ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ ފުރަތަމަ ބެޗު ފައިބައިފި: އިންޑިއާ

އިންޑިއާގެ ސިފައިން ދިވެހި މަސްދޯންޏަކަށް ގާނޫނާއި ހިލާފަށް އަރާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ އެ ގައުމަށް ގެންދިއުމަށް ދިވެހި ސަރުކާރާއިއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ސިފައިންގެ ފުރަތަމަ ބެޗް ރާއްޖެއިން ފައިބައިފައިވާކަން އިންޑިއާއިން ކަށްވަރުކޮށްދީފިއެވެ.

ރާއްޖެއިން ސިފައިން ބޭލުމަށް ވެފައިވާ އެއްބަސްވުމުގެ ދަަށުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުތައް އުފެދިފައިވާއިރު، އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓްރީއިންވަނީ(އެމްއީއޭ) މަސައްކަތްތައް ކުރިއަށްދާކަން ކަށަވަރުކޮށްދީފިއެވެ.

އެ ވުޒާރާގެ ސްޕޯކްސްޕާސަން ރަންދީރު ޖަޔަސްވާލް މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން، އެންމެ ފުރަތަމަ ބާލާފައިވަނީ ހެލިކޮޕްޓަރު ދުއްވުމުގެ މަސައްކަތްތަކާއި ހަވާލުވެގެން ތިބި ސިފައިންކަމަށާއި އެ މީހުންގެ ބަދަލުގައި ޓެކްނިކަލް ސްޓާފުން ރާއްޖެއަށް ފޮނުވާފައިވާކަން އޭނާ ހާމަ ކުރެއްވިއެވެ.

ރާއްޖޭގެ ސަރުކާރާއި އިންޑިއާގެ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ސިފައިން ބޭލުމުގެ މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވަނީ ދެ މަރުހަލާއެއްގެ މައްޗަށް ބަހާލައިގެންނެވެ. މި މަސައްކަތްތަކުގެ ދެވަނަ މަރުހަލާ ނިންމުމަށް ކަނޑައެޅިފައިވާ ތާާރީހަކީ މޭ މަހުގެ 10 ވަނަ ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 80%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: