ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅިވަރުގެ ދާއިރާއިން ފުރުސަތުތައް ހޯދައިދޭނަން، ސްޕޯޓްސް އެރީނާގެ މަސައްކަތް ދަނީ ކުރިޔަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ، ސޯޝަލް ސެންޓަރުގައި މިނިމަމް މެޑިކަލް ރިކުއަޔަރމަންޓްސް ފެސިލިޓީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން ފުރުސަތުތައް ފަހިކޮށް ދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

“ދިވެހިންގެ ރާއްޖެ” މެނިފެސްޓޯގައި ވެސް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ރައީސް މުއިއްޒު ވަނީ ގިނަ ވައުދުތަކެއްވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ސްޕޯޓް އެރީނާތައް އެޅުމުގެ ވައުދު ހިމެނޭއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ “ރައީސްގެ ޖަވާބު” ސެގްމެންޓުގައި އާންމުންގެ މީހަކު ސުވާލުކޮށްފައި ވަނީ އެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުންނެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއަށް އެމަނިކުފާނުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަމަށެވެ. އަދި އޭގެ އެއް ހެއްކަކީ ކުޅިވަރަށް ވަކި ވުޒާރާއެއް އުފެއްދުންކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުކޮށް ކުޅިވަރުގެ ދާއިރާގެ ތެރޭގައި އުޅޭ ކުދިންނާއި، ޒުވާނުންނަށް ފަހު ފުރުސަތުތައް ހޯދައިދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދާއިރާގެ ތެރޭގައި އުޅޭ ފަރާތްތަކަށް ތަމްރީނު ވަރަށް މުހިންމުކަަމަށާއި، އެކަމުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް ސަރުކާރުން ސަމާލުކަން ދޭނެ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ކުޅިވަރު ކުޅޭނެ ތަންތަން އެޅުމުގެ ވައުދާ އެއްގޮތަށް، ރަށްތަކުގައި އެ މަސައްކަތްތައް ދަނީ ކުރިޔަށް ކަމަށެވެ. އެގޮތުން ސްޕޯޓްސް އެރީނާތައް، އަދި ކުޅިވަރު ކުޅޭ އެކި ކޯޓުތައް އެޅުމުގެ ޕްރޮޖެކްޓުތައް މި އަހަރުގެ ތެރޭގައި ކުރިޔަށް ދާނެކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުގެ މަޝްރޫއުތައް ހުއްޓިފައިވާކަމަށް ބުނެ ކިޔަމުން ގެންދާ ފާޑުކިއުންތަކަށް ހުޅުމާލެ ޖަލްސާގައި ރައީސް ރައްދު ދެއްވިއިރު ކުޅިވަރުގެ ބައެއް ތަފާސްހިސާބުތައް ފާހަގަކުރެއްވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ދަނޑުތަކާއި ކޯޓުތައް އެޅުމުގެ މަޝްރޫއުގެ ތެރެއިން 84 ޕްރޮޖެކްޓެއް އޮތީ މަޑުޖެހިފައި ކަމަށެވެ. އެކަމަކު ސަރުކާރާ ހަވާލުވެ، 71 މަޝްރޫއުއެއްގެ މަސައްކަތް ފަށައި ބައެއް ޕްރޮޖެކްޓުތައް ނިމިފައިވާކަމަށް ރޭ ރައީސް ހާމަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: