ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ ޝަކުވާ؛ އެހެން ކެންޑިޑޭޓެއް ނުދެއްކި ނަމަ، ސުޕްރީމް ކޯޓުން މަޖުބޫރުން ވާދަކުރަން ފުރުސަތު ދިނީސް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ އެޖެންޑާއެއް އިސްކޮށް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް ބޭނުންވީ އެމަނިކުފާނު ޖަލުގައި ބާއްވައި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައުމަށްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބަށް ޕާޓީތަކުގެ ކެމްޕެއިން ފޯރިއާއި އެކު ކުރިޔަށް ދާއިރު، ރައީސް ޔާމީންގެ ތާއީދުގައި ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ ކެންޑިޑޭޓުން ނިކުންނަނީ އަމިއްލަ ގޮތުންނެވެ. ސިލްސިލާކޮށް ޕާޓީ އޮފީހުގައި ބާއްވާ ޖަލްސާތަކުގައި ރައީސް ޔާމީން ގެންދަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރުގެ އިހުލާސްތެރިކަމާއި މެދު ސުވާލު އުފެއްދުމާއި، ކޮރަޕްޝަންގެ ތުހުމަތުތައް ކުރައްވައި ރައީސް ޔާމީން ވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ ހާލަތްތަކެއް ވެސް އަތުވެދާނެކަމަށް ވިދާޅުވެފަ އެވެ.

ރޭ އޮތް ޖަލްސާގައި ރައީސް ޔާމީން ވަރަށް ގިނަ ކަންކަމާއި ގުޅުވައި ރައީސް މުއިއްޒަށް ފާޑުވިދާޅުވި އެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމީ އެގޮތަށް ޕާޓީގެ އިސް ބޭފުޅުން ބޭނުންވާތީކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް، ކޮންގްރެސް ކޯލިޝަން ލީޑާޝިޕް ބޭނުންވީ އެމަނިކުފާނު ޖަލުގައި އޮންނަން ކަމަށެވެ. ޕީއެންސީގެ ޗެއާޕާސަން، އަދި ރައީސް މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމްގެ ނަން ވިދާޅުވުމަށް ފަހު އެމަނިކުފާނު ވަނީ އޭނާ ދައްކަވާ ވާހަކައިގައި ހަގީގަތެއް ނެތްކަމަށް ވިދާޅުވެފަ އެވެ.

ޕީޕީއެމް/ޕީއެންސީ މަގުމަތި ކުރުމަށް މަސައްކަތް ކުރެއްވީ، ރައީސް ޔާމީންކަމަށް އަބްދުއްރަހީމަށް ހަވާލާ ދީ މީޑިއާތަކުން ފެނިފައިވާކަމަށާއި ކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ސާފުވާން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުރިޔަށް، އެމަނިކުފާނު ނޫން އެހެން ކެންޑިޑޭޓެއް އަބްދުއްރަހީމް އިސްވެ ހުންނަވައި ދެއްކެވި ކަމަށެވެ. އަދި ކެންޑިޑެސީ ފައިލް ވެސް ކުރިއިރު، އެކަން އެގޮތަށް ނުކުރެއްވި ނަމަ ސުޕްރީމް ކޯޓު މެދުވެރިކޮށް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެވުނީސްކަމަށް ރައީސް ޔަމީން ވިދާޅުވި އެވެ.

އަޅުގަނޑުގެ މައްސަލަ، އަޅުގަނޑަށް ކުރިމަތި ނުލެވޭ ގޮތަށް ކޯޓުން ނިންމުމުގެ ކުރިން ޕީޕީއެމް، ޕީއެންސީން… ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކު ހުންނާނީ ދައްކާފައި.. އެހެންވީމާ ކޮން ވާހަކައެއް މި ދައްކަނީ..

ރައީސް ޔާމީން ވިދާޅުވީ، އެހެން ކެންޑިޑޭޓެއްގެ ވާހަކަ ނުދެއްކެވީ ސުޕްރީމް ކޯޓުގެ ނިންމުން މާ ފަސޭހައިން ނިމިގެން ދާނެކަން އަންދާޒާ ކުރެވޭތީ ކަމަށެވެ. އަދި އެމަނިކުފާނަކީ ސިޔާސީ މީހަކަށްވެފައި، ކުރިޔަށް ވާނެ ގޮތަކާއި މެދު އަބަދުވެސް ވިސްނާކަމަށް ވިދާޅުވި އެވެ. އެހެންކަމުން ސުޕްރީމް ކޯޓުން އިންތިހާބުގެ ފުރުސަތު ގެއްލިދާނެ ތީ އެހެން ކެންޑިޑޭޓެއްގެ ވާހަކަ ނުދެއްކެވީކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ޕާޓީ ލީޑަރުން ވެސް ގޮވަމުން ދިޔައީ، ރައީސް ޔާމީން ނެތި އިންތިހާބެއް ނޯންނާނެކަމުގެ ވާހަކަތައް ކަމަށެވެ. އަދި ބޮއިކޮޓު ކުރާނެކަން ވެސް ސާފުކޮށް ބުނަމުން ދިޔަކަމަށެވެ. އެކަމަކު އެބޭފުޅުންގެ ރާގު ވަކި ހިސާބަކުން ބަދަލުވީ ކީއްވެގެން ތޯ ސުވާލު ކުރެއްވި އެވެ.

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ ވެރިކަމަށް އައުމަށް ބޭނުންވާ ބަޔަކު ތިބުމުގައި މައްސަލައެއް ނެތްކަމަށާއި، ގޯހީ އެމަނިކުފާނު ޖަލުގައި ބާއްވައިގެން އެކަން ކުރަން އުޅުންކަމަށެވެ.

ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓުން އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވޭނެ މަގު ހޯދައިދެވެން އޮތްކަމަށެވެ.

ވަރަށް ގަދަ
15%ވަރަށް ގަދަ 31%ވަރަށް ގަޔާވޭ 54%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ﷲ މިންވަރު ކުރެއްވި ގޮތަށް ޝުކުރުވެރިވެލައްވާ ރައީސް ޔާމީން، ތިހެން ނޫޅުއްވާ، ވެރިކަން އެއީ ﷲ އިރާދަ ކުރެއްވި އަޅަކަށް އެކަލާންގެ ދެއްވާ ނިޢްމަތެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: