ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ އެޖެންޑާގެ އެންމެ މުހިންމުކަމަކީ ފައިސާ ޗާޕު ކުރުން ހުއްޓާލުން: ރައީސް

މަޖިލިސް އިންތިހާބުގައި ވާދަކުިރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: | ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަމުން ދަނީ ފައިސާ ޗާޕު ނުކޮށް، ލޯނު ވެސް ނުނަގައިކަމަށް ވިދާޅުވެ އެމްޑީޕީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.

ސަރުކާރުގެ ހަތަރު މަސް ދުވަހުގެ ތެރޭގައި ރަނގަޅު މަޝްރޫއުއެއް ނުފެށޭކަމަށާއި، ކުރި ހަރަދުތަކަށް ވުރެ ބޮޑެތި ހަރަދުތައް އެމްޑީޕީގެ ސަރުކާރުން އެ މުއްދަތުގެ ތެރޭގައި ކުރިކަމަށް ބުނެ އެމްޑީޕީން ދަނީ ރައީސް މުއިއްޒަށް ފާޑުކިއުން އަމާޒު ކުރަމުންނެވެ. މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާތަކުގައި ކުރީގެ ރައީސް، އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ވަކިވަކި ޕްރޮޖެކްޓުތަކާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންނަށް ދިނީ ގޯސް މައުލޫމާތުތަކެއް ކަމަށެވެ. އަދި ވަނީ އެމަނިކުފާނުގެ ވެރިކަން ނިމުނު އިރު ކުރިޔަށް ދިޔަ އެތައް މަޝްރޫއެއް މި ސަރުކާރުން ހުއްޓުވާފައިވާކަމަށް ތުހުމަތު ކުރައްވާފަ އެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި ހުޅުމާލޭގައި އޮތް ކެމްޕެއިން ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އިގްތިސާދު ހަރުދަނާ ކުރުމަށް އެންމެ ފުރަތަމަ ވެސް އެޅި ފިޔަވަޅަކީ ފައިސާ ޗާޕު ކުރުން ހުއްޓާލުން ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނާ ގުޅުން ހުރި ހުރިހާ މަޝްރޫއުއެއް ވެސް ކުރިޔަށް ގެންދަނީ ފައިސާ ޗާޕު ނުކޮށް ކަމަށެވެ. އެއީ ވެރިއަކަށް ހުންނަވާ ބޭފުޅަކަށް ވަރަށް ފަސޭހަ ނިންމުމެއް ނަމަވެސް އެކަން ވެގެން ދާނީ ރައްޔިތުންނާ ގައުމަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށްކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީން ވެރިކަމާ ހަވާލުވުމުގެ ކުރިޔަށް ފާއިތުވެ ދިޔަ 40 އަހަރުގެ ތެރޭގައި ޗާޕު ކުރީ ހަ ބިލިއަން ރުފިޔާކަމަށާއި، އެކަމަކު އެންމެ ފަސް އަހަރުގެ ތެރޭގައި އެމްޑީޕީން 08 ބިލިއަން ރުފިޔާ ޗާޕު ކުރިކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުންނަށް ހެޔޮ އެދޭ ވެރިއަކު، މިއީ ހިނގަން ކިރިޔާ ވެސް ރަނގަޅު މަގެއް ނޫންކަމަށާއި ފަހުން ލިބޭ ގެއްލުން މާ ބޮޑުވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އަޅުގަނޑުމެން ރައްޔިތުންނަށް ހެޔޮ އެދޭތީ… އަޅުގަނޑުމެން ގެނައި އިގްތިސާދީ އެޖެންޑާގެ އެންމެ މުހިންމުކަމަކީ.. ފައިސާ ޗާޕު ކުރުން ހުއްޓާލުން.. އެކަން ވާނީ ހުއްޓާލާފަ.. ވައުދުވީ ގޮތަށް.. ދެން މިކަން ހަޖަމު ނުވަންޏާ ނުވާންވީ.. އެކަން އެއޮތީކޮށްފައި..

ފައިސާ ޗާޕު ކުރުން ހުއްޓާލައި ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތަށް ރައީސް ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް މަނިތަރީ ފަންޑު (އައިއެމްއެފް) އާއި، ވޯލްޑް ބޭންކު ވެސް މަރުހަބާ ކިޔަ އެވެ.

އިގްތިސާދަށް ގެނެވުނު ހެޔޮ ބަދަލުތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އޮތް 1.6 ބިލިއަން ރުފިޔާގެ ދަރަނި އޮތް ޕްރައިމެރީ ބެލެންސް 134 މިލިއަން ރުފިޔާއަށް އަރަނިކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން އެމްޑީޕީގެ ވެރިކަން ނިމުނުއިރު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ހުރި ދެ މިލިއަން ޑޮލަރުކަމަށާއި، އެމަނިކުފާނު ކުރެއްވި މަސައްކަތުން މިހާރު ފަންޑަށް 35 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައިސް މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން ޕީއެސްއައިޕީގެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް މިދިޔަ އަހަރުގެ މި މުއްދަތުގައި ދެ ބިލިއަން ރުފިޔާގެ ލޯނެއް ނެގިކަމަށާއި އަސްލު ހިންގިފައި ވަނީ 900 މިލިއަން ރުފިޔާގެ މަޝްރޫއު ކަމަށެވެ. އެކަމަކު އެމަނިކުފާނު އެއްވެސް ލޯނެއް ނުނަގައި، 1.1 ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް ހިންގިކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: