ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ކެންޑިޑޭޓުން ރައްޔިތުންނަށް ސާފުކޮށް އެނގޭނެ: ހީނާ

ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ސްޕޯކްސްޕާސަން ހީނާ ވަލީދު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނަކީ ކޮބައިކަން ކޮންގްރެސް ކޯލިޝަންގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ޕްރައިމެރީ ކާމިޔާބުކޮށް ޓިކެޓު ލިބުނު ކެންޑިޑޭޓުން ތިއްބައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެހެން ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރައްވާކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ދާއިރާތައް ހުރިއިރު ދާދިފަހުން ޕީއެންސީގެ ޓިކެޓު ލިބުނު ކެންޑިޑޭޓަކު ވަނީ ފަހަތަށް ޖެހި އަމިއްލަ ގޮތުން ވާދަކުރައްވާ ރައީސްގެ ތާއީދު އޮތް ކެންޑިޑޭޓުގެ ފަހަތަށް އަރާފަ އެވެ.

މި ދެ ދުވަހު ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ތަރުޖަމާނު ހީނާ ބޭއްވި ޕްރެސްތަކުގައި ނޫސްވެރިން ސުވާލު އަމާޒު ކުރީ ވެސް އެކަމާ ގުޅޭގޮތުންނެވެ. މިއަދުގެ ބައްދަލުވުން ފެށުމުގެ ގޮތުން ހީނާ ވިދާޅުވީ މަޖިލިސްގެ ތިން ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުން ވާދަކުރާ ކަމަށެވެ.

ހީނާ ވިދާޅުވީ ރައްޔިތުންނަށް ސަރުކާރު ކެންޑިޑޭޓުންނަކީ ކޮބައިކަން ސާފުކޮށް އެނގޭނެ ކަމަށެވެ.

ތިން ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ވެސް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުން ތިއްބަވާނެ.. އަދި ހަމަ އެހެންމެ، ރައްޔިތުންނަށް ވަރަށް ސާފު.. ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނަކީ ކޮބައިކަން..

ޕީޕީއެމް/ޕީއެންސީން މަޖިލިސް އިންތިހާބުގައި ވާދަނުކުރާ ހަމައެކަނި ތިން ދާއިރާއަކީ މާމިގިލި ދާއިރާ، ދ. މީދޫ ދާއިރާގެ އިތުރުން މާފަންނު އުތުރު ދާއިރާ އެވެ.

މީގެއިތުރުން ނޫސްވެރިންގެ ސުވާލުގައި ވަނީ އެ ޝަކުވާ އެންމެ ބޮޑަށް ކުރައްވަމުން ގެންދަވަނީ، އެ ޕާޓީގެ ކުރީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަން ފާހަގަކޮށްފަ އެވެ. މިއީ ޕީޕީއެމްގެ އަޑު ކަނޑުވާލުންކަމަށް ރައީސް ޔާމީން ސިފަ ކުރައްވާތީ އެކަމުގެ ރައްދަކީ ކޮބައިތޯ ސުވާލު ކުރުމުން ހީނާ ވިދާޅުވީ ޕީއެންސީއަކީ މިވަގުތު ރާއްޖޭގެ ވެރިކަން ކުރާ ޕާޓީކަމަށެވެ. އަދި ވިދާޅުވީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ނެރެން ނިންމީ ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕް އެއްކޮށް ކުރެވުނު މަޝްވަރާތަކަށް ކަމަށެވެ.

ހީނާ ވިދާޅުވީ އެއްގޮތަކަށް ވެސް ޕީޕީއެމް ނަގައި އެއްލާލީއެއް ނޫންކަމަށާއި، ޕީޕީއެމްގެ ވެސް ލީޑަރަކީ މިވަގުތު ރައީސް މުއިއްޒު ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ ދެ ޕާޓީގައި ވެސް ތިބީ އެއް ބައެއްކަމަށް ހީނާ ވިދާޅުވި އެވެ. އެހެންކަމުން ކޮންމެ މަަސައްކަތެއް ވެސް ކުރިޔަށް ދާނީ، ހީނާ ވިދާޅުވި ގޮތުގައި ދެ ޕާޓީގެ ވެސް ލީޑަރުންގެ މަޝްވަރާގެ މަތީން ނިންމާ ނިންމުމެއްގެ މައްޗަށެވެ.

ވަރަށް ގަދަ
63%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 38%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: