ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިން ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމަށް އީދު ހުތުބާގައި ގޮވާލައިފި!

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން-- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިން ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށާއި އަދި ރައްޔިތުން ވެރިންނަށް ކިޔަމަންތެރިވުމަށް ފިތުރު އީދުގެ ހުތުބާގައި ގޮވައިލައިފިއެވެ.

ހުތުބާގައި ބުނެފައިވަނީ ބައެއްގެ އިޖުތިމާޢީ ފޭރާން ވަރުގަދަވުމަކީ، އެ މުޖުތަމަޢަކަށް، ފާގަތިކަމާއި އަމަން އަމާންކަން ގެނުވާ ކަމެއް ކަމުގައެވެ. އަދި ބައެއްގެ ތެރޭގައި ރިވެތި އަޚްލާޤު ފެތުރިއްޖެނަމަ، އެބައެއްގެ މެދުގައި އެއްބައިވަންތަކަން އާލާވާނެ ކަމަށާއި ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން، ޒަމާނުއްސުރެ އަހަރެމެންގެ ތެރޭގައި އޮތް، އިސްލާމީ އުޚުއްވަތްތެރިކަމާއި، ރިވެތި އަޚްލާޤު، ވީރާނާވިޔަ ނުދިނުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ދުލުގެ އާފަތްތަކުގެ ޝިކާރައަކަށްވެ، ޣީބަ ބުނުމާއި، ދެބައޮޑުވުމާއި، ދޮގު ހެދުމާއި، ދޮގު ހެކިދިނުމާއި، މަލާމާތްކޮށް ފުރައްސާރަކުރުމާއި، ހަޑި ހުތުރުބަހުން ވާހަކަދައްކާ ބަޔަކަށް ނުވުމަށް ވެސް ހުތުބާގައި ގޮވާލާފައިވެއެވެ.

ޢީދު ދުވަހުގައި އެންމެ މުހިއްމުކަމެއް ދޭން ޖެހޭ އެއްކަމަކީ އަހަރެމެންގެ އިޖުތިމާޢީ ގުޅުންތައް ވަރުގަދަކުރުންކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެއީ އެގުޅުންތައް އާލާކޮށް، ދެމެހެއްޓުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށާއި ދަރިން އެމީހުންގެ މައިންބަފައިންނަށް އިޙްސާންތެރިވުމަށް ހުތުބާގައި ވަނީ އެދިފައެވެ. މައިންބަފައިން އެމީހުންގެ ދަރިންނަށް ލޯބިދީ، އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރުމަށާއި، އަނބިން އެމީހުންގެ ފިރިންނަށް ކިޔަމަންތެރިވުމާއި ފިރިން އެމީހުންގެ އަނބިންނަށް އޯގާތެރިވުމާއި މުއްސަނދިން ފަޤީރުންނަށް އެހީތެރިވުމަށްވެސް ހުތުބާގައި ވަނީ އެދިފައެވެ. އަދި ބޮޑެތި މީހުން ކުޑަކުދިންނަށް އޯގާތެރިވުމާއި ކުޑަކުދިން ބޮޑެތި މީހުންނަށް އިޙްތިރާމުކުރުމަށް ވެސް ވަނީ އެދިފައެވެ.

ފަަލަސްތީނުގެ އަޚުންނާއި އުޚުތުން ދަނީ، މާތްވެގެންވާ އަލްމަސްޖިދުލް އަޤްޞާއާއި، އެ ބަރަކާތްތެރި ފަސްގަނޑުގެ ދިފާޢުގައި ޖިހާދު ކުރަމުން ކަމަށާއި ފާއިތުވެގެންދިޔަ ބަރަކާތްތެރި ރަމަޟާން މަހުގައިވެސް، އެމީހުން އުޅެމުންދިޔައީ ނުހަނު ނިކަމެތި ޙާލުގައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ފިތުރު އީދުގެ ހުތުބާގައި ބުނެފައިވަނީ ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި، އެކަކު އަނެކަކާ ހިނިތުންވުމާއެކު ބައްދަލުކޮށް، ސަލާންގަލާންކޮށް، ހަދިޔާބަދިޔާ ބަދަލުކޮށް، ކުޅިވަރާއި އުފާފާޅުކުރުމުގެ އެކިއެކި ޙަރަކާތްތައް ކުރިއަށް ގެންދާއިރު، ފަލަޞްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންގެ މަތިން ހަނދާން ނައްތާނުލުމަށެވެ. ފަލަސްތީނުން މާތްވެގެންވާ އަލްމަސްޖިދުލް އަޤްޞާއާއި، އެ ބަރަކާތްތެރި ފަސްގަނޑުގެ ދިފާޢުގައި ޖިހާދު ކުރަމުން ދާއިރު ފާއިތުވެގެންދިޔަ ބަރަކާތްތެރި ރަމަޟާން މަހުގައިވެސް، އެމީހުން އުޅެމުންދިޔައީ ނުހަނު ނިކަމެތި ޙާލުގައި ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ރޯދަ ވީއްލުމަށާއި، ހާރުކެއުމަށް، ކާނެ އެއްޗެއް ބޯނެ އެއްޗެއް، ނުލިބޭ ހާލުގައިވެސް އެމީހުން ރޭ އަޅުކަން ކުރަމުން ދިޔައީ، ޞިހްޔޫނީންގެ އަނިޔާވެރި ޙަމަލާތަކުން ސުންނާފަތިކޮށްފައިވާ ބިނާރުތަކާއި، ހިރަފުސްތަކުގެ ތެރޭގައި ކަމަށް ވަނީ ހުތުބާގައި ފާހަގަކޮށްފައެވެ. އަދި މިޙާލަތުގައިވެސް އެ އަޚުންނާއި އުޚްތުންގެ ކިބައިން ފެނިގެން ދިޔައީ ﷲ ގެ މިންވަރުފުޅަށް ރުހިގެންވުމާއި، ނުގުޑާފަދަ ވަރުގަދަ އީމާން ކަމެއްކަމަށާއި އެއީ އެކަންކަމުން މި އުއްމަތް ޢިބުރަތް ލިބިގަންނަންވީ ކަންކަން ކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މުސްލިމުންގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލު ކަމަށެވެ. އެހެންކަމުން އެ ހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިނަމަ، އެ ވޭނުގައި ހަށިގަނޑުގެ ބާކީހުރި ގުނަންތައް ބައިވެރިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަކީ، އަހަރެމެންގެ ހަށިގަނޑުގެ އެއްބައި ކަމަށް ހުތުބާގައިވަނީ ބުނެފައެވެ. އެމީހުންނަށް ލިބޭ ކޮންމެ ނިކަމެތިކަމަކީ، އަހަރެމެންނަށް ލިބޭ ނިކަމެތިކަމެއް ކަމަށާއި އަދި އެމީހުންނަށް ލިބޭ ކޮންމެ ޢިއްޒަތަކީ އަހަރެމެންނަށްވެސް ލިބޭ ޢިއްޒަތެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: