ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާދަ އެންޓަޓެއިންމަންޓުގެ ފެންކުޅި ހަރަކާތައް އާމުންގެ ބޮޑު ތަރުހީބެއް!

"މަގޭ އީދު" ފެންކުޅުން-- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ސާދަ އެންޓަޓެއިންމަންޓުގެ ފަރާތުން މިފަހަރުގެ ފިތުރު އީދު ކުލަ ގަދަކޮށް ފާހަގަކުރުމަށްޓަކައި ބޭއްވި ފެންކުޅި ހަރަކާތައް އާމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ފިތުރު އީދުގެ މުނާސަބާގައި “މަގޭ އީދު” ނަމުގައި މިފަހަރުގެ އީދު ވަނީ ކުލަގަދަކޮށް ފާހަގަކުރުމަށް ސާދަ އެންޓަޓެއިންމަންޓުން ވަނީ ނިންމާފައެވެ. މިއަދުގެ 9:30 ގައި ފެށުނު ފެނުގެ ހަރަކާތަކީ އާންމުނަށްވެސް ބައިވެރިވެނޭނެ ގޮތަށް ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ. ފެންކުޅި ހަރަކާތް ތަފާތު ގޮތަކަށް ކުރިއަށް ގެންގޮސްފައިވާއިރު އެ ހަރަކާތުގެ ތެރޭގައި ތަފާތު އެކި ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

“މަގޭ އީދު” ފެންކުޅުން– ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

ވާދެމުމާއި، ފެނުގެ އެކި ކުޅިވަރުތައް އެކި އުމުރުފުރާތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު ރައްޔިތުންގެ ވަރަށް ބޮޑު ތާއިދެއް އެކަމަށް ވަނީ ލިބިފައެވެ. ސާދަ އެންޓަޓެއިންމަންޓުގެ ފެންކުޅި ހަރަކާތް ވަރަށް ފުރިހަމަ ކަމާއެކު ނިންމާލައިފައިވާއިރު މިއަދުގެ 15:30 ގައި އިތުރު ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހަވީރު 15:30 ގައި އޮލިމްޕަސް ކުރިމަތިން މާލި އަދި ބޮޑުބެރު ފެށުމަށް ހަމަޖެހިފައިވާއިރު އެ ކުޅިވަރު ނިމޭނީ އާޓިފިޝިއަލް ބީޗު ސަރަހައްދަށެވެ. އަދި ބޮޑު މަހާއި މާލި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެކަން ކުރިއަށްގެންދާނީ ސަގާފަތާއި އާދަކާދައާއި އެއްގޮތަށް ކަމަށް ސާދަ އެންޓަޓެއިންމަންޓުން ވަނީ ބުނެފައެވެ.

މީގެއިތުރުން ރޭގަނޑު މިއުޒިކްޝޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން މި މިއުސިކްޝޯ ފެށުމަށް ހަމަޖެހިފައި ވަނީ 8:30 ގައެވެ. އަދި އޭގެ ފަހުން 22:00 ގައި ހަވާ އެރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ސާދަ އެންޓަޓެއިންމެންޓުގެ ފަރާތުން ވަނީ ބުނެފައެވެ.

ފަހުގެ ތާރީހެއްގައި ފިރުތު އީދު ނުވަތަ ކުޑަ އީދު މިހާ ކުލަގަދަކޮށް މާލޭގައި ފާހަގަކުރާ މީ ފުރަތަމަ ފަހަރެވެ. އެގޮތުން ތަފާތުއެކި ކުލަކުލައިގެ ބޮކިތަކުން މުޅި މާލެ ދިއްލާލައިފައިވާއިރު ޕާކުތަކާއި މައިދާންތައް ވެސް ވަނީ ދިއްލާލައިފައެވެ.

ސާދަ އެންޓަޓެއިންމެންޓުގެ ފަރާތުން އެދެނީ މިފަހަރުގެ ކުޑަ އީދު ކުދި ބޮޑު އެންމެން އެކުގައި ކުލަގަދަކޮށް ފާހަގަ ކުރުމަށެވެ. އެހެންކަމުން ދުވާލާއި ރޭގަނޑުގެ އެކިއެކި ކުޅިވަރުތަކުގައި ބައިވެރިވެ އީދުގެ އުފާ އެންމެން އެކުގައި ފާޅުކުރުމަށް ސާދަ އެންޓަޓެއިންމެންޓުގެ ފަރާތުން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: