ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިރޭ ބާއްވަން އިއުލާނު ކުރި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ކެންސަލް!

ހުޅުމާލޭގައި އޮތް ކެމްޕެއިން ހަރަކާތެއްގައި ރައީސް އަބްދުﷲ ޔާމީނާއި، ދަރިކަލުން ޒޭން ޔާމީންގެ އިތުރުން ޑރ. މުހައްމަދު ޖަމީލު އަހުމަދު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރެކްޝަނުން ލިބެން ޖެހޭ ހުއްދަ ނުލިބުމުން، މިރޭ ބާއްވަން އިއުލާނު ކުރި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ފަސްކޮށްފި އެވެ.

ސިޔާސީ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕް ދެެމެދު ޖެހުނު މައްސަލަތަކަށް ފަހު އެމަނިކުފާނު ޕީއެންއެފްގެ މަސައްކަތް ފެއްޓެވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ޖަލު ހުކުމް ގޭގައި ހުންނަވައި ތަންފީޒު ކުރައްވަމުން ގެންދަވާ، ރައީސް ޔާމީން އެ ޕާޓީގެ އެކި ޖަލްސާތަކުގައި ސިލްސިލާކޮށް ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ސަރުކާރުގެ ރިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޕީއެންއެފް އުފެއްދުމަށް ހުރަސް އަޅައި އެމަނިކުފާނު މިނިވަން ކުރުމަށް ސަރުކާރުން ދެކޮޅު ހަދަމުން ގެންދާކަމަށް ވެސް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ޕާޓީ އުފެއްދުމަށް ބޭނުންވާ ތިން ހާސް މެމްބަރުންގެ ސޮއި ހަމަކޮށް ހުށަހެޅުމުން، ރެޖިސްޓްރޭޝަންގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޫކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި ހުއްދަ ލިބުނުތާ ހަފްތާއެއް ނުވަނީސް، ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ނިންމައި ރައީސް ޔާމީނަށް އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ހުއްދަ ދޭން ވެސް ޕާޓީން އޮތީ ހުށަހަޅާފަ އެވެ. މި މަސައްކަތުގައި ރައީސް ޔާމީނާ އެކު އެންމެ އިސްކޮށް އުޅުވާ މަލީހު ޖަމާލު އިއްޔެ އެންމެ ފުރަތަމަ މީޑިއާ ގުރޫޕަށް މެސެޖެއް ފޮނުވައި ވިދާޅުވީ ޖަލްސާ މިރޭ އޮންނާނެކަމަށާއި، ބައްދަލުވުމުގައި ރައީސް ޔާމީން ބައިވެރިވާނެ ކަމަށެވެ.

އެހެންވެ ނޫސްވެރިން ވަނީ ރައީސް ޔާމީނަށް ލިބެން ޖެހޭ ހުއްދަ ލިބުނީތޯ ތަކުރާރުކޮށް ސުވާލުކޮށްފަ އެވެ. މަލީހުގެ އެއްވެސް ޖަވާބެއް ނުލިބުމުން އެކަން ކަރެކްޝަނުން ސާފު ކުރުމުން، މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ އެއްވެސް ހުއްދައެއް ދޫކޮށްފައި ނުވާނެކަމަށެވެ. ކަރެކްޝަނުގެ ހުއްދައެއް ނުދޭކަމަށް އެ އިދާރާއިން ބުނެފައިވާކަން ފާހަގަކޮށް ނޫސްވެރިން ސުވާލު ކުރުމުން ވެސް މަލީހު ވިދާޅުވީ ރައީސް ޔާމީން ޖަލްސާގައި ބައިވެރިވާނެކަމަށެވެ.

ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ ވެސް ބައިވެރިވުމާއި އެކު، ވަކި އަދަދަކަށް މެމްބަރުން ހަމަކޮށްގެންނެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް އެންގުމެއް އެ ޕާޓީން އީސީއަށް ހުށަހެޅިކަން ސާފެއް ނޫނެވެ.

އޭގެފަހުން މަލީހު މިއަދު މެސެޖެއް ފޮނުވައި ވިދާޅުވީ، ޖަލްސާ އެހެން ދުވަހަކަށް ފަސްކޮށްފައިވާކަމަށާއި، ތާރީހު ފަހުން އިއުލާނު ކުރާނެކަމަށެވެ.

ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި އިރު، އެމަނިކުފާނުގެ ޝަރީއަތްތައް ކޯޓުގައި މަޑުޖެހިފައި އޮންނަތާ ގިނަ ދުވަސް ވަނީ ވެފަ އެވެ. އަދި ހައިކޯޓުގެ އިސްތިއުނާފު މިދިޔަ އަހަރުގެ ފަހުކޮޅަށް ފަހު ކުރިޔަށް ނުދެ އެވެ.

ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަށް ރައީސް ޔާމީނަށް އެއްވެސް ހުއްދައެއް ދޫކޮށްފައި ވޭތޯ، ސުވާލު ކުރުމުން ކަރެކްޝަނުން ބުނެފައި ވަނީ އެފަދަ އެއްވެސް ހުއްދައެއް ނުދޭ ކަމަށެވެ. ނޫސްވެރިން ގުރޫޕުގައި އެކަން ފާހަގަކުރުމުން، މަލީހު އަލުން އަނެއްކާވެސް ފޮނުވި މެސެޖުގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ޖަލްސާގައި މާދަމާ ރޭ ބައިވެރިވާނެ ކަމަށެވެ

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: