ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ މައްސަަލައިގައި ދެ ގައުމުން މިއަދު ބައްދަލުކުރާނެ!

ބަލި މީހަކު ގޮވައިގެން މާލެ އައި ހެލިކޮޕްޓަރުން އިންޑިއާ ސިފައިންގެ މީހަކު ފައިބަނީ/ ފޮޓޯ: ހުސެއިން ވަހީދު - މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސިފައިން ތިބި މައްސަލަ ހައްލުކުރުމަށްޓަކައި އެކުލަވާލާފައިވާ ދެ ގައުމުގެ ސަރުކާރު ހިމެނޭ ކޯރ ގްރުޕޫން މިއަދު ބައްދަލުކުރާނެކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ އިންޑިއާގެ ސިފައިން ބޭލުމުގައި އިންޑިއާއިން އަވަސްވެގަންނަ މަންޒަރު ފެންނަމުން ނުދިއުމާއިއެކު ގިނަ އަދަދެއްގެ މީހުން ފާޑުކިޔަމުންދާއިރު، އެ ގައުމުގެ ނޫސްތަކުންވަނީ އެ މައްސަލައަށް ހައްލުތަކެއް ގެނައުމުގެ ގޮތުން ދެ ގައުމު ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ދާކަން ކަށަވަރުކޮށްދީފައެވެ.

ރިޕޯޓުތަކުގައިވާގޮތުން މިއަދުގެ ވަގުތެއްގައި ބޭއްވުމަށް ކަނޑައެޅިފައިވަނީ މިކަމާއި ގުޅިގެން ބާއްވާ ދެވަނަ ކޯރ ގުރޫޕު ބައްދަލުވުމެވެ. މި ބައްދަލުވުން ކުރިއަށް ގެންދާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައިކަމަށާއި މީގެ ކުރިން ބޭއްވުނު މިފަދަ ބައްދަލުވުން ކުރިއަށް ގެންދިޔައީ ރާއްޖޭގައިކަންވެސް ފާހަގަކޮށްފައިވެއެވެ.

މައްސަލަ ހޫނުވުމާއިއެކު އެންމެ ފުރަތަމަ ބޭއްވި ކޯރ ގުރޫޕު ބައްދަލުވުމުގައި ރާއްޖޭގައި ތިބި ސިފައިން ބޭލުމުގެ މަސައްކަތްތައް އަވަސްކުރުމާއިމެދު މަޝްވަރާތައް ކުރެވުނުކަމަށް ފޮރިން މިނިސްޓްރީއިންވަނީ ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ފާހަގަކޮށްފައެވެ. އަދި ދެ ގުއުމުންވެސް އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވައި މަޝްވަރާތައް ކޮށްފައިކަމަށާއި އެކަމުގެ ތެރޭގައި ދެ ގައުމުގެ ޝައުގާއި މަސްލަހަތު ހިމެނޭކަންކަމާއިމެދުވެސް ވާހަކަތައް ދެކެވިފައިވާއިރު، އިތުރަށް ގުޅުން ބަދަހިކުރުމާއިމެދުވެސް މަޝްވަރާތައްކުރެވިފައިވާކަން ފޮރިން މިނިސްޓްރީން ހިއްސާކޮށްފައިވެއެވެ. މިނިސްޓްރީއިން ހާމަކުރިގޮތުން ދެ ގައުމުންވެސް ވަނީ ކުރެވެމުންދާ މަސައްކަތްތައްވެސް އިތުރަށް ވަރުގަދަކުރުމަށް ބޭނުންވާކަން ހިއްސާކޮށް އިންޑިއާގެ ސިފައިން ބޭލުމުގެ މަސައްކަތްތައް އަވަސްކުރުމަށްވެސް އެއްބަސްވެފައެވެ.

އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓްރީއިންވެސް އެ ބައްދަލުވުމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރިއެވެ. އެ މިނިސްޓްރީ ބުނެފައިވާގޮތުން ދެ ގައުމުންވަނީ ދެފަރާތަށްވެސް ފައިދާ ލިބިގެންދާނެ ގޮތަކަށް އިންޑިއާ އިން ރާއްޖޭގައި ހިންގާ ވައިގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ ހައްލެއް ހޯދުމާއިމެދު މަޝްވަރާކޮށްފައެވެ. އަދި އެއީ ރާއްޖޭގައި އިންސާނީ އެހީ ފޯރުވުމާއި ކުއްލި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައްކަމަށްވެސް ބަޔާނުގައިވެއެވެ. އެ މިނިސްޓްރީ އިން ހިއްސާކުރިގޮތުން ދެ ގައުމުންވަނީ ގުޅުންތައް ވަރުގަދަކުރުމާއި މިހާރު ކުރިއަށް ގެންދާ މަސައްކަތްތައް ހަރުދަނާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމާއިމެދުވެސް މަޝްވަރާކޮށްފައެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މައި ވައުދެއްގެ ގޮތުގައި ހިމަނައިގެން ކުރެވެމުންދާ މި މަސައްކަތްތަކުގެ ބޮޑެތި ގެއްލުންތައް ލިބިގެންދާނެކަމަށް އިންޑިއާއިން ސިފަކުރަމުންދާއިރު، ސަރުކާރުންވަނީ އެމަޖެންސީ އިވެކުއޭޝަން މަސައްކަތްތައް ކުރުމަށްޓަކައި ސްރީލަންކާ އާއިއެކު އެއްބަސްވުމަކަށް އައިސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: