ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯ ސީއީއޯ ސަމާހުގެ ސަސްޕެންޝަން މުއްދަތު އިތުރުކޮށްފި

ރައްޔިތުންގެ މަޖިލިސްގެ އެސްއޯއީ ކޮމިޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީސީބީއަށް ހުށަހެޅި ޝަކުވާތަކެއްގެ ތަހުގީގަށް ސަމާހު އެންމެ ފުރަތަމަ ސަސްޕެންޑު ކުރީ މާޗު 18 ގަ އެވެ. ސަސްޕެންޑު ކުރި މުއްދަތު މިއަދަށް ހަމަވާތީ، ޕީސީބީން ނެރުނު ބަޔާނެއްގައި ބުނީ ސަމާހުގެ ސަސްޕެންޝަން މުސާރަ ލިބޭ ގޮތަށް އިތުރު 21 ދުވަހަށް އެ މުއްދަތު ދަންމާލުމަށް ނިންމާފައިވާ ކަމަށެވެ.

ޕީސީބީ އިން ބުނެފައިވަނީ އެމައްސަލަތަކުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށްޓަކައި، ”ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި، ޝަކުވާ ހުށައެޅުމާއި އަދި ފިޔަވަޅު އެޅުމާބެހޭ އުސޫލު“ ގެ 25 ވަނަ މާއްދާގރ (ށ) ގެ 1 ވަނަ ނަންބަރުގައިވާ ހާލަތަށް ރިއާޔަތްކޮށް 14 ދުވަހުގެ މުއްދަތަށް މަގާމުން އެކަހެރިކޮށްފައިވާކަމަށެވެ.

ސަމާހު ސަސްޕެންޑު ކުރީ، އޭނާއާއި ގުޅޭ ޝަކުވާތަކެއް ޕީސީބީއަށް ހުށަހަޅާފައިވާތީ އެ މައްސަލަތައް ބަލަމުން ގެންދާކަމަށް އެ ބޯޑުން ބުނެފައިވަނިކޮށެވެ. ކުންފުންޏާ ގުޅޭގޮތުން ބަލަމުން ދާ މައްސަލަތަކުގެ ތެރޭގައި، ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ މަންފާއަށް ބޭނުން ކުރުމާއި، ކުންފުނީގެ ދާއިމީ މުވައްޒަފުންތަކެއް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރު ކުރުމުގެ އިތުރުން ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި ބައެއް މުވައްޒަފުންތައް ވަޒީފާއާއި ބެހޭ ގާނޫނާއި ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ބަދަލުކޮށް އެހެން ޑިޕާޓްމަންޓުތަކަށް ބަދަލު ކުރުން ހިމެނެ އެވެ. އަދި ބައެއް މުވައްޒަފުން މަސައްކަތް ކުރާ ރަށްތައް ބަދަލު ކުރުމުގެ ޝަކުވާ ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ސަސްޕެންޝަން މައްސަލައިގައި ސަމާހު އާއި ޕީސީބީ ހާޒިރު ކޮމިޓީގައި އޭނާ ވަނީ ޕީސީބީގެ އިންކުއަރީއަށް ހޯދަން އެދުނު މައުލޫމާތުގެ އިތުރުން މައްސަލައާއި ގުޅޭ ބައެއް އެހެން ހަގީގަތްތައްވެސް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި މިފްކޯއަކީ ގެއްލުމުގައި ހިނގާ ކުންފުންޏެއްގެ ގޮތުގައި އޮންނީ މަހުގައި ހިސްޓަމިން ގިނަކަމަށް ބުނެ ރިޖެކްޓުކުރުމަށްފަހު އެތަކެތި ވިއްކައިގެން ބަޔަކު މީހުން މަންފާއެއް ހާސިލުކުރާތީކަމަށް ބެލެވޭކަމަށެވެ.

ސަމާހު ވިދާޅުވީ، އެގޮތުގެ މަތިން އެކްސްޕޯޓުކުރާ ފްރޯޒެން ޓޫނާ ޝިޕްމެންޓު ރާއްޖެއިން ލޯޑުކޮށްގެން ތައިލެންޑާއި ހިސާބަށް ދާއިރު ޝޯޓް ލޭންޑިންގް ގެ ގޮތުގައި އެތައް ސަތޭކަ ޓަނެއް ގަސްތުގައި މަދުކުރާކަމަށާއި އެކަމުންވެސް ނުހައްގު ފައިދާތަކެއް ނަގަމުންދާކަމަށެވެ. އަދި އޭނާއަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ކުރިމަތިވެފައިވަނީ އެ “މާސިންގާ ވަގު ވިޔަފާރި” ހުއްޓުމަކަށް ގެނެސް ދާއިމީ ހައްލެއް ގެނައުމަށް ކުރި  މަސައްކަތްތަކާއި ދެކޮޅަށް މިފްކޯގެ ތެރެއިން ނުފޫޒުގަދަ ބަޔަކު މަސައްކަތްތައް ކުރަމުންދާތީކަމަށެވެ.

އޭނާ ވިދާޅުޥީ، މިފްކޯގެ ސީއިއޯކަމާއި ހަވާލުވި އްިރު މަސްވެރިންނަށް ފައިސާދިނުމުގެ މަސައްކަތްތަކުގެ އިތުރުން މިފްކޯގެ މަސައްކަތްތަކުގައިވެސް ބޮޑެތި އިހުމާލުތައް ވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، މިފްކޯގެ މަސްކާރުހާނާތަކުގެ މަސައްކަތްތައް ނުކުރެވިހުރިއިރު ކަލެކްޓަރ ވެސަލްތައް ޑޮކު ނުކޮށް ބެހެއްޓުމުގެ ސަބަބުން އިންޖީނުތައް އޯވާހޯލްކުރުމުގެ މަސައްކަތްތައް ހުރީ ނުކުރެވިފައިކަމަށާއި ޖުމުލަގޮތެއްގައި ކުންފުނި އޮތީ ހުއްޓިފައިކަމަށެވެ.

ސަމާހު ވިދާޅުވީ، ބޯޓުތަކުގެ ތެލާއި ސަޕްލައި އަދި ސްޕެއަރ ޕާޓްސްއިންވެސް ބޮޑެތި ވައްކަންތައް ކޮށްފައިވާކަމަށާއި އެ އަމަލުތައް ހިންގާފައިވަނީ ތަނެއް ދޮރެއް ބެލުމެއް ނެތިކަމަށެވެ. އޭނާ ވިދާޅުވީ، އެ ވައްކަންތައް ކުރަމުންދާއިރު ކުންފުނީގެ އިންޓާރނަލް އޮޑިޓަރު ވީތަނެއް ނޭނގޭކަމަށާއި އޭކަންކަމާއި ގުޅިގެން ކޮށްފައިވާ މަސައްކަތެއްވެސް ނޭނގޭކަމަށް ވިދާޅުވިއެވެ.

ސަމާހު ވިދާޅުވީ އޭނާ ހަވާލުވެވަޑައިގެންނެވިފަހުން މި ސަރުކާރުން ކޮށްފައިވާ ބުރަ މަސައްކަތްތައް މެދުވެރިކޮށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ރޯދަމަހުގެ ނިޔަލަށް ދެވިފައިވާކަމަށެވެ. އަދި ކުންފުނީގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން ބައްޓަންކޮށް އެވަގުތެއްގައި ގެންނަން ޖެހޭ ބަދަލެއް ކުންފުނީގެ ބޯޑާއި މަޝްވަރާކޮށް، ބޯޑުގެ ނިންމުމާއި އެއްގޮތަށް ތަންފީޒުކުރަން މިހާރު ފެށިފައިވާކަމަށާއި އެހެންކަމުން ޕީސީބީއިން އޭނާ ގަވައިދާއި ހިލާފަށް ސަސްޕެންޑުކުރި މައްސަލަ އަނބުރާ ގެންދިއުމަށް އެންގުމަށް އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: