ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް ދޫކޮށް ވަޑައިގެންނެވި ބޭފުޅުންނަށް ޕާޓީގެ ކަންކަން ނޭނގޭނެ: ހީނާ

ޕީޕީއެމް ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ތަރުޖަމާން ހީނާ ވަލީދު: ފޮޓޯ - ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންގްރެސް ކޯލިޝަން ދޫކޮށް ދިޔަ ބޭފުޅުންނަށް ޕާޓީގެ އެތެރޭ ކަންކަން ނޭނގޭނެކަމަށް މަޖިލިސް އިންތިހާބުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިންތައް ކުރިޔަށް ދާއިރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންގްރެސް ކޯލިޝަނަށް އަމާޒުވި ސުވާލަކީ ޕީއެންސީގެ ޓިކެޓު އޮތް ކެންޑިޑޭޓުން ދޫކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެހެން ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ކީއްވެގެން ތޯ އެވެ. އަދި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ކެންޑިޑޭޓުން ނެރެފައި ނުވާ ސަބަބު ސާފުކޮށް ދޭން ވެސް ބައެއް ނޫސްވެރިން އެދުނެވެ.

ނޫސްވެރިންގެ ސުވާލުގައި ވަނީ އެ ޝަކުވާ އެންމެ ބޮޑަށް ކުރައްވަމުން ގެންދަވަނީ، އެ ޕާޓީގެ ކުރީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަން ފާހަގަކޮށްފަ އެވެ. މިއީ ޕީޕީއެމްގެ އަޑު ކަނޑުވާލުންކަމަށް ރައީސް ޔާމީން ސިފަ ކުރައްވާތީ އެކަމުގެ ރައްދަކީ ކޮބައިތޯ ސުވާލު ކުރުމުން ހީނާ ވިދާޅުވީ ޕީއެންސީއަކީ މިވަގުތު ރާއްޖޭގެ ވެރިކަން ކުރާ ޕާޓީކަމަށެވެ. އަދި ވިދާޅުވީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ނެރެން ނިންމީ ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕް އެއްކޮށް ކުރެވުނު މަޝްވަރާތަކަށް ކަމަށެވެ.

ހީނާ ވިދާޅުވީ އެއްގޮތަކަށް ވެސް ޕީޕީއެމް ނަގައި އެއްލާލީއެއް ނޫންކަމަށާއި، ޕީޕީއެމްގެ ވެސް ލީޑަރަކީ މިވަގުތު ރައީސް މުއިއްޒު ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ ދެ ޕާޓީގައި ވެސް ތިބީ އެއް ބައެއްކަމަށް ހީނާ ވިދާޅުވި އެވެ. އެހެންކަމުން ކޮންމެ މަަސައްކަތެއް ވެސް ކުރިޔަށް ދާނީ، ހީނާ ވިދާޅުވި ގޮތުގައި ދެ ޕާޓީގެ ވެސް ލީޑަރުންގެ މަޝްވަރާގެ މަތީން ނިންމާ ނިންމުމެއްގެ މައްޗަށެވެ/

ޕާޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ޔާމީން ސުވާލު އުފައްދާތީ އެކަމަށް ހީނާ ވިދާޅުވީ ޕީޕީއެމާއި ޕީއެންސީގެ އެތެރޭގެ މަސައްކަތް ކުރިޔަށް ދާނެ ގޮތް އެނގިވަޑައިގަންނަވާނީ އެ ކޯލިޝަންގެ މެމްބަރުންނަށް ކަމަށެވެ.

ޕީޕީއެމްގެ ކަންތައް ކުރިއަށްދާ ގޮތް.. ޕީއެންސީގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް… އެނގިވަޑައިގަންނަވާނީ އަޅުގަނޑުމެންނަށް…. ދުރުގައި ތިއްބަވާ ބޭފުޅުންނަކަށް މަސައްކަތްތައް ކުރިއަށް ދާ ގޮތެއް އެނގިވަޑައެއް ނުގަންނަވާނެ…. އަދި ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ބޭފުޅުންނަކަށް ވެސް މިވަގުތު ޕާޓީގެ ކަންކަން ދާގޮތެއް އެނގިވަޑައިނުގަންނަވާނެ…

ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕާއި، ރައީސް މުއިއްޒު ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ރައީސް ޔާމީން އެ ޕާޓީ ދުކުރެއްވީ ވެރިކަމުގެ ދައުރު ފެށުނުތާ މާ ގިނަ ދުވަހެއް ނުވެ އެވެ. އޭގެ ކުރިން ވެސް މައްސަލަ ގޯސްވެފައި އޮތް އިރު، ރައީސް ޔާމީން ކުރައްވާ ތުހުމަތަކީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ޕީޕީއެމްގެ ކުލަ ފޮހެލުމަށް ކަމަށެވެ. އަދި އެމަނިކުފާނު ވެސް އިސްވެ ހުންނަވައި އުފެއްދެވި ޕީއެންސީއަކީ ކުޑަ ޕާޓީއެއްކަމަށް ސިފަ ކުރައްވައި ވާހަކަ ދެއްކެވި އެވެ.

އިންތިހާބުގެ ކެމްޕެއިނަށް ވެސް ޕީޕީއެމްގެ ކުލަ ބޭނުން ނުކުރާކަމަށާއި، ބެނާތަކުގައި ވެސް ދެ ޕާޓީގެ ލޯގޯ ހުރި ނަމަވެސް ރައީސް ޔާމީން ތުހުމަތު ކުރައްވާ ގޮތުން އިސްކަން ދެނީ ޕީއެންސީއަށެވެ. އެކަމަކު އެމަނިކުފާނު އެ ވާހަކަތައް ދައްކަވާތީ މިހާރު ޕީޕިއެމް ކުލަ ކޮންމެވެސް ވަރަކަށް ފެންނަކަމަށް ވިދާޅުވި އެވެ. އެކަމާ ގުޅޭގޮތުން ހީނާއާއި ސުވާލު ކުރުމުން ވިދާޅުވީ ދުރުގައި ތިއްބަވާ ބަޔަކަށް މަސައްކަތް ދާގޮތް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: