ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 ވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި

އެޗްޑީސީ އިން އާންމުކުރި ފޮޓޯ.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރަމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިމަކުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހިއްކަން ފަށާފައިވާ ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ މަސައްކަތް މި ކޯޕަރޭޝަނުން ދަނީ ކުރަމުންކަމަށެވެ.

ބިންހިއްކުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާއިރު، އެ ސަރަހައްދުގައި އަޅާފައިހުރި ބައެއް އުޅަނދު އަދިވެސް ނުނަގާ ހުރުމުން، ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީ، އެ އުޅަނދުތައް ނެގުމުގެ މަސައްކަތް މި ކޯޕަރޭޝަން އާއި މެރިން ޕޮލިސް ގުޅިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އެކުލަވާލެވިފައިވާ ޗާޓުގައި ފެހި ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައިކަމަށް އެޗްޑީސީއިން ބުނިއެވެ.

ބިންހިއްކުމުގެ އެމަސައްކަތަށް ދަތިވާތީ، އެ ސަރަހައްދުގެ ފަޅުގައި ހުރި އުޅަނދުތައް ނެގުމަށް މީގެ ކުރިންވެސް ވާނީ އަންގާފައެވެ.

އުޅަނދުތައް ނެގުމަށް މި ކޯޕަރޭޝަނުން ކުރި އިއުލާނާ ގުޅިގެން ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާ އެކު، އެ ސަރަހައްދުގައި އަޅާފައި ހުރި ގިނަ އުޅަނދުތައް ވަނީ ނަގާ އެހެން ސަރަހައްދުތަކަށް ބަދަލު ކުރެވިފައިވާކަމަށް އެޗްޑީސީއިން ބުނިއެވެ. މި މަސައްކަތުގައި އާއްމު ރައްޔިތުންނާއި އުޅަނދުތައް ބަލަހައްޓާ ފަރާތްތަކުން ދެއްވާ އެއްބާރުލުން އެޗްޑީސީއިން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: