ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ ބަދަލު ކުރުމުން ޑަބްލިއުޑީސީގެ ގޮނޑި ވެސް ގެއްލޭތީ ބޮންޑޭގެ ނުރުހުން!

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ މަގާމެއްގައި ހުރެ ދައުރުގެ މެދުތެރެއިން، އެ ގޮނޑި ކާމިޔާބު ކުރި ޕާޓީ ނޫން އެހެން ސިޔާސީ ފިކުރަކަށް ބަދަލުވާނަމަ ގޮނޑި ގެއްލޭ ދާއިރާތަކުގެ ތެރޭގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ހިމަނާފައި ވާތީ އެކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ފާޑުވިދާޅުވެއްޖެ އެވެ.

ދައުރުގެ މެދުތެރެއިން ގޮނޑި ބަދަލުކޮށްފި ނަމަ އިންތިހާބީ މަގާމު ގެއްލޭ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ބަހުސް ފެށިއިރު އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި، ކައުންސިލްތަކާއި ޑަބްލިއުޑީސީ ހިމެނެ އެވެ.

ބަހުސްގެ މަރުހަލާގައި ރަޝީދު ވިދާޅުވީ އެންޓި ޑިފެކްޝަނަށް މީގެ ކުރިން އަމަލު ކުރަމުން ދަނިކޮށް އެ ބިލު އުވާލީ އެމްޑީޕީ ކަމަށެވެ. އޭގެ ފަހުން އަނެއްކާވެސް އެމްޑީޕީން އަނެއްކާވެސް ބިލު ހުށަހެޅިއިރު ރަޝީދު ވިދާޅުވީ ސިޔާސީ ފިކުރެއްގައި އެ މީހަކު ހުންނައިރު ދިމާވާ ހާލަތްތަކާއި އަދި އެ ބައެއްގެ ވިސްނުމާއި ފިކުރު ގަބޫލު ނުކުރެވޭތީ އެހެން ގޮތެއް ހޯދަން މަޖުބޫރުވާ ފަހަރުތައް ދިމާވާ ކަމަށެވެ.

ރަޝީދު ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި އެހާހިސާބުން ކަން ކުރާ އުސޫލަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށެވެ. ސިޔާސީ ފިކުރަކަށް ވުރެ ބޮޑަށް މަޖިލީހަށް އެ މެމްބަރަކު އިންތިހާބު ކުރަނީ ދާއިރާގެ ރައްޔިތުންކަމަށާއި އޭގެ ތެރޭގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރާ ރައްޔިތުންގެ ވޯޓު ވެސް ހިމެނޭނެކަމަށް ރަޝީދު ވިދާޅުވި އެވެ.

ކުރިން އޮތްގޮތް ތަންކޮޅެއް ގޯސް.. އެއީ އެ ޕާޓީން ކަނޑާލީމަ މެމްބަރުކަން ވެސް ގެއްލެނީ.. މެމްބަރުކަމަށް ގެންނަނީ ދާއިރާގެ ރައްޔިތުން.. އެ ދާއިރާގައި ޕާޓީތަކުގައި ހިމެނޭ ރައްޔިތުންނާއި.. ޕާޓީތަކުގައި ނުހިމެނޭ ރައްޔިތުންނާއި.. ހުރިހާ މެމްބަރުންގެ ވޯޓު މެމްބަރަށް އެބަލާ.. ލައިގެން މެމްބަރަކު ހޮވެނީ..

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް އެކުލަވާލާފައިވާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ވެސް ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތުން ގޯސްކަމަށް ރަޝީދު ވިދާޅުވި އެވެ. އެ އިންތިހާބުވާ މެމްބަރަކު، ސިޔާސީ ފިކުރުގައި ދެމި ތިބޭކަން ކަށަވަރު ކުރުމަކީ ބިލުގެ މަގްސަދުކަމަށް ބުނާއިރު ރަޝީދު ވިދާޅުވީ ރައްޔިތުންނަށް ދޭ ހިދުމަތެއްގައި އެއްވެސް ސިޔާސީ ފިކުރެއްގެ ވާހަކަ އޮވެގެން ނުވާނެ ކަމަށެވެ.

ދެން ރަޝީދު ދެކޮޅު ހެއްދެވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ވާހަކަ ބިލުގައި އޮތުމެވެ. މި އަހަރުގެ ރަމަޟާން މަސް ފެށިގެން އައިއިރު ޑަބްލިއުޑީސީތަކަކީ ގާނޫނު އޮތް ގޮތުން އެއްވެސް އިނާޔަތެއް ނުލިބޭ ބައެއްކަމަށް އޭނާ ވިދާޅުވި އެވެ.

ޑަބްލިއުޑީސީއަކީ އަންހެނުން ކުރިއަރުވާ ކޮމިޓީ.. އެތައް މެމްބަރުންނެއް އެބަތިބި.. އެއީ ރައީސް ނަޝީދުގެ ވިސްނުންފުޅުން އުފެއްދި ބައެއް.. އަނެއްކާވެސް މިއޮތީ އޮތް ހާލަތު.. އެއީ އަޅާވެސްލާ ބައެއް ނޫން..

ރަޝީދު ވިދާޅުވީ ރަށުގެ ފެންވަރުގެ ކޮންމެ މަސައްކަތެއް ކުރަން ޖެހުނު ނަމަވެސް، ނިކުންނަން ޖެހެނީ ޑަބްލިއުޑީސީކަމަށާއި އެކަމަކު އެންމެ ފަހުން މުސާރައިގެ އޮނިގަނޑަށް އެކި ބަދަލުތައް ގެނައިއިރު އެ ކޮމިޓީތަކުގެ ވާހަކަ ދައްކާނެ ބަޔަކު ނެތް ކަމަށެވެ.

އެކަހަލަ ކަންކަން ކުރީމަ އަންހެނުން ޑަބްލިއުޑީސީ ވެސް.. ޕާޓީ ވެސް ދޫކޮށްފަ ދާނެ.. އެމްޑީޕީން އެވަރުގެ ކަމެއްކުރިއިރުގާ އެބަ ޖެހެއެއް ނޫންތޯ ޑަބްލިއުޑީސީއާއި ވާހަކަ ވެސް ދައްކާލަން.. ކޮންމެވެސް ވަރަކަށް..

އެންޓި ޑިފެކްޝަންގެ މަގްސަދުކަމަށް ބިލުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ޑަބްލިއުޑީސީތައް އެއީ އިންތިހާބުވި ފިކުރުގައި ދެމިތިބޭ ބައެއްގެ ގޮތުގައި ހެދުން ކަމަށެވެ. އަދި ރައްޔިތުން އިންތިހާބު ކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ، ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއްކަމަށް ހެދުމެވެ. ބިލުގައި ބުނާގޮތުން ޕާޓީ ބަދަލުކޮށްފިކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން އެ މެމްބަރަކު އިސްތިއުފާ ދޭންވާނެ އެވެ. އަދި އަތޮޅު ކައުންސިލްތަކާއި، ކައުންސިލް މެމްބަރުން އަދި ޑަބްލިއުޑީސީގެ ގޮނޑި ހުސްވާނީ ވެސް އިލެކްޝަންސް ކޮމިޝަނުގައި އެކަން ދަފްތަރުވާ ހިސާބުންނެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް އެމްޑީޕީން ފެށީ ސަރުކާރު ބަދަލުވުމަށް ފަހު އެ ޕާޓީގެ 13 މަޖިލިސް މެމްބަރަކާއި މާލެ ސިޓީ ކައުންސިލްގެ މެމްބަރުން ސަރުކާރުގެ މައި ޕާޓީ ޕީއެންސީއާއި ގުޅުމުންނެވެ. އެއީ ސަރުކާރުން ފައިސާގެ ރިޝްވަތު ދީގެން، މެމްބަރުން ގަނެލުންކަމަށް ސިފަކޮށް އެމްޑީޕީން ބޭނުންވީ 20 ވަނަ މަޖިލީހުގައި އެފަދަ ހާލަތެއް މެދުވެރިވިޔަ ނުދޭށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: