ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ ބަދަލު ކުރުމުން، ގޮނޑި ގެއްލޭ ގޮތަށް ގެނައި އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލު ކުރުމުން، ގޮނޑި ގެއްލޭ ގޮތަށް ގެނައި އެންޓި ޑިފެކްޝަން ގާނޫނު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބާރަށު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅި މި ބިލަށް ގިނަ އިސްލާހުތަކެއް އެ މަސަައްކަތަށް އެކުލަވާލި ކޮމިޓީން ގެނަ އެވެ. މެމްބަރުން ޕާޓީ ބަދަލު ކުރުމުން ގޮންޑި ގެއްލޭ ގާނޫނެއް ގެނައުމަށް 33 މެމްބަރަކު ވޯޓު ދިން އިރު، ދެކޮޅަށް ވޯޓު ދީފައި ވަނީ 06 މެމްބަރުންނެވެ.

އެމްޑީޕީގެ ހަތް މެމްބަރުން ހިމެނޭ ގޮތަށް ނެގި ކޮމިޓީން ބިލަށް ގެނައި އެންމެ ބޮޑު ބަދަލަކީ ގޮނޑި ގެއްލޭނެކަމަށް ގާނޫނުގައި ބުނި ނަމަވެސް އެ މެމްބަރަކު އަމިއްލައިން އިސްތިއުފާ ދޭން ޖެހޭނެކަމަށް ބަޔާން ކުރުމެވެ. އަދި އެ މެމްބަރަކު ހަތް ދުވަހުގެ ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެކަމަށް ބަޔާންކޮށްފައި ވަނީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވެ އެހެން ޕާޓީއަކަށް ބަދަލުވާ ހާލަތުގައި އާއި، އެހެން ޕާޓީއެއްގައި ދަފްތަރުވުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވާ ހާލަތެއްގަ އެވެ.

މި ގޮތަށް ބިލު ބަދަލުކޮށްފައި ވަނީ ރިކޯލް ވޯޓެއް ނަގާނަމަ ބައި- އިލެކްޝަންތަކަށް ދާ ހޭދަ އިތުރުވާނެތީ އެއީ ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭނެ ކަމެއް ކަމަށްވާތީ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

ސަންގު ޓީވީއަށް ދެއްވި ހައްސަ އިންޓަރވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިންތިހާބީ މަގާމުތަކަށް ހޮވޭ ސިޔާސީ ޕާޓީތައް ދޫކުރުމުން، ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި ބިލަށް ތާއީދު ކުރާކަމަށާއި ޕާޓީއެއްގެ ސިޔާސަތުތަކެއް ވިއްކައިގެން މަގާމަށް އައުމަށް ފަހު އެހެން ފިކުރަކާ ގުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

ރައީސް ވިދާޅުވީ ގިނަ ފަހަރަށް މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރާ މަގުބޫލު ސަބަބުތައް ހުންނަކަމަށެވެ. މިސާލެއްގެ ގޮތުގައި އެމްޑީޕީގެ އެތެރޭގެ އުސޫލުތައް ގަބޫލު ނުކުރެވޭތީ ސަރުކާރާ ގުޅުނު 13 މެމްބަރުން ފާހަގަކޮށް އެމަނިކުފާނު ވިދާޅުވީ އެރޭގެ ޖަލްސާގައި ވެސް އެކަން އެނގިގެން ދިޔަކަމަށެވެ.

އެކަމަކު އުސޫލެއްގެ ގޮތުން ބަލާއިރު، ޕާޓީގެ ސިޔާސަތުތަކެއް ވިއްކައިގެން އިންތިހާބީ މަގާމަށް އައުމަށް ފަހު ދެމި ހުރުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތްކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ސިޔާސީ ޕާޓީގެ އެތެރޭގެ ޕްރައިމެރީގައި ވާދަކޮށް، ލިބޭ ޓިކެޓުގައި މަގާމަށް އިންތިހާބު ވެގެން އަންނަނީ ޕާޓީގެ ޕޮލިސީތައް ވިއްކައިގެން ކަމަށެވެ. އެކަމަކު އޭރު ގަބޫލު ކުރި އަސާސްތައް ދޫކޮށްލުމަށް ފަހު އެހެން ފިކުރަކާ ގުޅުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެންޓި ޑިފެކްޝަން ގާނޫނަކަށް މީގެ ކުރިންވެސް އަމަލުކުރި އެވެ. އެ ގާނޫނުގައިވާ ގޮތުން މެމްބަރަކު ޕާޓީ ބަލަދުކޮށްފިނަމަ ވަގުތުން އޭނާގެ ގޮނޑި ގެއްލޭނެ އެވެ. ނަމަވެސް, 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ނާކާމިޔާބީއަށް ފަހު މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ޕާޓީތަކަށް ލިބި އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ފާސް ކުރި އެވެ. އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސް ކުރި ކުރުން ތަސްދީގު ކުރެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: