ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ވަނީ އައްޑޫއަށް 500 މިލިއަން ޑޮލަރުގެ ތަރައްގީ ގެނެސްދީފައި: ފައްޔާޒް

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މިދިޔަ ފަސް އަހަރުގެ ސަރުކާރުން އައްޑޫއަށް 500 މިލިއަން ޑޮލަރާއި ގާތް ކުރާ އަދަދަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާނެކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގައި އައްޑޫގެ ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިނަށް ބޭއްވި ޖަލްސާގައި ފައްޔާޒް ވަނީ މި ސަރުކާރުގެ ތަރައްގީގެ ޕްރޮޖެކްޓުތަކާއި މިދިޔަ ފަސް އަހަރާ އަޅާ ކިޔާފަ އެވެ.

ފައްޔާޒް ވިދާޅުވީ މުޅި ދިވެހިރާއްޖެ ތަރައްގީކޮށް ލާމަރުކަޒު ކުރުމުގެ ވާހަކަތައް ދެއްކީ އެމްޑީޕީން ކަމަށެވެ. އަދި އެ ވާހަކަތައް ރައްޔިތުން ގަބޫލު ކުރިކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތަރައްގީ ނުގެނެވޭ އެއްވެސް ސަރަހައްދެއް ނެތްކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ރައްޔިތުން އެންމެ ބޮޑު ތަރައްގީއަކަށް ބޭނުންވެފައި އޮތް އައްޑޫއަށް ހާއްސަ ސަމާލުކަމެއް ދީގެން މިދިޔަ ފަސް އަހަރު ގިނަ މަސައްކަތް ކުރެވުނުކަމަށް ފައްޔާޒް ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް އައްޑޫއަށް ކުރި ދަތުރުގައި ވެސް ދާއިރާއަށް ތަރައްގީ ގެންނާނެކަމަށް ވައުދުވިކަމަށެވެ. އެގޮތުން ވެރިކަން ނިމިގެން ދިޔައިރު މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރެވި، ނަރުދަމާގެ ނިޒާމު ގާއިމު ކުރެވުނުކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އިގްތިސާދީ ގޮތުން ގެންނާނެ ބަދަލެއްގެ ބޭނުން ޖެހިފައިނިކޮށް، އެމްޑީޕީގެ ސަރުކާރުން އެ މަގު ތަނަވަސްކޮށްދިންކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ބިން ހިއްކައި ޓޫރިޒަމްގެ ސިނާއަތް އެންމެ ރަނގަޅަށް އައްޑޫގައި.. ގެންދެވޭނީ ކޮންމެސް ވަރަކަށް ރިސޯޓުތަކެއް ގެނެވިގެންކަމަށް.. ބަލައި ފަސް ރަށް އަޅުގަނޑުމެން އައްޑޫ ސިޓީގައި ހިއްކިން.. އޭގެ އިތުރަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ ޓުރިޒަމް އައްޑޫގައި އެންމެ އަވަހަށް ގެންދެވޭނީ.. ގެސްޓްހައުސް ޓޫރިޒަމް ފުޅާކުރެވިގެންނޭ.. އެކަން ކާމިޔާބު ކުރުމަށް އަބަދުވެސް ދައްކަމުން އައީ… ބިސްތޯ ދޮށީ.. ކުކުޅުތޯ ދޮށީ، އެކަހަލަ ވާހަކައެއް.. އެއާޕޯޓު އެޅިމާތޯ ޓޫރިޒަމް ކުރިޔަށް ދާނީ.. ރިސޯޓުތައް ހެދީމަތޯ ޓޫރިޒަމް ކުރިޔަށް ދާނީ..

ފައްޔާޒް ވިދާޅުވީ މީގެ ކުރިން ސަރުކާރުތަކުން ތިބީ، ހަމައެކަނި ވައުދުތަކެއް ވެ ވިސްނުންތަކެއްގެ މަތީގައި ތާށިވެފައި ކަމަށެވެ. އެކަމަކު އަމަލީ ގޮތުން ތަރައްގީ ގެނެ ކުރަން ޖެހޭ މަސައްކަތްތައް ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދެވުނީ އެމްޑީޕީއަށްކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ފާޑުކިއުން އަމާޒު ކުރައްވައި ފައްޔާޒް ވިދާޅުވީ ވެރިކަމެއް ކުރަން ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި އެއީ އެ މީހަކަށް ފެންނަ ގޮތަށް ނުވަތަ ޕާޓީގެ ބަޔަކު ބޭނުންވާ ގޮތަށް ތަންފީޒު ކުރަން ޖެހޭ ސިޔާސަތުތަކެއް ނޫންކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: