުރައްވާފަ އެވެ.

ކޮމިޝަނަށް އައްޔަނު ކުރުމަށް ކޮމިޓީސް ފާސް ކުރި ޒަކަރިއްޔާ އެސްޖީގެ މަގާމާ ހަވާލުވީ 2021، ޖޫން މަހު އެވެ.

އީސީގެ މެމްބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ.

އީސީއަށް ޒަކަރިއްޔާ އައްޔަނު ކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް މުއިއްޒު ފޮނުވި އިރު، ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރުމުގައި ރައީސްގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް އިސްލާހެއް ވަނީ ހުށަހަޅާފަ އެވެ. އިސްލާހުގައި ވާގޮތުން، ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ހަމައެކަނި ދައުރަކީ މަޖިލީހުގެ ނިންމުމާއި އެއްގޮތަށް އެ ބޭފުޅަކު އައްޔަނު ކުރުމެވެ.އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ގޮތަކީ، ރައްޔިތުންގެ މަޖިލީހުން ކޮމިޝަނުގެ މެމްބަރުކަމަށް އާންމުކޮށް އިއުލާނުކޮށް އެކަމަށް ހުށަހަޅާ ބައެއްގެ ނަންތައް ދިރާސާ ކުރުމަށް މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމެވެ. އަދި ތަޅުމަށް ކޮމިޓީން ފޮނުވާ ރިޕޯޓު ތަޅުމުން ފާސްކުރުމުން އެއާއި އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ މެމްބަރުން އީސީއަށް އައްޔަނު ކުރަންވާނެކަމަށް އިސްލާހުގައި ވެއެވެ.

މަޖިލިސް އިންތިހާބުގެ ބިލުގެ މައްސަލައިގައި އީސީގެ މެމްބަރުން ހާޒިރު ކުރި ކޮމިޓީގައި އާއި، މަޖިލިސް ޖަލްސާތަކުން ވެސް އެމްޑީޕީގެ ނުރުހުން އީސީގެ މެމްބަރުންނަށް އޮތްކަން ފާހަގަކުރެވުނެވެ. އެގޮތުން އީސީގެ ރައީސް ފުއާދު ތައުފީގް ވެސް ވަނީ އޭނާ މަގާމުން ދުރުކުރުމަށާއި، ކޮމިޝަނުން ބޭރު ކުރުމަށް އެމްޑީޕީން މަސައްކަތް ކުރީ އެ ކޮމިޝަނުގެ އެހެން ދެ މެމްބަރެއްގެ އެހީގައިކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: