ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި

ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް - ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި އެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގަތީ އިއްޔެ އެވެ.

އައު ދައުރު ފެށުމަށް ފަހު ވެސް، ނައިބު ރައީސް ހިލާލީ ގެއަށް ބަދަލުވެވަޑައިގެންފައި ނުވަނީ ބައެއް މަރާމާތުގެ މަސައްކަތްތައް ކުރިޔަށް ދާތީ އެވެ.

ނައިބު ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސާފައިވާ ގެއަށް އެމަނިކުފާނު ބަދަލުވެވަޑައިގެންފައި މި ވަނީ މަގާމާ ހަވާލުވިތާ ހަތަރު މަސް ފަހުންނެވެ.

ނައިބު ރައީސް ހުސެއިން މަސައްކަތް ކުރެއްވީ ރޯދައިގެ ކުރީކޮޅު ހިލާލީ ގެއަށް ބަދަލުވެވަޑައިގަތުމަށެވެ. އަދި ސިޔާސީ ގޮތުން ބައެއް ވާހަކަތައް ފެތުރި، އެމަނިކުފާނު ހިލާލީ ގެއިން ހުޅުމާލެއަށް ބަދަލުވެވަޑައިގެންނެވި ވާހަކަތައް ވެސް ފެތުރުނެވެ.

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވުމަށް ހާއްސަކޮށްފައިވާ މުލިއާގެއަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ދިރިއުޅުން ބަދަލު ކުރެއްވީ މިދިޔަ ފެބްރުއަރީ މަހު އެވެ. މުލިއާގޭގެ މަރާމާތުގެ މަސައްކަތް ކުރިޔަށް ގެންދާތީ، ރައީސް ތިން މަސް ދުވަހު އުޅުއްވީ އަމިއްލަ ގެކޮޅު ދިމްޔާތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: