ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުން ފަސޭހަ ނޫން ކަމަށް ބުނުމުން ނާއުއްމީދުވި: ޔާމީން

ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަަވަނީ/ ފޮޓޯ: ޕީއެންއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައިސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަކީ ފަސޭހަ ނޫން މަސައްކަތެއް ކަމަށް ބުނުމުން ނާއުންމީދުވި ކަމަށް ކުރީގެ ރައީސް އަދި އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއްތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިވަގުތު ގޭ ބަންދަށް ބަދަލު ކުރައްވާފައިވާއިރު އެމަނިކުފާނަށް ވަނީ ލުއި ތަކެއްވެސް ދެއްވާފައެވެ. އެހެންނަމަވެސް ދެއްވާފައިވާ ލުއިތަކުގެ ތެރޭގައި ޖަލްސާތަކާއި ޕޯޑިއަމް ތަކުގައި ވާހަކަފުޅުދެއްކެވުމާއި ނޫސްތަކަށް އިންޓަވިއު ދެއްވުމަކީ ހުއްދަކަމެއްނޫނެވެ.

އެހެންނަމަވެސް ޕީއެންއެފް އިން އިންތިޒާމުކޮށްގެން ބާއްވާ ބައެއް ޖަލްސާތަކުގައި އެމަނިކުފާނު ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އެގޮތުން ޕީއެންއެފް އިން އެންމެ ފަހުން ބޭއްވި ޖަލްސާއަށް ވަޑައިގެން އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ވަނީ ސުވާލު ކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އަންނަމުން ވެސް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކަށް ދިވެހި ރައްޔިތުންނަށް ވީ އިންޑިއާ ސިފައިން ރާއްޖޭން ބާލާނެކަމުގެ ވައުދު ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލުކުރެއްވި ގޮތަށް ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތު ނިމުމާއެކު އިންޑިއާ ސިފައިން ބާލުއްވާނެ ކަމަށް އަދި އިންޑިއާ ސަރުކާރާ އެކަން ހިއްސާ ކުރެއްވި ކަމަށް އިއުލާނު ކުރައްވާފައިވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް ވަޑައިގަތީ އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރުކުރުމަށްޓަކައި ވަރަށް ހިއްވަރާ އެކުކަމަށެވެ. ރާއްޖޭގެ ހާރިޖިއްޔާއާ މިހާރުގެ ސަރުކާރުގެ ވަފުދެއް ބައްދަލުކޮށް އެހެން ނަމަވެސް އެ ބައްދަލުކުރުމުގައި އެއްގޮތަކަށް ވެސް އިންޑިއާ ސިފައިން ފައިބަންވީ ދުވަހުގެ ވާހަކައެއް ނެތްކަމަށް ޔާމީން ވަނީ ސުވާލުކުރައްވާފައެވެ.

ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވަނީ ޖެނުއަރީ ދެވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިފައިން ބޭލުން ފަސޭހަ ނޫން ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މާޗު 15, ގެ ނިޔަލަށް އިންޑިއާ ސިފައިން ބާލަން ރާއްޖޭން “ނޯޓިސް” ދީފައިވީ ނަމަވެސް އިންޑިއާގެ ސަރުކާރާ ހަވާލާދީ ނޫސްތަކުން އެ ގައުމުން އެ ތާރީހާ ގުޅޭ ވާހަކައެއް ހިއްސާކޮށްފައި ނުވާ ކަމަށް ޔާމީން ވިދަޅުވި އެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 0%ވަރަށް ދެރަ 56%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: