ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިން މަސްދޯނިތަކަށް އަރާފައިވާނަމަ އެމައްސަލަ ތަހުގީގުކޮށް އެކަން ހާމަކުރުމަކީ ސަރުކާރުގެ ޒިންމާއެއް: ރައީސް ސޯލިހް

ފޮޓޯ: ހުރިހާ.އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސިފައިން ރާއްޖޭގެ ހާއްސަ އިގްތިސާދުގެ ތެރޭގައިވާ މަސްދޯންޏަށް އެރި މައްސަލަ ހިނގާފައިވާ ގޮތް ތަހުގީގުކޮށް ކަން ހިނގާފައިވާގޮތް ބަލައި އާންމުކޮށް ހާމަކުރުމަކީ ސަރުކާރުގެ މަސްއޫލިޔަތެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ޜައީސް އިބްރާހިމް މުހައްދަމު ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކަންކަން ކުރިއަށްދާގޮތް ބެއްލެވުމަށްފަހު ދެއްވި އިންޓަރވިއުގައި ރައީސް ސާލިޙް ވިދާޅުވީ ރާއްޖޭގެ އީއީޒެޑް ގެ ތެރެއަށް ބޭރުގެ އެއްވެސް ގައުމަކުން ހުއްދަ ނުނަގާ ވަދެވިގެން ނުވާނެ ކަމަށެވެ. ބައިނަލްއަގްވާމީ ގާނޫނު ތަކާއި އެއީ ހިލާފު ކަމެއް ކަމަށް ފަހަގަކުރައްވާ ސާލިޙް ވިދާޅުވީ އެހެން އެކަން ހިނގާފައިވާނަމަ އެއީ ވަރަށް ގޯސްކޮށް ހިނގާފައިވާ ކަމައްކަމަށެވެ.

އެކަން ހިނގާފައިވަނީ އިންޑިއާއިން ކަމަށް ވާނަމަ އެ ގައުމުގެ ސަރުކާރަށް ޝަކުވާ ހުށަހަޅައި ކަން ހިނގާފައިވާގޮތް ބަލައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރަންހުރި ހުރިހާ ކަމެއް ކުރައްވަންޖެހިވަޑައިގަންނަވާ ކަމަށް ރައީސް ސާލިޙް ވަނީ ވިދާޅުވެފައެވެ. ސާލިޙް ވިދާޅުވީ އެއްވެސް ގައުމަކުން އެހެން ގައުމެއްގެ ސަރަހައްދު ތެރެއަށް ނުވަދެވޭނެ ކަމަށެވެ.

ބޭރުގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ ސުވާލު ކުރީ އަސުރުމާ 3، އަދި މާހޯރަ 3 އަދި ނިރު 7 ނަމަކަށް ކިޔާ ދޯންޏަކާ އެވެ. އޭގެއިން ބައެއް ވީޑިއޯތައް ވެސް މިހާރު ދަނީ ދައުރުވަމުންނެވެ. މިކަމާއި ގުޅޭ ތަފާތު އެކި ވާހަކަތައް ދެކެވެނިކޮށް އާންމު ކުރި ބަޔާނެއްގައި އެމްއެންޑީއެފުން ބުނީ ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކާ އަސްކަރިއްޔާގެ ބަޔަކު އަރައި ސުވާލު ކުރާކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: