ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ކޯޓާއަކާއި އެކު، އަސާސީ ބާވަތްތަކުގެ ކޯޓާ އިންޑިއާއިން އިތުރުކޮށް ދީފި

އެމްޕީއެލް ސަރަހައްދުގައި މަޖޫރީންތަކެއް ޕިކަޕަކަށް މުދާ ބަރު ކުރަނީ-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ – އިންޑިއާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން އަސާސީ މުދާ ރާއްޖެއަށް ގެނައުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދީފައިވާކަމަށް އިންޑިއާގެ ހައިކޮމިޝަނުން ހާމަކޮށްފި އެވެ.

އިންޑިއާގެ ހައިކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ނެއިބަހުޓް ފަސްޓް ޕޮލިސީގެ ދަށުން ނިންމި، މި ނިންމުމަކީ މިއީ 1981 ވަނަ އަހަރުގައި އެއްބަސްވުން ގާއިމު ކުރިފަހުން މިހާތަނަށް ހުއްދަ ދޭ އެންމެ ބޮޑު އަދަދު ކަމަށެވެ. ބަޔާނުގައި ބުނެފައި ވަނީ އެ ގައުމުން 2024-2025 ވަނަ އަހަރުގައި ވެސް ކަނޑައަޅާފައިވާ ބާވަތްތައް ހާއްސަ އަގުތެއްގައި ލިބޭނެ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ކޮމިޝަނުން ބުނިގޮތުގައި ފިޔާ، ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް އަދި މުގާއި ހިލައާއި ހިލަވެއްޔެވެ.

އަލަށް ދިން މުއްދަތުގައި އިންޑިއާއިން ވަނީ ކުރީގެ އެއްބަސްވުމަށް ވުރެ އަދަދު ފަސް އިންސައްތަ އަދަދުން އިތުރު ކުރުމަށް ނިންމާފަ އެވެ.

އިންޑިއާއިން ވަނީ ހުއްދަ ދީފައިވާ ބާވަތްތަކުގެ ތަފްސީލު ވެސް އާންމުކޮށްފަ އެވެ.

އެއީ 2024-2025 އަށް:

427 މިލިއަން ބިސް

24513.08 މެޓްރިކް ޓަނުގެ އަލުވި

35،749.13 މެޓްރިކް ޓަނުގެ ފިޔާ

124،218.36 މެޓްރިކް ޓަނުގެ ހަނޑޫ

109،162.96 މެޓްރިކް ޓަނުގެ ފުށް

64،494.33 މެޓްރިކް ޓަނުގެ ހަކުރު

224.48 މެޓްރިކް ޓަނުގެ މުގު

އެއް މިލިއަން މެޓްރިކް ޓަނުގެ ހިލައާއި، ހިލަވެލި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2021 ވަނަ އަހަރު އިންޑިއާއިން ހުއްދަ ދޫކުރީ ތިން އަހަރުގެ މުއްދަތަކަށެވެ. އެ ހުއްދަ ވަނީ މި އަހަރުގެ މާޗު މަހު ހަމަވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: