ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓު ކޮމިޓީއަށް އިތުރު ތިން މެމްބަރުން، ޗެއާއަކަށް އީނާސް!

ހައުސިން ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގައި މައްސަލަތައް ހުރުމުގެ ސަބަބުން ޝަކުވާތައް ލަފާ ދިނުމާށް ނެގި ފްލެޓު ކޮމިޓީއަށް އިތުރު ތިން މެމްބަރުން ހަމަޖައްސައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓްރާނިޝަނަލް މުއްދަތުގައި އާންމު ކުރި ފްލެޓު ލިސްޓަށް ގިނަ ބަޔަކު ދެކޮޅު ހަދައި ހައުސިން މިނިސްޓްރީގައި މުޒާހަރާ ކުރި އެވެ. އޭރު އެންމެ ބޮޑަށް ސުވާލު އުފެދުނީ ފްލެޓަށް ޕޮއިންޓު ދީފައިވާ އުސޫލާ މެދު އެވެ.

ގިނަ ބައެއްގެ ކަންބޮޑުވުން ހުރި މި މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަދެ ހިންގި ތަހުގީގަށް ފަހު ބުނެފައި ވަނީ ލިސްޓުގައި ނަން ހިމެނޭ ގިނަ މީހުންނަކީ އޮންނަ އުސޫލުން ފްލެޓު ލިބުނު މީހުން ނޫން ކަމަށެވެ. އޭގެ ފަހުން އެ ކޮމިޝަނުން ހައުސިންއަށް އެއްވެސް މައްސަލައެއް ނެތްކަމަށް ބުނާ ލިސްޓެއް ފޮނުވި މައްސަލަ ވެސް ވަނީ ގޯސްވެފަ އެވެ. އެހެންވެ އެ މައްސަލަތައް ބެލުމަށް ފްލެޓު ކޮމިޓީއެއް އުފެއްދުމަށް ސަރުކާރުން ނިންމީ އެވެ.

ހައުސިންގެ ޝަކުވާތައް ރަނގަޅު ގޮތުގައި ބަލައި، އިންސާފުވެރިކަމާއި އެކު ގޮތް ނިންމުމަށް ކޮމިޓީއެއް އުފެއްދުމަށް ނިންމަވާފައިވާކަން ހާމަކޮށް ރައީސް ޑރ. މުހައްމަދު ވިދާޅުވީ ބޭނުން ވަނީ ވީހާވެސް ރަނގަޅަށް ޝަކުވާތައް ބެލުމަށް ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު ނެގި އެ ކޮމިޓީގެ ޗެއާއަކަށް އައްޔަނު ކުރީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަނީސާ އަހުމަދެވެ. އެކަމަކު ބައެއް އަމިއްލަ ސަބަބުތަކާ ހުރެ އަނީސާ ވަނީ ކޮމިޓީން އިސްތިއުފާ ދެއްވާފަ އެވެ.

ކޮމިޓީއަށް އިތުރު ތިން މެމްބަރުން ނަގައި، އެކަމުގެ މައުލޫމާތު ހިއްސާކޮށް ހައުސިން މިނިސްޓްރީން ބުނީ ރައީސް މުއިއްޒުގެ ލަފާގެ މަތީން އަލަށް ކޮމިޓީއަށް އައްޔަނު ކުރީ މައުރޫފް ޖަމީލާއި، ފާތުމަތި ސައީދުގެ އިތުރުން އާމިނަތު ޝާއިރާ ކަމަށެވެ.

އަލަށް އައި މެމްބަރުންނާއި އެކު ކޮމިޓީގެ ޖުމްލަ މިހާރު 7 އަށް އަރަ އެވެ.

އަނީސާ އިސްތިއުފާ ދެއްވުމުން، ކޮމިޓީގެ ޗެއާއަކަށް މިހާރު ހަމަޖައްސާފައި ވަނީ އެޗްއާރުސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސްއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: