ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންނާއި އެއް އަދަދަކަށް ސިވިލް މުއައްޒަފުން ތިބުމަކީ އެއްބަސްވުމުގެ ޝަރުތެއް: އިންޑިއާގެ މީޑިއާތައް

ބަލި މީހަކު ގޮވައިގެން މާލެ އައި ހެލިކޮޕްޓަރުން އިންޑިއާ ސިފައިންގެ މީހަކު ފައިބަނީ/ ފޮޓޯ: ހުސެއިން ވަހީދު - މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ސިފައިން ބޭލުމަށް ވެފައިވާ އެއްބަސްވުމުގެ މައި އެއް ޝަރުތަކީ ސިފައިން ކުރަމުންދިޔަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ އަދަދަކަށް ސިވިލް މުއައްޒަފުންނަށް އާދެވޭނެކަމުގެ ޝަރުތު ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ނޫސްތަކުން ބުނާގޮތުން ރާއްޖޭގައި ތިބި ސިފައިން ބޭލުމުގެ ފުރަތަމަ މަރުހަލާ ވަނީ ނިމިފައެވެ. އަދި މިހާރު ދެވަނަ ބެޗަށް ސިފައިންނާއި ސިވިލް މުއައްޒަފުން ބަދަލުކުރުމުގެ މަސައްކަތްތައް ކުރުމާއި ގާތަށް ގޮސްފައިވާއިރު، ސަރުކާރުގެ އޮފިޝަލަކުވަނީ ދެ ގައުމުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތަަށް ދިނުމަށް ދެކޮޅު ހަދާފައިކަމަށް ބުނެފައިވެއެވެ. އަދި ރާއްޖޭގެ ނޫހަކަށް ދިން އިންޓަރވިއުގައި ފޮރިން މިނިސްޓްރީގެ އޮފިޝަލަކުވަނީ ފެބްރުއަރީ މަހުގެ ތެރޭގައި އެއްބަސްވުމެއް ގާއިމުކުރެވުނުކަން ކަށަވަރުކޮށްދެއްވާފައިކަމަށާއި އެހެންނަމަވެސް ބައެއް މައުލޫމާތުތައް އާންމުކުރެވެން ނެތްކަމަށް ބުނެފައިވާކަމަށްވެސް ރިޕޯޓުތަކުގައިވާއިރު ސިއްރިއްޔާތުގައި ކަންކަން ކުރިއަށް ގެންދިއުމަށް މަޖުބޫރުވެފައިވާ ސަބަބެއް ބަޔާންކޮށްފައިނުވާކަމަށްވެސް މީޑިއާތަކުން ފާހަގަކުރެއެވެ.

އެގޮތުން މިނިސްޓްރީއިންވަނީ ރައިޓް ޓު އިންފޮރމޭޝަން އެކްޓުގެ 29 ވަނަ އާޓިކަލްއަށް ރިއާޔަތްކޮށް އެ އެއްބަސްވުމުގެ ކޮޕީއެއް ހަވާލުކުރެވެން ނެތްކަމަށް ހިއްސާކޮށްފައިކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި އިންޑިއާ އާއި ރާއްޖޭގެ އިސްވެރިން ހިމެނޭ ކޯ ގުރޫޕުގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާންތައް ފުށުއެރިކަމަށްވެސް އަލިއަޅުވާލިއިރު އެންމެ ފުރަތަމަ ނެރުނު ބަޔާންތަކުގައި އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓްރީއިން ސިފައިން ބާލާނެކަމުގެ އެއްވެސް އިޝާރާތެއް ކޮށްފައިނުވާކަމަށްވެސް މީޑިއާތަކުން ބުނެފައިވެއެވެ.

އެހެންނަމަވެސް 2024 ވަނަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހު އިންޑިއާއިން ސިފައިން ބާލަން ފެށިކަމަށާއި އެއީ 25 މީހުން ހިމެނޭ ބެޗެއްކަމަށްވެސް ހާމަކޮށްފައިވެއެވެ. އަދި ސިފައިން ބޭލުމުގެ މަސައްކަތްތައް ނިންމާލުމަށް ކަނޑައެޅިފައިވަނީ މޭ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވާއިރު ދެވެނަ ބެޗު އެޕްރީލް މަހުގެ 10 ވަނަ ދުވަހު ރާއްޖެއިން ފައިބާނެކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 64%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 0%ވަރަށް ދެރަ 32%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: