ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ކުރައްވަމުންދާ ގައުމީ ޖިހާދުގައި އެއްބާރުލުން ދޭންޖެހޭ: ޔަޒްމީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ ރާއްޖޭގައި ސާބިތުކަމާއިއެކު ދެމިތިބެވޭ މަގު ފަހިކުރައްވަން ރައީސް ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ކެނޑިނޭޅި މަސައްކަތްކުރައްވަމުންކަމަށާއި އެ ގައުމީ ޖިހާދުގައި އެންމެން ބައިވެރިވާންޖެހޭކަމަށް ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ގއ ވިލިނގިލި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ޔަޒްމީދު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔަޒްމީދުވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޕީއެންސީން ކާމިޔާބު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވި، ނިމިދިޔަ ސަރުކާރުން އޮތީ ރާއްޖެ ހަމައިން ނައްޓުވާފައިކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު ގެންދަވަނީ ގާބިލު ޓީމަކާއިއެކު ގައުމު އަލުން އާރާސްތުކުރެއްވުމުގެ މަސައްކަތްތައް ކުރައްވަމުންކަމަށް ހިއްސާކުރެއްވިއެވެ.

ޔަޒްމީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ދިވެހިންގެ ރާއްޖެއަަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވަނީ ރައީސް މުއިއްޒު ދިވެހިންނަށް ދިވެހީންގެ ރާއްޖޭގައި ސާބިތުކަމާއިއެކު ދެމިތިބެވޭނެ މަގު ފަހިކުރެއްވުމުގެ ގޮތުން ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާތީ އެ ގައުމީ ޖިހާދުގައި އެއްބާރުލުން ދޭންޖެހޭކަމަށް ގަބޫލުކުރެއްވޭތީކަމަށެވެ.

އޭނާ ވިދާޅުވީ، ހަގީގަތަށް ބަލާނަމަ އެއްބާރުލުން ދިނުމުގެ ފެށުން އަންނަން އޮތީ ރައްޔިތުންގެ މަޖިލީހާއި ހިސާބުންކަމަށާއި ރައްޔިތުންގެ މަޖިލީސް ނުލިބި ދިވެހިންގެ ރާއްޖޭގައި ސާބިތުކަމާއިއެކު ނުތިބެވޭނެކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދިވެހިންގެ ރާއްޖޭގައި އިގްތިސާދު ކުރިއަރުވައި ގައުމު ނަގާ ކޮޅަށް ޖެހުމަށްޓަކައި ޕީއެންސީއަށް ސުޕާ މެޖޯރިޓީ ބޭނުންވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރަށް މަޖިލިސް ނުލިބި އިދިކޮޅު މަޖިލީހެއް އޮވެއްޖެ ހާލަތެއްގައި ފެނިގެންދާނީ މިހާރުވެސް ފެންނަމުންދާ މަންޒަރުތައް ކަމަށާއި އޮންނާނީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މަޖިލީހެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: