ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އެއްބާރުލުން ނުލިބި، ފުރިހަމަކަމާއި އެކު މަސައްކަތް ކުރެވޭނެ ފުރުސަތެއް ސަރުކާރަށް ނޯވޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވި ވައުދުތައް ފުއްދައި، ގާނޫނުއަސާސީ ތަންފީޒު ކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ މަޖިލިސްގެ އެއްބާރުލުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސް ދޭ، ރައީސްގެ ޖަވާބު ސެގްމެންޓުގައި އާންމުންގެ މީހަކު މިއަދު ކުރި ސުވާލުގައި ބުނީ ރިޔާސީ އިންތިހާބުގެ ދުވަސް ވަރު ކޮންމެ ވެރިއެއް ވެސް ވެރިކަމަށް އައުމަށް ގިނަ ވައުދުތައްވާ ކަމަށެވެ. އެހެން ނަމަވެސް ދައުރު ނިމިގެން ދާއިރު ރައްޔިތުންނަށް ހުށަހަޅާ މެނިފެސްޓޯގެ ދެބައިކުޅަ އެއްބައި ވައުދުތައް ވެސް ފުރިހަމަ ނުކުރެވޭކަމަށް އޭނާ ބުންޏެވެ.

އެހެންކަމުން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވި ވައުދުތައް އެއްކޮށް ފުއްދޭނެކަމުގެ ކިހާ ޔަގީންކަމެއް ދެވިދާނެތޯ އޭނާ ސުވާލު ކުރި އެވެ. ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ކޮންމެ ވައުދެއް ވެސް ވެފައި އޮންނާނީ ރަނގަޅު ނިޔަތުގައި ކަމަށެވެ. އަދި 14 ހަފްތާ ނިމިގެން ދިޔައިރު ރައްޔިތުންނަށް އެކަން ސާފުވާނެކަމަށާއި، ކާމިޔާބީތައް ހުރީ ފެންނަންކަމަށް ރައީސް ވިދާޅުވި އެވެ.

ހަފްތާ ސާދައަށް ނުވަތަ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހަށް އަމާޒު ހިފައިވި ވައުދުތަކުގެ 97 އިންސައްތަ ނިމިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަޖިލިސްގެ ތެރެއިން ވެސް ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން އެބަހުރިކަމަށާއި، ބައެއް ގާނޫނުތައް ގެނައުން މުހިންމުކަމަށެވެ. އަދި ބޯހިޔާވަހިކަމާއި، އުމްރާނީ ތަރައްގީއާއި ގުޅުން ހުރި ލެޖިސްލޭޓިވް އެޖެންޑާއެއް އޮންނާނެކަމަށް ރައީސް ވިދާޅިވި އެވެ.

ވައުދުތައް ފުއްދުމަށް މަޖިލިސް މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއްކަމަކަށް ރަނގަޅު ބަޖެޓެއް ފާސް ކުރުން ހިމެނޭ ކަމަށެވެ. މި އަހަރުގެ ބަޖެޓު މަޖިލީހުން ފާސްކުރިއިރު އެމަނިކުފާނު ހުށަހެޅުއްވި ގޮތަށް ޕްރޮޖެކްޓުތައް އޭގެ ތެރޭގައި ހިމެނުމަށް އެމްޑީޕީން ދެކޮޅު ހެދިކަމަށް ރައީސް ވިދާޅުވި އެވެ.

ދަންނަވަން މި އުޅެނީ އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބައޮތޭ.. އިރާދަކުރެއްވީތީ.. އަޅުގަނޑުވި ހުރިހާ ދައުރެއް މި ދައުރުގައި ފުއްދޭނެ އޭ.. ފުއްދުމަށްޓަކައި ބޭނުންވާ ކަންތައްތަކެއް އެބަހުރި.. އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލިސް އެއްބާރުލުން.. އެއްބާރުލުން ނުލިބިއެއް މި ރާއްޖޭގައި މިއޮތް ގާނޫނުއަސާސީގެ ތެރެއިން.. ރައްޔިތުންނަށް ކަންކަންކޮށްދިނުމުގައި، ސަރުކާރަށް ފުރިހަމަކަމާއި އެކީގައި ކުރެވޭނެ ގޮތެއް ނޯވޭ.. އެއްބާރުލުން އަޅުގަނޑަށް ވަރަށް މުހިންމުވޭ..

ރައީސް ވިދާޅުވީ ގާނޫނުއަސާސީ ތަންފީޒުކޮށް، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެންމެ ބޮޑަށް ބޭނުންވާނީ ރައްޔިތުންގެ މަޖިލިސްގެ އެއްބާރުލުން ކަމަށެވެ. އަދި ސަރުކާރުގެ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ މަޖިލީހެއް އެމަނިކުފާނަށް ވަރަށް މުހިންމުކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އެހެން އިދާރާތަކުގެ އެއްބާރުލުން ވެސް ބޭނުންވާނެކަމަށާއި އުންމީދަކީ ރައްޔިތުން މަޖިލިސް އިންތިހާބު ސަރުކާރަށް ކާމިޔާބުކޮށް ދީ ގިނަ ގޮނޑި ހޯދައިދިނުންކަމުގައި ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: