ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތަކުން ވަގަށް ނެގި ހަ ފަންކާއެއް ހޯދައި، ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް

ތަގުވާ މިސްކިތުން ފަންކާއެއް ވަގަށް ނަގައިގެން ގެންދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ރޯދަ މަހު މާލޭގެ މިސްކިތްތަކުން ފަންކާ ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

އެކި މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް ކުށުގެ ވެށިން ފުލުހުން ހައްޔަރު ކުރީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަސް ވަނީ ދީފަ އެވެ. އޭނާ ހައްޔަރު ކުރި ވަގުތު ވެސް ވަގަށް ނެގިކަމަށް ބެލެވޭ ފަންކާއެއް އަތުގައި އޮތްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގުގައި މިސްކިތްތަކުން ނެގި ބައެއް ފަންކާތައް ވިއްކާލާފައި ވަނިކޮށް ހޯދާފައިވާކަމަށާއި އަދި ހައްޔަރުގައި ހުރި މީހާ ނެގި ހަ ފަންކާއެއް ވެސް ފެނިފައިވާކަމަށެވެ.

ފަންކާތަކުގެ އިތުރުން، ހައްޔަރުގައި ހުރި މީހާ ވަނީ މިސްކިތަކުން ފެން މޯޓަރެއް ވެސް ވަފަށް ނަގާފަ އެވެ.

މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެ، މާލެ ސިޓީ ކައުންސިލުން ވަނީ ސީސީޓީވީ ވީޑިއޯއެއް އާންމު ކުރުމަށް ފަހު ތިން ރޭ މަތިން ތަޤުވާ މިސްކިތުން ހަތް ފަންކާ ވަގަށް ގެންގޮސްފައިވާކަމަށް ބުނެފައެވެ. އަދި އެ މައްސަަލަ ފުލުހަށް ހުށަހަޅައި، ތަހުގީގުކޮށް ދޭން އެދިފައިވާނެކަމަށް ކައުންސިލުން ބުންޏެވެ.

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރާ މައްސަލަ ވެސް ބޮޑުވެ، ސީސީޓީވީ ހަރުކޮށް ބަލަހައްޓަން ފެށިފަހުން ވެސް އެދެވޭ ހައްލެއް ނުލިބެ އެވެ. 24 ގަޑިއިރު ސީސީޓީވީން މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް ފެށުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: