ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރުތިލަފަޅު ބޭނުންކުރަނީ ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް ބާއްވާނެ ބަނދަރެއް ނެތުމުން: އެމްއެންއެންޑީއެފް

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ: ފޮޓޯ/ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟
އުތުރުތިލަފަޅު މަޝްރޫއު އަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް އަޅާާފައި ބާއްވާނެ ބަނދަރެއް ނެތުމުން ބޭނުންވާ މަޝްރޫއުއެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެގޮތުން އެ މަޝްރޫއު ކުރިއަށް ދަނީ އެމްއެންޑީއެފްގެ ބޮޑެތި އުޅަނދުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށް އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް ވަރަށް މުހިންމު މަޝްރޫޢު ކަމަށްވާތީ ކަމަށެވެ.
“މިއީ ބޭރު ޤައުމެއްގެ ނޭވަލް ބޭސް އެއް ނޫންކަަން ތަކުރާރުކޮށް ދަންނަވަން. އުތުރުތިލަފަޅުގައި އެމްއެންޑީއެފުން ތަރައްޤީ ކުރަމުންދާ 300 މީޓަރުގެ މަގަތު ފާލަމާއި، 500 ޓަނުން ދަށުގެ އުޅަނދުފަހަރު މަރާމާތުކުރެވޭ ސްލިޕްވޭއާއި ރިޕެއަރ ފެސިލިޓީއާ ބެހޭގޮތުން ދަންނަން” އެމްއެންޑީއެފް
އުތުރު ތިލަފަޅުގައި، އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެމްއެންޑީއެފުން ތަރައްޤީ ކުރަމުން ދަނީ ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް ހުޅުމާލޭގައި މިހާރު އަަޅާފައިވާ 270 މީޓަރުގެ ސަރަހައްދުގެ ބަދަލުގައި ބޭނުންކުރާނެ 300 މީޓަރުގެ މަގަތު ފާލަމަކާއި 500 ޓަނުން ދަށުގެ ކުދި އުޅަނދު ފަހަރު މަރާމާތުކުރެވޭ ސްލިޕްވޭ އަކާއި ރިޕެއަރ ފެސިލިޓީއެކެވެ.
މިއީ ދިވެހި ސަރުކާރުގެ ފުރިހަމަ ބާރު ހިނގާ ދިވެހި ސަރުކާރުގެ މިލްކުވެރިކަން އޮތް އެމްއެންޑީއެފްގެ ތަނެއްކަން އެކިފަހަރުމަތިން ވާނީީ ހާމަކޮށްފައި ކަމަށްވެސް އެމްއެންޑިއެފުން ބުނެއެވެ.
އަސްކަރީ ނޭވީތަކުގައި ބޭނުންކުރާ ބޮޑެތި މަނަވަރުތަކަކީ 500 ޓަނޭޖަށްވުރެ އެތައް ގުނައެއް ބޮޑު އުޅަނދު ފަހަރަށްވާތީ، އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ޑޮކްޔާޑުގައި އެފަދަ ބޮޑެތި މަނަވަރުތައް އަޅާ މަރާމާތުކޮށް، އެހެލާ ބޭލުމަކީ ކުރެވޭނެކަމެއް ނޫންކަން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމާއިއެކު މި މަޝްރޫޢާއި ގުޅޭގޮތުން ޙަޤީޤަތާއި ޚިލާފު ކަނޑައެޅިގެން ދޮގު ވާހަަކަތައް ނުފެތުރުއްވުމަށް އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފުން މިހެން ބުނެފައިވާއިރު، ރޭގަ ވަނީ އުތުރު ތިފަޅާއި ގުޅުވައިގެން ބަޔާނެއްވެސް ނެރެފައެވެ.
ނަމަވެސް އުތުރުތިލަފަޅާ ގުޅުވައިގެން ވާހަކަތައްދެކެވޭއިރު، ސަތާރަ ސެޕްޓަމްބަރުގައި ސަންގްޓީވީގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވަނީ އުތުރު ތިލަފަޅާ ގުޅުވައި އެއްބަސްވުމެއް ހަދާފައިވަނީ ރައީސް ސާލިހުގެ ސަރުކާރުންކަމަށާއި، ސަރުކާރުން އުޅެނީ ވޯކް ޕްލޭނާއި އެމްއޯޔޫ އަދި އެއްބަސްވުން އޮޅުވާލައިގެންކަމަށާއި، އެ ނޫން ނަމަ ތަފާތުކުރަން އެނގިވަޑައިނުގަންނަނީކަމަށް ވިދާޅުވިއެވެ.

އާދަމް ޝަރީފްވަނީ އުތުރު ތިލަފަޅު އެއްބަސްވުން ގާއިމުކުރެވުނީ ރައީސް ޔާމީންގެ ވެރިކަމުގައިކަމަށް ބުނެ ނެރެފައިވާ ބަޔާނާއިމެދު ވާހަކަދައްކަވާފައެވެ. އެގޮތުން ސަރުކާރެއް ހިންގާ ބަޔަކަށް އެގްރިމެންޓާއި ވޯކްޕްލޭނާއި ޓައިމްލައިން އަދި އެމްއޯޔޫ ފަދަ ލިޔެކިއުންތަކުގެ ތަފާތު ނޭނގިތިބި ކަންކަމާއި ގުޅޭގޮތުން ބަޔާން ނެރެން ލަދުވެތިވާންޖެހޭނެކަމަށެވެ.

އޭނާ ވިދާޅުވީ، އެއީ ޒިންމާދާރުކަން ކުޑަކޮށް ހިންގާފައިވާ އަމަލެއްކަމަށެވެ. އެހެންނަމަވެސް އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހިރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަކީ ރަނގަޅު ވާހަކައެއްކަމަށެވެ. އެގޮތުން އެއަރވިންގަކާއި އެކަމަށްޓަކައި ވިސްނުންތަކެއް ހިމަނައިގެން ކައްދޫގެ ވައިގެ ބަނދަރު ތަރައްގީކުރުމަށް ޕްލޭނެއް އެކުލަވާލިކަމަށްވެސް ވިދާޅުވިއެވެ.

ދިޔަރެސް ގެ ނޫސްވެރިންތަކެއް އިއްޔެވަނީ ވަނީ އުތުރު ތިލަފަޅުގައި ސިފައިންގެ މަރުކަޒު ތަރައްގީކުރާ ބަދަރަށް ވަންނަން މަސައްކަތް ކޮށްފަ އެވެ. އެމްއެންޑީއެފްއިން އެކަން ހުއްޓުވާފައިވާއިރު، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅަންވެސް ވަނީ ނިންމާފަވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: