ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ދައުރުގައި ކުންފުނިތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ވަނީ ދަރަނިވެރި ކުރުވާފައި: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ފަސް އަހަރު ނިމިގެން ދިޔައިރު، ސަރުކާރު ހިއްސާވާ ކުންފުނިތަށް ވަރަށް ބޮޑަށް ސިޔާސީކޮށް ދަރަނިވެރި ކުރުވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ރައީސް މުއިއްޒު އެންމެ ގިނައިން ދައްކަވަމުން ގެންދަވާ ވާހަކައަކީ ވާރުތަވެގެން އައީ 120 ބިލިއަން ރުފިޔާގެ ދަރަންޏެވެ. އެތެރޭގެ ދަރަނި ވެސް އިންތިހާއަށް އިތުރު އިރު ރައީސް ވިދާޅުވީ ކުންފުނިތަކުން ރައްޔިތުން ލައްވައި މަސައްކަތް ކުރުވުމަށް ފަހު ނުދީ ހުރި ފައިސާގެ އަދަދު އެކަނި ވެސް 09 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.

ބައެއް ކުންފުނިތަކުގެ ވެރިން ވަނީ މަގާމާ ހަވާލުވުމަށް ފަހު، ހާލަތު ގޯސްކަމަށާއި ދަރަނީގެ އަދަދުތައް އަންދާޒާ ކުރެވުނު މިންވަރަށް ވުރެ އިތުރުކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ފެނަކަ ކުންފުނި ފާހަގަކުރެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިލްސިލާކޮށް ގެނެސްދޭ ”ރައީސްގެ ޖަވާބު“ ސެގްމެންޓުގައި އާންމުންގެ މީހަކު ސުވާލުކޮށްފައި ވަނީ ދަރަނި ރީސްޓަރްކްޗާ ކުރުމާ ގުޅޭގޮތުން ގެންގުޅުއްވާ ޕްލޭންއާ ގުޅޭގޮތުންނެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ހުރީ، މިދިޔަ ފަސް އަހަރުގެ ތެރޭގައި އުސޫލުން ބޭރުން ބޭންކޮށް ސިޔާސީ ބޭނުމަށް ހިދުމަތްތައް ހޯދައި، ހިދުމަތް ދީފައިކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ދެތިން ކުންފުނި ފިޔަވައި އެހެން ކުންފުނިތަކުގެ ހާލަތު ހުރީ ގޯސްކޮށް ކަމަށެވެ. އަދި ބައެއް ކުންފުނިތައް ހުރީ ބަނގުރޫޓުވާ ހާލަތުގައިކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތައް ހުރީ ވަރަށް ބޮޑަށް މިސް ޔޫސްކޮށްފަ މިދިޔަ ދައުރު ނިމުނު އިރުގަ.. ކުންފުނިތަކުގެ އޮންނަ އުސޫލާ ހިލާފަށް، ކުންފުނިތަކުގެ… ބޭނުން ސިޔާސީ ގޮތުން ކުރުމުގެ ސަބަބުން ކުންފުނިތައް އޮތީ ހަލާކުގެ ތެރޭގައި.. ވަރަށް ގިނަ ކުންފުނިތައް ބަނގުރޫޓުވުމާ ހަމައަށް ގޮސްފަ އޮތީ… ބޮޑެތި ދެތިން ކުންފުނި ފިޔަވައި، ފައިދާވާ އެއްވެސް ކުންފުންޏެއް ނެތި.. އޮތީ…

ރައީސް ވިދާޅުވީ ކުންފުނިތަކުގެ އެތެރޭގެ ހާލަތު ރަނގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުންކަމަށާއި، އެކި ބޭންކުތަކާ ވާހަކަ ދައްކައި ދަރަނިތަކަށް ރަނގަޅު ބަދަލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ކުންފުނިތަކުން އާންމުންނަށް ދޭން ޖެހޭ ފައިސާ ވެސް ރޭވިގެން ދެވޭނެ ގޮތް ހަމަޖައްސަވާނެކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ، ގޯސް ހިސާބެއްގައިކަމަށްވުމާއި އެކު ކުރަން ޖެހޭ މަސައްކަތް ގިނަކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: