ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުލާސްތެރިކަމެއް ނެތް، އަޅުގަނޑު މިނިވަން ކުރަން ރައީސް މުއިއްޒު އެއްވެސް މަސައްކަތެއް ނުކުރޭ: ޔާމީން

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންވުމުން އެމަނިކުފާނަށް މަރުހަބާ ކިއުމަށް ކާނިވާގައި ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތްކަމަށާއި، އެމަނިކުފާނު މިނިވަން ކުރުމަށް ސަރުކާރުން ކުރާ އެއްވެސް މަސައްކަތެއް ނެތްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މީގެކުރިން ވެސް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހުގައި ބޭއްވި ޖަލްސާތަކުގައި ރައީސް ޔާމިން ވަނީ، ސަރުކާރުން އެމަނިކުފާނަށް އިންސާފު ހޯދައިދޭން މަސައްކަތް ނުކުރާކަމަށް ވިދާޅުވެފަ އެވެ. ހައިކޯޓުގައި މައްސަލަ ތާށިވެފައި އޮތީ ރައީސް ޔާމީން ތުހުމަތު ކުރައްވާ ގޮތުގައި، ރައީސް މުއިއްޒާއި ޕާޓީގެ ލީޑާޝިޕް އެގޮތަށް ބޭނުންވާތީ އެވެ.

ރައީސް ޔާމީން މިނިވަން ކުރައްވާނީ ކޮން ދުވަހަކު ތޯއާއި، އެ މަސައްކަތް ލަސްވަނީ ކީއްވެގެން ތޯ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މީޑިއާތަކުން ވެސް ސުވާލު ކުރެ އެވެ. އެކަމަކު އެދެވޭ ޖަވާބެއް ނުލިބެ އެވެ.

ޕީޕީއެމް ދޫކުރައްވައި، އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ އަމާޒަކީ ޕީޕަންސް ނެޝަނަލް ފްރަންޓްގެ އެންޑޯސްމަންޓުގައި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުން ވާދަކުރުމެވެ. އެކަމަށް ހާއްސަކޮށް ބާއްވާ ބައްދަލުވުންތަކުގައި، ރައީސް ޔާމީން ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަށް ފާޑުވިދާޅުވަމުންނެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ތަކުރާރުކޮށް، ޝަރުއީ ނިޒާމަށް އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދާތީ އެކަމުގެ ރައްދުގައި ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަދުލު އިންސާފާއި، ހިންގުމުގެ ދާއިރާއަށް އެއްވެސް ވަރަކަށް ބާރު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އަދުލު އިންސާފުގެ ދާއިރާއަކީ، ރައީސުލްޖުމްހޫރިއްޔާއާއި މުޅިން ވަކިކޮށްފައިވާ ދާއިރާއެއްކަމަށާއި އެކަމަކު އެކަމުގެ ތެރެއަށް ނުފޫޒު ނުފޯރުވާނެކަމަށް ސަރުކާރުން ބުނަމުން ގެންދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާތީކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މިއަދު ވެސް ކެމްޕެއިން ބައްދަލުވުންތަކުގައި ރައީސް މުއިއްޒާ ރައްޔިތުން ސުވާލު ކުރަނީ އެމަނިކުފާނު މިނިވަން ނުވެ ހުރި ސަބަބާ ގުޅޭގޮތުން ކަމަށެވެ. ޖަވާބުގައި މިނިވަން ކުރުމަށް ވަރަށް މަސައްކަތް ކުރާކަމަށް ރައީސް ޔާމީން ވިދާޅުވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މުއިއްޒު ކުރައްވާ މަސައްކަތެއް ނޯންނާނެ އަޅުގަނޑު މިނިވަން ކުރާކަށް.. އަޅުގަނޑަށް އެނގިފައި އޮތް ގޮތުންކަމަށް ވާނަމަ، ސަރުކާރުގެ މަތީ ފަންތިން.. އަތް ބާނައިގެން.. އަޅުގަނޑުގެ ޝަރީަތް މިހާތަނަށް ވެސް ލަސްކުރީ…

ރައީސް ޔާމީން ވިދާޅުވީ ތަކުރާރުކޮށް، ޝަރުއީ ނިޒާމާއި ގުޅޭގޮތުން ސަރުކާރުން ވާހަކަ ދައްކާނެ ސަބަބެއް ވެސް އޮންނާނެކަމަށާއި އެކަމުން ރައްޔިތުން ދެނެގަންނަން ޖެހޭ މެސެޖެއް ވެސް ވާނެކަމަށެވެ.

ފެހި ގާނޫނުއަސާސީ އެކުލަވާލި އެންމެ ބޮޑު ސަބަބަކީ، މަސްއޫލިއްޔަތިތުތަކާއި ހަވާލުވާނީ ކަމަށް ގާބިލު އެކަށޭނެ މީހުންނަށް ހެދުންކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުން ވެސް ވާން ޖެހެނީ އަދުލުވެރި ބަޔަކަށް ކަމަށެވެ. އާންމު ފަރުދުންގެ ފުށުން ފެންނަ ނޭދެވޭ ކަމެއްގެ މައްޗަށް ފުލުހުންނަށް ތަހުގީގެއް ހިންގޭނަމަ، ފަނޑިޔާރުންގެ ތެރޭގައި ހިނގާ އަމަލުތަކުގެ ތަހުގީގެއް ނުހިންގެންވީ ސަބަބެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީއެންއެފްގެ އޮފީހުގައި ރައީސް ޔާމީން ބައްދަލުވުންތައް ބާއްވާއިރު، އަދިވެސް ހުންނެވީ ޝަރުއީ ހުކުމެއްގެ ގޭ ބަންދުގަ އެވެ. ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާތީ ކަރެކްޝަނަލް ސާވިސްއިން ތަކުރާރުކޮށް އެމަނިކުފާނަށް އިންޒާރު ދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: