ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުން ނަން އުނިވި މީހުންނަށް، ބޯހިޔާވަހިކަން ޔަގީންކޮށް ދެން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ----- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓުގެ ދާއިމީ ލިސްޓުގައި ނަން އޮއްވައި، ފްލެޓު ލިސްޓުން ފަހުން ނަން އުނިކުރި މީހުންނަށް މި ސަރުކާރުގެ ފުރަތަމަ 5000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރި ހިޔާ ފްލެޓުގެ ލިސްޓުގައި ނަން އޮތް ގިނަ މީހުންނަށް މި ދިޔަ ސަރުކާރުން ފްލެޓު ނުދޭން ނިންމުމުން އެ މައްސަލަ ގޯސްވި އެވެ. އަދި އެކަމުގެ ކަންބޮޑުވުންތައް އޮތް އިރު، ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ “ރައީސްގެ ޖަވާބު” ސެގްމެންޓުގައި މިއަދު އާންމުންގެ މީހަކު ސުވާލުކޮށްފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނި މިދިޔަ ސަރުކާރުން ފްލެޓު ނުދީ ތިބި ރައްޔިތުންނަށް ވާނެ ގޮތަކާ ގުޅޭގޮތުންނެވެ.

އެ ސުވާލަށް ރައީސް ވިދާޅުވީ ފްލެޓު ލިސްޓުން އުނި ކުރި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ފުރަތަމަ 5000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ތެރެއިން އެ މީހުންނަށް ފްލެޓު ހަމަޖެހޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށްވި އެ ވައުދު އެމަނިކުފާނު ފުއްދާނެކަމަށާއި، ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ހިޔާއިން ފްލެޓު ލިބޭނެކަމަށް ދާއިމީ ލިސްޓުގައި ނަން އޮތް އެތައް ބަޔަކު އުނި ކުރީ އެއްވެސް ހަމައެއް އުސޫލެއް ނެތި ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް ފްލެޓު ދޭން ވި ވައުދު ފުއްދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
88%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: