ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ ހާލަތު ރަނގަޅުކޮށް، ކަރަންޓުގެ މައްސަލަ ހައްލު ކުރެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައިގެ ހާލަތު ރަނގަޅުކޮށް، ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފެނަކައިން ފޯރުކޮށް ދޭއިރު ބައެއް ރަށްތަކުގެ އެ އިންތިޒާމުތައް ސްޓެލްކޯއިން ވެސް ބަލަހައްޓަ އެވެ. 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށް ދިނުން އެއީ ސަރުކާރުތަކުގެ ވައުދެއް ނަމަވެސް ބައެއް ރަށްތަކުގައި ޖަނަރޭޓަރުތަކުގައި މައްސަލަތައް ދިމާވެ ކަރަންޓުގެ ހިދުމަތް ވަރަށް ގިނައިން މެދުކެނޑެ އެވެ.

ރައީސް އޮފީހުން ސިލްސިލާކޮށް ކުރިޔަށް ގެންދާ “ރައީސްގެ ޖަވާބު” ގެ ސެގްމެންޓުގައި މިއަދު އާންމުންގެ މީހަކު ސުވާލުކޮށްފައި ވަނީ ކަރަންޓުގެ ހިދުމަތް ދިނުމާ ގުޅޭގޮތުންނެވެ. ރައީސް މުއިއްޒު ވިދާޅުވީ މިއީ އެމަނިކުފާނު ވެރިކަމާ ހަވާލިވި އިރު ވެސް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމަށާއި، ރާއްޖޭގެ ރަށްތަކުގެ ފެނަކައިގެ ބްރާންޗުތައް ހުރީ ވަރަށް ދަށް ފެންވަރުގައި ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ފެނަކައިގެ ގޯހީ ހަމައެކަނި ދަރަނި ނޫންކަމަށާއި، ޖެންސެޓްތަކާއި އެކި އާލާތްތައް ހުރީ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަރާމާތުތައް ނުގެނެސް ކަމަށެވެ. އެހެންވެ ގިނަ ރަށްތަކުގެ މެޝިނަރީސްތައް ބަދަލު ކުރަން ޖެހިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ރަށްތަކުގެ ޖަނަރޭޓަރުތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، މިއާއި އެކު ފެނަކަ ކުންފުންޏެއްގެ ގޮތުން ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ވެސް ކުރަމުން ދާކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރެވުނު މަސައްކަތްތަކުގެ ދަށުން، ބައެއް ރަށްތަކުގެ ކަރަންޓުގެ މައްސަލަ ވަނީ ހައްލު ކުރެވިފަ އެވެ. ކުރިޔަށް އޮތްތަނުގައި، ފެނަކައިގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅު ކުރެވޭނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: