ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތިތަކަށް އަރާގޮތަށް ގެންގޮސްފައިވާ ނަރުދަމާ ހޮޅިތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތަކަށަ އަރާގޮތަށް ގެންގޮސްފައިވާ ނަރުދަމާ ހޮޅިތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީން ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ޕްލޮޓް ތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ވިއުގައަށް އަރާ ގޮތަށް ދޫކުރެވިފައިވާ ޕްލޮޓްތައް ދިނުން އަވަސް ކުރުމަށްޓަކައި އެސަރަހައްދުގައި އަޅާފައިވާ ވިއުގަ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތް ފަށާފައިވަނީ އެޗްޑީސީއާއި, އެމްޑަބްލިއުއެސްސީ އާއި ގުޅިގެންނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު މީގެ ކުރިން ވިދާޅުވި ގޮތުގައި ނަރުދަމާ ނިޒާމަށް އަރާގޮތަށް 150 ގޯތި ހުޅުމާލެއިން ވަނީ ދޫކޮށްފައެވެ. އެ ބިންތަކަށް އަރާ ނަރުދަމާ ހޮޅިތައް ބަދަލުކުރަން 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ފަޒުލް ވަނީ ވިދާޅުވެފައެވެ.

ފަޒުލް ވިދާޅުވީ, އެ ސްކީމާ ގުޅިގެން ހުރި މައްސަލަތައް ހައްލުކޮށް, ގޯތިތައް ވީހާ ވެސް އަވަހަކަށް ދޫކުރުމުގެ މަސައްކަތް ކުރައްވަމުން ދާކަމަށެވެ. މި ގޯތިތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ހުޅުމާލެ 2 އިން ދޫކޮށްފައިވާ ގޯތިތަކެވެ. 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: