ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަ އީދުގައި ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން އަލުން ހުޅުވަނީ!

ފެން އަރުވާ ވަޑާން މަރާމާތުގެ މަސައްކަތް އެމްޓީސީސީން ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ މައިދާނުގައި ހަދާފައިވާ، ފެންއަރުވާ ވަޑާން ކުޑަ އީދުގައި އަލުން ހުޅުވުމުގެ މަސައްކަތް ކުރަމުން ދާކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީން މަސައްކަތް ކުރީ ރަމަޟާން މަހަށް ފެން އަރުވާވަޑާންގެ މަސައްކަތް ނިންމައި ހުޅުވުމަށެވެ. އެކަމަކު ބައެއް ސަބަބުތަކާ ހުރެ މަސައްކަތް ލަސްވީ އެވެ.

ފެން އަރުވާވަޑާން ހުޅުވުމަށް ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހަލާކުވެ ވީރާނާ ވަމުން ދިޔަ ފެންއަރުވާ ވަޑާންގެ މަރާމާތުގެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ. އަދި އެމަނިކުފާނު އެދިވަޑައިގަތީ ކުޑަ އީދަށް އަލުން ތަން ހުޅުވުމަށްކަމަށްވުމާއި އެކު އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް ދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުވި މި ފެން އަރުވާވަޑާންގެ މަަސައްކަތް ކުރީ އެމްޓީސީސީންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: