ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން ހިކާފައިވާކަމަށް އެޗްޑީސީން ބުނެފި!

ފޮޓޯ: ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން އެކްސް ގައި ޕޯސްޓެއް ހިއްސާކޮށް ބުނެފައިވަނީ އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ.

ކުރީގެ ރައިސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ހުޅުމާލެއިން ގޯތި ދޫކުރި ސަރައްހަދު މި ސަރުކާރުން ހިއްކަން ފަށައިފަވާކަން ހާމަކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ފަޒުލް ވިދާޅުވީ ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ވެލިފުކެއްގެ މިންވަރުވެސް އުނިނުކޮށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން ލިބޭނެކަމަށެވެ.

ބިން ހިއްކުމަށް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އާއިއެވެ. އެޗްޑީސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން 62.6 ހެކްޓަރު، ދިޔަނެރުން 24.6 ހެކްޓަރު އަދި ތިލަފުށި އޭރިއާ ޑީ އިން 9.6 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކުރީ ސަރުކާރުން ހިންގި “ބިންވެރިޔާ” ސްކީމުގެ ދަށުން ފޭސް 3 އަކުން 700 ގޯތި ދޫކުރަން ހަމަޖެއްސިއެވެ. އަދި އެ ތަނުގައި ޔޮޓް މެރީނާއެއްވެސް ހެދުމަށް ނިންމިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: