ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރުތިލަފަޅުގެ އެގްރިކަލްޗަރ އިކޮނޮމިކް ޒޯން ވާނީ ޓެކްނޮލޮޖީ ގޮތުން މުއްސަނދި މަޝްރޫއުއަކަށް: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރުތިލަފަޅުގައި މި ސަރުކާރުން ޗައިިނާއާއިއެކު ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ އެގްރިކަލްޗަރ އިކޮނޮމިކް ޒޯން ވާނީ ޓެކްނޮލޮޖީން މުއްސަނދި ފަހުރުވެރި މަޝްރޫއުއަކަށް ކަމަށް އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަން ސަރުކާރުން ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރި އެއްބަސްވުން (އެމްއޯޔޫ) އެމްޑީޕީގެ ވެރިކަމެއްގައި ބާތިލުކުރާނެކަން އެކުންފުންޏަަށް އަންގާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވުމުން ސައީދު ވަނީ އެކަމަށް ރައްދު ދެއްވާފަ އެވެ.

ސައީދު ވިދާޅުވީ އެމްޑީޕީއަށް ވެރިކަންކުރަން ސުޕަ މެޖޯރިޓީ އާއި އެކު 5 އަހަރު ލިބުނު ނަމަވެސް އާހިރު ނަތީޖާއަކީ ޕާޓީގެ ކުރީ ވެރިކަމާ އެއްގޮތަށް އެއްފަދައިން ގައުމު ބަނގުރޫޓްކޮށްލުން ކަމަށެވެ. އަދި އެގްރިކަލްޗަރ އިކޮނޮމިކް ޒޯން ވެގެންދާނީ އާދަޔާއި ހިލާފް އެންމެ މި ޒަމާނުގެ ޓެކްނޮލޮޖީން މުއްސަދި ފަހުރުވެރި މަޝްރޫއުއަކަށް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއިން އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޓަކައި އެއްބަސްވުމެއްގައި ސޮއިކުރީ ޗައިނާ ހާބަރް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކުގައެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ) އަކީ ދައުލަތުގެ ފަސް ކުންފުންޏެއް ކަމަށްވާ އެސްޓީއޯ، އެޗްޑީސީ، އެމްޕީއެލް، އެމްޓީސީސީ އަދި އެމްއޭސީއެލް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: